ކޮވިޑް-19 އަށް ފަހު ކާޑިއެކް އެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށް މަރުވާ ޒުވާނުންގެ އަދަދުތައް އިތުރުވެފައި ފެނިފައިވީ ނަމަވެސް، އެކަމެއް ދިމާވާ ސަބަބު ކަށަވަރު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު މަންސުކް މަންޑަވިޔާ މިއަދު ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ކާޑިއެކް އެރެސްޓްގެ ވޭދަނަތައް އިތުރުވަމުންދާތީ އެކަމުގެ ހަގީގަތް ދެނެގަތުމަށް ކަމަށް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން ދަނީ ތަފާތު ތިން ދިރާސާއެއް ދަނީ ކުރަމުންނެވެ.

މަޖިލީހުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ، އިންޑިއާގައި އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން ކުއްލި ގޮތަކަށް މަރުވާ މައްސަލައާ ގުޅޭ މަލްޓި ސެންޓްރިކް މެޗިން ކޭސް ކޮންޓްރޯލް ސްޓަޑީއެއް ގާތްގަނޑަކަށް 40 ހޮސްޕިޓަލް/ރިސާޗް ސެންޓަރުގައި ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން އެ ގައުމުގައި އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ އާބާދީގެ މެދުގައި ކޮވިޑް ވެކްސިންގެ ސަބަބުން ކުރާ އަސަރު ދެނެގަތުމަށް ގާތްގަނޑަކަށް 30 ވަރަކަށް ކޮވިޑް-19 ކްލިނިކަލް ރެޖިސްޓްރީ ހޮސްޕިޓަލެއްގައި މަލްޓިސެންޓްރިކް ހޮސްޕިޓަލް ބޭސްޑް މެޗިން ކޭސް ކޮންޓްރޯލް ސްޓަޑީއެއް ހަދަމުުންދާ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ވާޗުއަލް އަދި ފިޒިކަލް އޮޓޮޕްސީގެ ޒަރިއްޔާއިން ޒުވާނުންގެ މެދުގައި ކުއްލިއަކަށް ގޮތް ނޭނގޭ ގޮތަށް މަރުވާ ސަބަބު ދެނެގަތުމުގެ އިތުރު ދިރާސާއެއް ކުރަމުންދާ ކަމަށް މަންޑަވިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ތި ދިރާސާ ވަރަށް ކުރީ އްސުރެ މުހައްމަދު ރަޝީދު ވެމްކޯ ވަނީ ކޮއްފަ މޮހޮދު ތިވާހަކަ އަބަދުވެސް ބުނޭ

    3
    1
  2. ޗި× ޖ ފެރ

    އަޖުމަބަލަން ހެދި ކޮސް ވެކްސިން...ދެން ވެކުސިންއާ އެއްކޮޅު ސޮޑުން ހާޑުނުވާތި މިހެން ބުނީމަ އޯކޭ

    12
  3. ހުސޭނުބޭ

    ތިކަމުގައި ކިތައް ކިތައް ފުރާނަ ގެއްލުނު ފަހުން ތި ދިރާސާއެއް ހަދަން ތި އުޅެގަތީ! ވީމާ ވެކްސިންތައް އެއީ ބަޔަކު މުއްސަދިވާން ގަތް ސަކަރާތްގަނޑެއްދޯ!

  4. ވާނުވާ

    އެއީކީ ކޮވިޑުގެ ބަލިމަޑުކަމެއް އައިސްގެން ވެގެން އުޅޭކަމެއްނޫނޭ. އެއީ އަހރުމެންގެ ނުޤަބޫލުގަ ނުފޫޒާއި ބިރު ދައްކައިގެން ޖެހި ވެކްސިންގެ ނަތީޖާއެވެ... މިކަމުގަ ޒިންމާ ވާނީކާކުބާ

    12
  5. 🙁🙁🙁

    ވެކްސިިނު ޖެހުވިފަފުން

    12
  6. Anonymous

    ތި ދިރާސާއެއް ތި ހަދަނީ ޒުވާނުން މަރުވާތީއެއް ނޫނެވެ. ތި ދިރާސާ ތި ހަދަނީ ޒުވާނުން މަރުވާ ވަރު މަދުކަމުން، އަދިވެސް މީހުން ގިނައިން މަރުވާނީ ކޮންކަހަލަ ވެކްސިނަކުންތޯ ބެލުމަށްޓަކައެވެ. ދުނިޔޭގައި ތިބި ނުފޫޒުގަދަ މީހުން ބޭނުންވަނީ ދުނިޔޭގެ އާބާދީ އެއްބިލިއަނަށް ތިރިކުރުމަށެވެ.