އިންޑިއާ އާއި ސްރީ ލަންކާ އާ ދެމެދު އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ތެލުގެ ޕައިޕްލައިނަކާއި، ދެ ގައުމު ގުޅުވާލަން ބްރިޖެއް އެޅުމުގެ ފީސިބިލިޓީ ދިރާސާކޮށް އިގްތިސާދީ ގުޅުން ބަދަހި ކުރަން އެއްބަސްވެފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

މީގެ އިތުރުން ލަންކާގެ އިރުއުތުރު އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޓްރިންކޮމަލީގައި ބަނދަރަކާއި އިގްތިސާދީ ހަބެއް ތަރައްގީ ކުރުމަށް ވެސް އިންޑިއާއިން އެހީތެރިވެދޭ ގޮތަށް އޮތީ ވާހަކަ ދެކެވިފައެވެ.

ދެ ގައުމުގެ ލީޑަރުން މިކަން އިއުލާން ކުރެއްވީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ހުކުރު ދުވަހުގެ ހެނދުނު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރެއްވި މަޝްވަރާތަކުގައެވެ.

ލަންކާގެ އިިގްތިސޯދީ ހާލަތު ގޯސްވެ، އެ ގައުމަށް ޑޮލަރު ހުސްވެ، ތެލާއި ބޭސް ފަދަ ޒަރޫރީ އިމްޕޯޓަށް ހަރަދު ކުރަން ދަތިތަކެއް ކުރިމަތިވުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހާ ހަމައަށް އިންޑިއާއިން ވަނީ ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވީ، މެރިޓައިމް، ވައި، ހަކަތަ އަދި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ފަތުރުވެރިކަމާއި، ކަރަންޓާއި، ވިޔަފާރީގެ ދާއިރާއާއި، މަތީ ތައުލީމާއި، ހުނަރު ތަރައްގީ ކުރުމުގައި ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި ދެ ބޭފުޅުންވެސް "އިކޮނޮމިކް ޕާޓްނަރޝިޕްގެ ވިޝަން ޑޮކިއުމެންޓެއް ގެންގުޅުއްވާ" ކަމަށެވެ.

މޯދީ ވިދާޅުވީ ކަރަންޓު ގްރިޑްތައް ގުޅާލައި، ޕެޓްރޯލިއަމް ޕައިޕްލައިނަކާއި އެއްގަމު ބްރިޖެއް އެޅުމުގެ ފީސިބިލިޓީ ދިރާސާ ކުރުމަށް ދެ ފަރާތުން އަވަސް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ކަނޑުއަޑީގެ ކޭބަލްތަކާއި ތެޔޮ ޕައިޕްލައިން މެދުވެރިކޮށް ކަރަންޓް ގްރިޑްތައް ގުޅާލުމުގެ މަޝްރޫއުތަކަށް ޖުމްލަ ހަތަރު ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ދެ ފަރާތުގެ އޮފިޝަލުން ބުނެފައި ވެއެވެ.

މީގެ އިތުރުން އިކޮނޮމިކް އެންޑް ޓެކްނޮލޮޖިކަލް ކޯޕަރޭޝަން އެގްރީމެންޓްގެ ނަމުގައި ވިޔަފާރީގެ އިތުރަށް ފުޅާ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ވެސް ވަރަށް އަވަހަށް ދެ ގައުމުން ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ރާއްޖެއާ އިންޑިއާ އާއި ސްރީލަންކާ ބްރިޖަކުން ގުޅާލާނަމަދޯ

    13
    6
  2. ނޫނޭ ނުލަފާ

    މިއުޅޭ ޔާމީނު ބުރިޖެއް އެޅިފަހުން އިބުރާހީމްވެސް ބުރިޖު ނޭޅިގެން ތެޅިފޮޅެނީ. ގެރި މޯދީވެސް ތެޅި ފޮޅެނީ...!! މަޖާ ކަމެއް.

    20
  3. ސޭކިސްޓް

    ތީގެ އެއްކޮޅު ވާނެ ރާއްޖެއަށް އެއްލާލަން. އިބުރާހީމު މިހެންވެސް ބުނެފާނެ. އެއީ ބުރާންޗެއްވިއްޔަ.

    18
  4. ސާބަސް

    މިހާރު މުޅި އޭޝިއާތެރޭގަ ހަންފެތުރުމުގެ މަސައްކަތް ކުރަންފެށީ

    22
  5. ބޮޑު ޖަރީމާ

    އިންޑިއާއިން މުޅި ދެކުނު އޭޝިއާތެރޭ އެމީހުންގެ ބާރާއި ނުފޫޒު ފަތުރަމުން ގެންދަނީ!

    23
    • Anonymous

      ދިވެހިރާއްޖެއިން ކީއް ކުރާނީ؟