ރަޝިޔާގެ މޮސްކޯގެ މަތިން ދަތުރުކުރި ތިން ޑްރޯން ރަޝިޔާ ސިފައިން ވައްތާލައިފިއެވެ.

މޮސްކޯގެ މަތިން ފެނުނު ތިން ޑްރޯންގެ ތެރެއިން އެކަތި ބަޑި ޖަހައިގެން ވައްޓާލައިފައިވާއިރު ދެން ފެނުނު ދެ ޑްރޯން ވައްޓާލީ އިލެކްޓްރޮނިކް ވާފެއަރ ބޭނުންކޮށްގެންނެވެ. ބަޑި ޖަހައިގެން ވައްޓާލި ޑްރޯން ވެއްޓިފައިވަނީ މޮސްކޯއިން ބޭރުވާ ހިސާބުންނެވެ. އިލެކްޓްރޮނިކް ވާފެއަރ ބޭނުންކޮށްގެން ވައްޓާލި ދެ ޑްރޯން ވެއްޓިފައިވަނީ މޮސްކޯގެ ސިޓީގެ އޮފީސް ކޮންޕްލެކްސްއަށެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ މިކަމުގައި ފަހަތުގައި ވަނީ ޔޫކްރެއިން ކަމަށެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީއިން ވަނީ "މިއީ ނިރުބަވެރި ހަމަލާއެއް އެއް ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ޔޫކްރެއިނުން ކަަމަށްވެސް ބުނެފައި ވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މޮސްކޯ ސިޓީގެ މޭޔަރ ސާރޖީ ސޮބްޔާނިން ވިދާޅުވީ މި ހަމަލާތަކުގެ ސަބަބުން މާ ބޮޑެތި ގެއްލުންތަކެށް މޮސްކޯގެ ސިޓީއަށް ވެފައި ނުވާ ކަމަށެވެ.

މި ހަަމަލާއާ ގގުޅިގެން މޮސްކޯގެ ވަރަށް ގިނަ އޮފީސްތަކެށް ބަންދު ކޮށްފައިވާއިރު ގިނަ އިވެންޓްތަކެއް ވަނީ ފަސް ކޮށްފައެެވެ.

މީގެ އިތުރުން މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރަޝިޔާއިންވެސް ވަނީ މިދިޔަ ހަފްތާ ތެރޭގައި ޔޫކްރެއިންގެ ބޯޑާ ސަރަހައްދަށާއި ޔޫކްރެއިންގެ އެކި ހިސާބުތަކަށް އެކި އެކި ގޮތްގޮތަށް ހަމަލާތައް އަމާޒުކޮށްފައެވެ. އެގޮތުން ޔޫކްރެއިންގެ ސަރަހައްދެއް ކަމަށްވާ ޒަޕްރީޝިޔާއަށް ދިން ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވެއެވެ. މީގެ އިތުރުން ދެ ގައުމުންވެސް ހަނގުރާމައިގައި ވައިގެ ހަމަލާތަކާއި މިސައިލްގެ ހަމަލާތައް ވަނީ އެތައް ފަހަރެއްގެ މަތިން ބަދަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު