ތިން އަހަރު ތެރޭގައި އިންޑިއާގައި 13 ލައްކައަށް ވުރެ ގިނަ އަންހެނުން ގެއްލިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިގޮތުން 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދުގެ ތެރޭގައި 13.13 ލައްކަ އަށް ވުރެ ގިނަ އަންހެން ކުދިންނާއި އަންހެނުން އެ ގައުމުން ގެއްލުނު އިރު އޭގެ ތެރޭގައި ގިނައީ މަދްޔަ ޕްރަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ގެއްލުނީ ވެސްޓް ބެންގަލްއިންނެވެ.

މިދިޔަ ހަފުތާގައި ގާނޫނު ހަދާ މަޖިލީސްއަށް ހުށަހެޅުއްވި ޔޫނިއަން ހޯމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އިންޑިއާގެ އެކި ކަންކޮޅުތަކުން 18 އަހަރުން މަތީގެ 10،61،648 އަންހެނުންނާއި އެ އުމުރުން ދަށުގެ 251،430 އަންހެން ކުދިން ވަނީ ގެއްލިފައެވެ.

މިއީ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ (އެންސީއާރުބީ) އިން އެކުލަވާލި ތަފާސް ހިސާބުތަކެވެ.

މިގޮތުން ތަފާސްހިސާބުތައް ދައްކާގޮތުން މަދްޔަ ޕްރަދޭޝްގައި 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް 160،180 އަންހެނުންނާއި 38،234 އަންހެން ކުދިން ގެއްލިފައިވެއެވެ.

މި މުއްދަތުގައި ވެސްޓް ބެންގާލް އިން 156،905 އަންހެނުންނާއި 36،606 އަންހެން ކުދިން ވަނީ ގެއްލިފައެވެ. މަހާރާޝްތުރާގައި މި މުއްދަތުގެ ތެރޭގައި 178،400 އަންހެނުންނާއި 13،033 އަންހެން ކުދިން ވަނީ ގެއްލިފައެވެ.

އޮޑިޝާގައި މި ތިން އަހަރުގެ ތެރޭގައި 70،222 އަންހެނުންނާއި 16،649 އަންހެން ކުދިން ގެއްލުނު އިރު، މި މުއްދަތުގައި ޗައްތިސްގަރްއިން 49،116 އަންހެނުންނާއި 10،817 އަންހެން ކުދިން ވަނީ ގެއްލިފައެވެ.

ޔޫނިއަން ޓެރިޓަރީތަކުގެ ތެރެއިން އެންމެ ގިނައިން އަންހެން ކުދިންނާއި އަންހެނުން ގެއްލުނީ ދިއްލީގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މިއީ މޯދީ ޑިމޮކްރަސީގައި ކަންހިނގާ ގޮތް. ސީދާ އޭނާގެ ބެލުމުގެ ދަށުން ހިންގާ ޖަރީމާތައް. ތިޔައިގެ ތެރޭގައި ގިނަވާނީ މުސްލިމް އަންހެނުން. އަދިވެސް މި ރާއްޖޭގެ ވަލިއްޔުލް އަމްރު އޮތީ އޭނާގެ ކިހިލީގައި ދިން އެއްޗެއް ބޮއިގެން އޮންނަ ގޮތަށް.

    21
    2
  2. ރަން ރީނދޫ

    އެ އެންމެން ދިޔައީ އައި އެސް ޖަމާއަތަށޯ. މިއީ ހޫރައިން އާ އަނެކައްޗަކާ ކުޅޭ ކަމަކީ. ހިންދޫންގެ ރޭޕް ކަލްޗަރ ފޮރުވަން.

  3. ތ

    ރޭޕިސްތާން އައުޓް

  4. ިެޒ ދ ެުި

    ރަނޑު މޯޑީގެ މޮޅުކަން ދޯ

  5. ޖުހާ.

    ތިއައީ ބުދު ދީނުގަ އޮންނަކަމެއް. ސިހުރު ހަދަން އަންހެންކުދިން ޝައިޠާނާ އަށް ގުރުބާންކުރުން. ދިވެހިންވެސް ތިއަ މުސީބާތަކުން މިންޖުވީ ރާއްޖެ ވަޑައިގެންނެވި ވަލީވެރި ބޭކަލެއްގެ ސަބަބުން ކަމުގައި ތާރީހު ފޮތްތަކުގައި ހުރޭ.