އިސްރާއީލުގެ މިސައިލް ހަމަލާއެއްގައި ސީރިޔާ ސިފައިންގެ ހަތަރު މީހަކު މަރުވެއްޖެއެވެ. މި ވައިގެ ހަމަލާގައި ސީރިއާގެ އިތުރު ހަތަރު ސިފައިންގެ މީހަކު ޒަޚަމްވެ، ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެއެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގު ކައިރީގައި، އިސްރާއީލުން ދިން މިސައިލް ހަމަލާގައި ސީރިއާގެ ހަތަރު ސިފައިންގެ މީހަކު މަރުވެ އިތުރު ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށް ރަސްމީ ނޫސް އެޖެންސީ ސާނާ އިން ބުނެއެވެ.
އަސްކަރީ މަސްދަރަކާ ހަވާލާދީ ސަނާއިން ބުނީ މިހަމަލާ ދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. ދަންވަރު 2:20 ގައި އިސްރާއީލުން ވަނީ ހިފާފައިވާ ސީރިއާގެ ގޯލާންގެ ދިމާލުން ވައިގެ ހަމަލާއެއް ދީ، ދިމިޝްގުގެ ވަށައިގެންވާ ސަރަހައްދުތަކަށް އަމާޒުކޮށްކަމަށް އެ ރިޕޯޓުގައިވެއެވެ.
އެ ހަމަލާގައި ހަތަރު ސިފައިން މަރުވެ ހަތަރު މީހަކު ޒަހަމްވެފައިވާ ކަމަށާއި އަދި ބައެއް އިމާރާތްތަކަށާއި، އެއްޗިއްސައް ގެއްލުން ލިބިފައިވާކަމަށްވެސް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އިސްރާއީލުގެ ބައެއް މިސައިލްތައް ސީރިއާގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ. މިކަމާއި ގުޅޭގޮތުން އިސްރާއީލުން ބަހެއް ނުބުނެ އެވެ.
އިސްރާއީލުން ވަނީ ސީރިއާގައި އީރާނާ ގުޅުން ހުރި އަމާޒުތަކެއްގެ ގޮތުގައި ސިފަކޮށްފައިވާ ތަންތަނަށް ހަމަލާތައް ދެމުން އަންނަތާ އަހަރުތަކެއްވެފައެވެ.
2011 ވަނަ އަހަރު ފެށި ދާޚިލީ ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދަށް ތާއީދު ކުރަން ފެށުމުން ސީރިއާގައި އީރާނުގެ ނުފޫޒު ވަނީ ބޮޑުވެފަ އެވެ.