ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާއަށް 6.1 މެގްނިޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އައިސްފައިވާއިރު، މި ބިންހެލުމާއި ގުޅިގެން އޮފީސްތަކާއި ރެސްޓޯރެންޓްތަކުގައި ތިބި މީހުން ހުސްކުރަން ޖެހިފައިވާ ކަމަށް އެ ގައުމުގެ ޖިއޮލޮޖިކަލް ސާވިސް އިން ވަނީ ބުނެފައެވެ.

މި ބިންހެލުމަށް ފަހު، މިނެޓެއް ފަހުން ލޮޅުމެއް އައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނާއިރު، އެއިރު މަގުތައް އޮތީ މީހުންތައް ބޭރަށް ނުުކުމެ ތިބުމުން ވަރަށް ބޮޑަށް ތޮއްޖެހިފައެވެ.

"އެއީ ވަރަށް ވަރުގަދަ، އަދި ދިގު ދެމިގެން ދިޔަ ބިންހެލުމެއް." ވެރިރަށުގެ ބިޒީ ޕާކް 93 ޑިސްޓްރިކްޓް ކައިރީގައި މަސައްކަތް މުވައްޒަފަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ބިންހެލުމުގެ ސަބަބުން މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު