އިންޑިއާގެ ޓެމިލް ނާޑޫއަށް ނިސްބަތްވާ މީހަކާއި ކެރެލާއަށް ނިސްބަތްވާ މީހަކު ރާއްޖެއާ ކައިރީގައި އޮތް ކާގޯ ބޯޓެއްގައި ތާށިވެފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އިންޑިއާ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުންނަށް ބޯޓުން ބޭރަށް ދެވޭނެ އެއްވެސް ގޮތެއް ނެތްއިރު، އެ ބޯޓު ދަތުރު ނުކުރާތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އަދި އެމީހުން އެތައް ފަހަރަކުން އެދިގެންވެސް މުސާރަ ވެސް ލިބޭ ގޮތް ވެފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

އެމްވީ ޕުރްވަލަން 1 ނަމަކަށް ކިޔާ އެ ބޯޓުގައި ހުރި ނަންޑާކުމާރް އޯ ބުނެފައި ވަނީ އެ ބޯޓު އޮތީ ރާއްޖޭގެ ވިޔަފާރި ބަނދަރާއި ގާތްގަނޑަކަށް 3 ނޯޓިކަލް މޭލު ކައިރީގައެވެ. އަދި އޭނާ 2022 ވަނަ އަހަރުގެ ޖުލައި މަހު އެ ބޯޓަށް ވަޒީފާއަށް ނުކުތްއިރު، އެގައުމުގެ ޓުޓިކޮރިން އަށް ފުރުމަށް ތައްޔާރުވެފައިވާ ކަމަށް އޭނާއަށް އެންގި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަޅުގަނޑު ކައިރީގައި ބުނީ އިތުރު މުވައްޒަފުންވެސް ހިދުމަތާއި ގުޅޭނެ ކަމަށް، އަދި ބޯޓު އިންޑިއާއަށް ދިއުމަށް ފުރާނެ ކަމަށް. އެކަމަކު ފުރަތަމަ ދެ މަހުވެސް އެއްވެސް މުވައްްޒަފަކު ބޯޓުގައި މަސައްކަތް ކުރަން އައިސްފައެއް ނުވޭ."

އޭނާ ބުނީ، އޭނާ ވަޒީފާއިން ވަކިކޮށްދޭންވެސް އެދުނު ނަމަވެސް، އެކަންކޮށްދީފައި ނުވާ ކަމަށެވެ. އަދި ފަހުން ހަތަރު ސްރީލަންކަން ކްރޫންއިން މަސައްކަތަށް ނެރުނުއިރު، ބޯޓު ދަތުރު ފަށާނެ ކަމަށް އެއްވެސް ވަރަކަށް ނުބެލެވޭ ކަމަށްވެސް ބުންޏެވެ.

"އަޅުގަނޑުމެން ތިބެން ޖެހެނީ އެހެން ބޯޓުތަކުން މުދާ އަންނާނެ ކަމަށް އެއަށް ބަރޯސާވެގެން، ކަމާއި ގުޅުން ހުރި އިދާރާތަކަށް ޝަކުވާތައް ވަނީ ހުށަހަޅާފައި. މިހެން މިހާރު ތިބޭތާ 13 މަސް ވެއްޖެ، މުސާރަ ނުލިބޭ، ކާއެއްޗެހި ލިބެން ހުރީ ވަރަށް މަދު، ޑީސެލްވެސް ހުރީ ހުސްވާން ކައިރިވެފައި".

އެ ބޯޓުގައި ހުރި ކަންޔާ ކުމާރީއަށް ނިސްބަތްވާ ވިކްޓާ އާނިޝް ބުނީ، އޭނާވެސް ހުރީ ގެއަށް ދާން ބޭނުންވެފައި ކަމަށެވެ.

"މި ބޯޓުން ފޮނުވާލަދޭންވެސް އެެދުނިން، މަންމަ ވަރަށް ބޮޑަށް ބަލިވެ އުޅޭތީއާއެކު، މަންމަގެ އޮޕަރޭޝަނެއް ކޮށްފި، އެކަމަކު އަހަރެންނަކަށް ނުދެވުން.".

މިގޮތުން އެންމެ ފަހުން ލިބުނު ޝިޕިންގ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑައިރެކްޓަރ ޖެނެރަލް އޮފް ޝިޕިންގ އިން ވަނީ ޗެންނާއީގައި ހުންނަ ޝިޕިންގ މާސްޓަރއަށް އެ ކުންފުންޏާއި މެދު ފިޔަވަޅު އަޅަން އަންގާފައެވެ. އަދި މި އެންގުމާއި ގުޅިގެން އެ ކުންފުނިން ވަނީ 1،000 ޑޮލަރު ދޭން އެއްބަސްވެފައެވެ. އެހެން ނަމަވެސް ބާކީ ހުރި މަސްތަކަށް ދޭން ޖެހޭ މުސާރަ އެއަށްވުރެ ގިނަވާނެ ކަމަށް ބުނެފައި ވެއެވެ.

ޕުރަވަލަން ފޯވާޑްސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް އަޒީޒް އިންޑިއާގެ މީޑިއާއަށް ބުނީ އެ ބޯޓު ހިފަހައްޓާފައި އޮތީ ރާއްޖޭގެ ސިވިލް ކޯޓުން ކަމަށާއި، އެކަން ކޮށްފައި ވަނީ ދޮގު ތުހުމަތުތަކަކަށްް ބިނާކޮށް ކަމަށެވެ.

"ކާއެއްޗެއްސާއި، ޑީސަލް ނެތް ކަމުގެ ވާހަކައަކީ ދޮގެއް. އެ ހުރިހާ އެއްޗެއް ހުރީ ހަމަޖެހިފައި. އަޅުގަނޑު ވާނީ އިންޑިއާ ސަރުކާރުގައި މި ބޯޓު ފުރުވާލާ ދިނުމަށް އެދިފައި، އެހެން ނަމަވެސް މި ބޯޓު ހިފަހައްޓާފައި ވަނީ ރާއްޖޭގެ ގާނޫނު މައްސަލައަކާއި ގުޅިގެން.".

އަދި ކުރިއަށް އޮތްތަނުގައި މި ބޯޓުގައި ތިބި މުވައްޒަފުން ބޯޓުން ބޭރަށް ދެވޭނެ ކަމަށް ބުނާއިރު، މުސާރަ ދޭނެ ކަމުގެ ޔަގީންވެސް ދީފައިވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަނދެފަ ތިބި ބައެއްތަ އެއީ ނުދެވެން…ފައިބައިގެން ދެވޭނެ 100 ގޮތް އޮންނާނެ…ގޮސް މާލެ ތެރޭވެސް ބޭނުން ގޮތަކަށް އުޅެވެން އޮންނާނެ…ފުލުހުން ހިފަހައްޓައިފިއްޔާ އެއޮތީ ގެއަށްވެސް ދެވިފަ…މީ ދިވެހި ރާއްޖެ ގޮތެއް ހުހެއް ނުވާނެ އެއްވެސް ގައުމެއްގެ އެކަކަށްވެސް…ފަހަރުގައި ތިމާ އެންމެ ބޭނުންވާ ހުރިހާ ކަމެއް ރަނުން ރަނަށް ނުހިނގާފާނެ…އެކަމަކު ޔަގީނުންވެސް ގެއަށް ދެވޭނެ

    48
    2
  2. ަަްްއރ

    ތީމިހާރު ދިވެހިން ތިބޭގޮތް ތުނބުޅިބެހެއްޓީމަ ލޮލް. ދިވެހިން މިކޮޕީކުރަނީ އިންޑިޔާ ސްޓައިލް ގާތްގަނޑަކަށް، ހހހހހހހހހހހހހހހ

  3. ވިކިލީކްސް

    ތިބޯޓެއްގެ އޮޕަރޭޝަން ގުޅިފާވަނީ ޑުރަގު އެތެރެކުރުމާ