ޔުކްރޭންއާ ދެކޮޅަށް ރަޝިއާއިން މިހާރު ކުރަމުންދާ ހަނގުރާމަ އެތައް ޒަމާނަކަށް ދެމިގެން ހިނގައިދާނެ ކަމަށް ރަޝިއާގެ ކުރީގެ ރައިސް ދިމީޓްރީ މެޑްވަޑޭޥް ވިދާޅުވެއްޖެއެވެ.

މެޑްވެޑޭވް ވިދާޅުވީ ޔުކްރޭންގެ ހަނގުރާމައަކީ ރަޝިއާ ދެމި އޮތުމާ ގުޅިފައިވާ ހަނގުރާމައެއް ކަމަށެވެ. އެހެންވެ ޔުކްރޭންގެ ނިރުބަވެރު ދައުލަތް ނައްތާލައި އެ ދައުލަތް އަނބުރާ ދެން ނާދެވޭނެކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެކަމަށްޓަކައި އެތަކެއް ޒަމާނެއް ނެގިޔަސް އެކަން ކުރަން ޖެހޭ ކަމަށް ވެސް މެޑްވެޑޭވް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ނެތް މި ނޫން ގޮތެއް. އެހެން ނޫނީ ހުޅަނގުން ރަޝިއާ ފޮތި ފޮތިކޮށްލާނެ. މިއީ އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުންވާ ގޮތެއް ނޫން" މެޑްވެޑޭވް ވިދާޅުވިއެވެ.

އެހެން ނަމަވެސް ހުޅަނގުގެ ގައުމުތަަކަށް އަބަދަކު ޔުކްރޭންއަށް ސަޕޯޓް ދިނުމުގައި ނުތިބެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ހުޅަނގުގެ ގައުމުތައް އެންމެ ފަހުން ބަލިވާނެ ކަން ވެސް ފާހަގަ ކުރެއްވިއެވެ.

އަދި ހުޅަނގު ގައުމުތަކަށް އަބަދު ޔުކްރޭންއަށް ބިލިއަނުން ހަރަދު ނުކުރެވޭނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރަޝިއާއިން ޔުކްރެއިނަށް އަރައިގަތީ މިދިޔަ އަހަރުގެ ފެެބްރުއަރީ މަހުއެވެ. އޭގެ ފަހުން ރަޝިއާއިން ވަނީ އިރުމަތި ޔުކްރެއިންގެ ބޮޑު ބައެއް ހިފައިފައެވެ. ނަމަވެސް ޔުކްރެއިނުން ދަނީ ހުޅަނގުގެ ހަތިޔާރާއެކު ރައްދު ދެމުންނެވެ. ނަމަވެސް ފަހަކަށް އައިސް ޔުކްރެއިނަށް ބޮޑެތި ނާކާމިޔާބީތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެއެވެ.

ހުޅަނގުގެ ގައުމުތަކުން ވެސް ޔުކްރޭނުން ވެސް މިކަމަށް ދޫދޭކަށް ބޭނުމެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު