ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝާހް މަހްމޫދު ގުރައިޝީ ހައްޔަރުކޮށްފައިވާ އޭނާ ނިސްބަތްވާ ޕާޓީ ޕާކިސްތާނުގެ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީ (ޕީޓީއައި)އިން ބުނެފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އެ ގައުމުގެ ރިޔާސީ އިންތިހާބަށް ލަސްވެއްޖެ ނަމަ ކޯޓުތަކުގައި ޗެލެންޖް ކުރާނެ ކަމަށް ވިދާޅުވިތާ ގަޑިއިރުތަކެއް ފަހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ ޕާޓީގެ ތަރުޖަމާނު ޒުލްފީ ބުޚާރީ ރޮއިޓާސްއަށް ވިދާޅުވީ ދެ ފަހަރެއްގެ މަތިން އެ ގައުމުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ގުރައިޝީ ހައްޔަރު ކުރަން ޖެހުނު ވަކި ސަބަބެއް އަދި ސާފެއް ނުވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ވަގުތީ އިންފޮމޭޝަން މިނިސްޓަރުގެ ބަހެއް ވަނީ ލިބޭ ގޮތް ވެފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބުޚާރީ ޓްވިޓާގައި ވިދާޅުވީ އޭނާ ހައްޔަރުކުރީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޕާކިސްތާނުގައި މިހާރު ހިނގަމުންދާ ހުރިހާ އަނިޔާވެރިކަމާއި އިންތިޚާބުގެ ކުރިން އޮޅުވާލުމާ ދެކޮޅަށް ޕީޓީއައިގެ ސްޓޭންޑް އަލުން ކަށަވަރު ކޮށްދިނުމުން ކަމަށެވެ.

ޕީޓީއައި ޕާޓީގެ ޗެއާމަން އިމްރާން ޚާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށްލާފައިވާއިރު، އޭނާ އަށް ފަސް އަހަރު ވަންދެން އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭނެއެވެ. އޭނާގެ މައްޗަށް އިއްވާފައިވާ ހުރިހާ ކުށަކަށް އިންކާރު ކުރެއެވެ.

އިމްރާން އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވިއިރު، 2022 ވަނަ އަހަރު އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމުން ދުރުކުރެވެންދެން ބޮޑުވަޒީރުކަން ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 123

    ޕާކިސްތާނުގެ މިހާރުގެޒައާމަތަކީ ޔާމީނުގެކޮޕީއެއް

  2. ކަލޯ

    ހަޤީޤަތް: 1 . މުސްލިމުންގެ ތެރެއިން ނިޔުކްލިއަރ ބާރު ހަމައެކަނި ހުރި ޤައުމަކީ ޕާކިސްތާންވީމާ، އެތެރެއާ ބޭރުން މިލިޓަރީއާ ޖުޑިޝަރީއާ ސިޔާސީ މައިދާނުގަ އެމެރިކާއާ ހުޅަނގުގެ ބާރުތައް ދަނީ ރަސްކަންކުރާނެ ގޮތްތައްހޯދައި ލާރިއަށް ހެއްލޭ މީހުން މެދުވެރިކޮށް ހަޤީޤީ މުސްލިމުން ނިކަމެތިކުރުމަށް މަސައްކަތް ކުރަމުން!
    2. ޕާކިސްތާނުގެ މިލިޓަރީގައި ގިނަ އަދަދަކަށް އެމެރިކާގެ އެޖެންޓުން ހިމެނޭ! އެމީހުން އެލިމިނޭޓް ނުކުރެވެނީސް ދެން މުސްލިމުންނަކަށް ޕާކިސްތާނަކުން ވާނެ ފައިދާއެއް ނޯންނާނެ!
    3. އެމެރިކާގެ ހަތިޔާރު މާމޮޅުކަމަށް ދެއްކުމުން އެކަން ޤަބޫލުކުރާ އާމުންވެސް ބައިވަރު! އެކަމަކު މިއީ ޙަޤީޤަތެއް ނޫންކަން، ރަޝިޔާއިން ޔުކްރޭނުގައި ދަނީ ސާބިތުކޮށްދެމުން!

    3
    1
  3. މިއަރެން

    ރައްޔިތުންގެ ވެރިން ކަނޑައަޅަން ތިމާދޭ ވޯޓަކީ ވައްކަމާއި ޚިޔާނާތުގެ ފައިސާ އަށް ވިއްކާލާ ވޯޓަށް ރައްޔިތުން ހަދައިފި ނަމަ އެފަދަ ވޯޓުން ހޮވޭ ވެރިން ތިބޭ ޤައުމުތަކަށް ޖެހޭނެ ޙާލު އެދަނީ މިހާރު ވަރަށް ރަނގަޅަށް ޕާކިސްތާނުން ފެންނަމުންނެވެ. ޤައުމުން ފެނިގެންދާނީ ބޭއިންސާފާއި އަނިޔާވެރިކަމާއި ޖަންގަލީގެ ގޮތެވެ. އެފަދަ ޤައުމެއްގައި ރައްޔިތުން ދިރިއުޅޭނީ ތާއަބަދު ބިރުވެރިކަމެއްގެ ތެރޭގަ.