އިރާގުގެ އުތުރުގެ އަވަށެއް ކަމަށްވާ ހަމްދާނިއާގެ އިވެންޓް ހޯލެއްގައި ބޭއްވި ކައިވެނީގެ ހަފްލާއެއްގައި އަލިފާނުގެ ހާދިސާއެެއް ހިނގާ 100 މީހުން މަރުވެ 150 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

އިރާގުގެ ރަސްމީ ނޫސް އޭޖެންސީ އައިއެންއޭ އިން ބުނީ ނިނޭވޭ ޕްރޮވިންސްގެ ސިއްހީ އިދާރާތަކުން ހަމްދާނިއާގެ ކައިވެނީގެ ހޯލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 100 މީހުން މީހުން މަރުވެ، 150 މީހުން ޒަހަމެވެފައިވާ ކަމަށް ދައްކާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ހަމްދާނިޔާގެ މައި ހޮސްޕިޓަލަށް ސައިރަންގައި އެތައް އެމްބިއުލާންސް އައިއިރު، ލޭ ހަދިޔާ ކުރުމަށް އެތައް ބަޔަކު ހޮސްޕިޓަލަށް ޖަމާވެސް ވެފައި ވެއެވެ.

މިގޮތުން ކަޅު ކުލައިގެ ބޮޑީ ބޭގްތަކެއް ހިފައިގެން ފްރިޖުކޮށްފައި އޮތް ޓްރަކެއްގެ ދޮރުމައްޗަށް ވެސް ބައެއް މީހުން ޖަމާވެފައިވާ ތަން ފެނުނު ކަމަށްވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އޭއެފްޕީގެ ފޮޓޯގްރާފަރަކު ބުނެފައި ވެއެވެ.

ސިވިލް ޑިފެންސް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލިފާން ރޯވި އިވެންޓް ހޯލްގެ ތެރޭގައިވަރަށް ބޮޑަށް އަލިފާން ރޯވިއިރު، އެތަނުގެ އެތެރޭގައި ސަލާމަތީ މިންގަނޑުތަކާ ހިލާފު ޕްރީފެބްރިކޭޓެޑް ޕެނަލްތަކެއް ހުރި ކަމަށެވެ.

"އަލިފާނުގެ ހާދިސާގައި ސީލިންގްގެ ބައެއް ބައިތައް ވެއްޓުނުއިރު، ބޮޑަށް އަލިފާން ރޯވެފައި ވަނީ އަގު ހެޔޮ ކޮންސްޓްރަކްޝަން ސާމާނު ބޭނުންކޮށްފައި ހުރުމުން،". ބަޔާނުގައި ވެއެވެ.

ތަހުގީގީ މައުލޫމާތަށް ބަލާއިރު ކައިވެނީގެ ހަފްލާއެއްގައި އަލިފާން ރޯވެފައި ވަނީ ހަވާ އެރުވުމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އއ

    ސުބްޙާނަﷲ. މި ޙާދިސާގައި ނިޔާވި މުސްލިމް އަޚުންނާއި އުޚްތުންގެ ފުރާނަތަކަށް ރަޙްމަތްލައްވައި، ފާފަ ފުއްސަވައި ސުވަރުގެ މިންވަރުކުރައްވާށި.

    16