އދ. އިން ރޭގައި ފާސް ކުރި ގަރާރާއި ދެކޮޅު ހަދައި އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އިސްރާއިލްގެ ނިރުބަވެރިން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކައް ހުއްޓާލަން ގޮވާލާ އ.ދއިން ފާސްކުރި ގަރާރު ބަލައި ނުގަންނާނެ ކަމަށް އިސްރާއިލުން ވަނީ ބުނެފައެވެ. އުރުދުންއިން އދ. އަށް ހުށަހެޅިި ގަރާރުގައި ވަނީ ހަނގުރާމަ ހުއްޓާލައި، ޣައްޒާއަށް މިވަގުތު ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދޭން ގޮވާލާފަައެވެ.

ރޭގެ ވަގުތެއްގައި 120 ގައުމުގެ ތާއީދާއެކު މި ގަރާރު ވަނީ ފާސްކޮށްފައެވެ. ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ތިބީ 45 ގައުމެވެ. ދިވެހިރާއްޖެއިން ވެސް ވަނީ އެ ގަރާރު ފާސް ކުރަން ވޯޓު ދީފައެވެ. ނަމަވެސް މުސްލިމު ހުރިހާ ގައުމުތަކުން މިގަރާރަށް ތާއިދުކުރިއިރު އިރާގުން ތާއީދެއް ނުކުރިއެވެ.

ގަރާރަށް ފަލަސްތީނުގެ ސަރުކާރާއި ހަމާސް އިން ވެސް މަރުޙަބާ ކީ އިރު، އިސްރާއީލުން ބުނަނީ ހަމަލާ ދިނުން ހުއްޓައިނުލެވޭނެ ކަމަށާއި ހަމާސްއަކީ ނައްތާލަން ޖެހޭ ބައެއް ކަމަށެވެ.

މުޅި ޣައްޒާއިން މުވާސަލާތީ ޚިދުމަތް ކަނޑައިލައި، ޔަހޫދީން ގެންދަނީ އެއްވެސް ހައްދެއް ހުދޫދެއް ނެތި، ޣައްޒާއަށް ބޮން އަޅައި އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސައިން803

    އިސްރާއީލުން އ.ދ ގެ ކޮންގަރާގައްތޯ ބޯލެބީ، އެމީހުން ކަންތައް ކުރަނީ އެމީހުން ބޭނުންވާގޮތަށެވެ. ޔަހޫދީން ބަލިވާ ގޮތްވެ ބޮޑެތި ގެއްލުންތައް ލިބޭގޮތްވާއިރަށް އެމީހުންނަށް ފުރުސަތު ދިނުމަށް އ.ދ އިން ހަގުރާމަ ހުއްޓުވާލާނެއެވެ. މިސްރާއެކު ކުރި ހަގުރާމައިވެސް ކަންވެގެން ދިޔައީ މިގޮތަށެވެ. މިފަހަރު މުސްލިމުން އެކަތި ކަނޑަކަށްވެ ފަލަސްތީނަށް ފުރިހަމަ މިނިވަންކަށް ނުދީފިނަމަ މުޅި އިސްލާމީ އުތްމަތް 100 އަހަރަށް ފަހަތައް ޖައްސާ އަރައި ނުގަނެވޭވަރު ކުރާނެއެވެ. އިސްލާމީ ގިނަ ޤައުމުތައް މިހާރުވެސް އެވަނީ އަރައި ނުގަނެވޭވަރަށް ފަހަތައް ޖައްސާފައެވެ. ކިރިޔާވެސް މިފެންނަނީ އިރާން އެކަންޏެވެ.

    16
  2. ޖެރާޑް

    އދ އޭ ތަނެއްނޫން އދ އަތޮޅުން ކުރާވަރުވެސް ނުކުރެވޭ ބައެއްތީ

  3. ޖެރާޑް

    އދ ތީ ކަމެއްވާ ބައެއްނޫން އދ އަތޮޅުން ކުރާވަރުވެސް ނުކުރެވޭ ބައެއްތީ