އިސްރާއީލާއި ހަމާސް ޖަމާއަތުން ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ޒަހަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިސްރުން ތިން ހޮސްޕިޓަލެއް އަޅަން ފަށައިފިއެވެ.

މިސްރުގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނީ، ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ތިން ހޮސްޕިޓަލަކާއި ޓެންޓްތައް މިސްރުން އަޅަން ފަށާފައިވާ ކަމަށެވެ. މި ހޮސްޕިޓަލްތަކާއި ޓެންޓްތައް އަޅަމުން އަންނަނީ މިސްރާއި ޣައްޒާއާއި ގުޅޭ ރަފާހް ބޯޑަރު ކައިރީގައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް މިސްރުން ހޮސްޕިޓަލްތަކާއި ޓެންޓްތައް އަޅާއިރު، މިސްރުން ވަނީ ބޯޑަރު ސަރަހައްދުގެ ސެކިއުރިޓީ ވެސް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެފައެވެ.

މިސްރުގެ އޮފިޝަލުން ވަނީ ފަލަސްތީނުން މިސްރަށް ވަދެވޭނެ މީހުންގެ އަދަދު ވެސް 100،000 އަށްވުރެ ގިނަ ނުކުރުމަށް ވެސް ނިންމާފައެވެ. އެފަދަ ނިންމުމެއް ނިންމާފައިވަނީ ގިނަ އަދަދެއްގެ މީހުން ވައްދައިގެން ފަރުވާ ދިނުމަށް ދަތިތަކެއް ދިމާވެދާނެތީ ކަމަށް ވެސް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިސްރުން ހޮސްޕިޓަލްތަކެއް އަޅަމުން އަންނައިރު، ޣައްޒާގައި މިވަގުތު ހުރި ހުރިހާ ހޮސްޕިޓަލެއްހެން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެ ހޮސްޕިޓަލްތައް ހުއްޓުމަކަށް އައިސްފައިވަނީ ޣައްޒާގައި ހުންނަ ހަމައެކަނި އިންޖީނުގެއަށް ބޭނުންވާ ތެޔޮ ނުލިބި އިންޖީނު ހުއްޓުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުނާފިޤުން

    ހަނގުރާމަ ހުއްޓުވާނެ ކަމެއް ނެތް... ހޮސްޕިޓަލް އަޅާފަ އެއް މިލިޔަން ސަންދޯއް ވެސް ޖަހާލާ... އޭރުން އެވީ... ޝުކުރިއްޔާ..

    18
    0
  2. ސިސީ

    ޝަހީދު ޑރ.މުރުސީ އަށް އިހާނެތިކޮށްހިތީ ފަލަސްތީނަށް އެހީވާތީ. ދެން ސީސީ ކޮންމެހެން ސިމްޕަތީ ހެދޭނެކަމެއްނެތް

  3. މީނާ

    މީނާ ޓްރެކްތައް ފުރާ ފޮނުވީ ކަފުންކަމަށް ވަނީ ލަދު ކޮބާ

  4. ތޫނިސް

    ނުބައި ނުލަފާ މުނާފިޤު މީހާގަނޑު. ކޮންމެހެން ދެއްކުންތެރިކަމައް މުސްލިމުންނަ އެހީވާންކަމައް ހެދޭނެކަމެއް ނެއް. ތީ ހަމަ ސީދާ ޔަހޫދީންގެ ޕަޕެޓެއް