ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޔަހޫދީން ލުބްނާންގެ ދެކުނު ސަރަހައްދަށް މިސައިލް ހަމަލާތަކެއް ދީފިއެވެ.

ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނީ މި ހަމަލާތަކުގައި އަދި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، ނަމަވެސް އެ ހަމަލާތަކުގައި ބޯޑަރު އަވަށެއް ކަމަށްވާ އައިތާ އަލް ޝާބް ކައިރީގައި ހުރި ދަނޑުތަކުގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

އިސްރާއީލުން މެދުކެނޑުމެއްނެތި ހަމަލާ ބަދަލުކުރަމުންދާއިރު، އިސްރާއީލާއި ޣައްޒާ ހަނގުރާމަ ފެށިތާ އެއް ދުވަސް ފަހުން ހިޒްބުالله އާއި އިސްރާއީލާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ.

އެޓްލާންޓިކް ކައުންސިލްގެ ތިންކް ޓޭންކްގެ އެނަލިސްޓެއް ކަމަށްވާ ނިކޮލަސް ބްލެންފޯޑް ވިދާޅުވާ ގޮތުގައި ހިޒްބުاللهގައި 3،000 އާއި 5،000 އާ ދެމެދުގެ އަދަދެއްގެ ހަނގުރާމަވެރިންނާއި، އެތައް ހާސް މިސައިލެއް އެމީހުންގެ އަތުގައި އެބަހުރި ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށިތާ މިއަދަށް 20 ދުވަސް ވެފައިވާއިރު، މިހާތަނަށް މިހަމާތަގައި 7000 އަށްވުރެ ގިނަ މީހުން ވނަި ޝަހީދުވެފައެވެ.