އިސްރާއީލުގެ ޔަހޫދީން އެމީހުންގެ ބައެއް ބޮލަށް ޑްރޯންއެއް ވައްޓާލައިފިއެވެ.

ނަހާރިޔާގައި ހުންނަ ގަލިލީ ހޮސްޕިޓަލުން ބުނެފައިވަނީ އެ ހާދިސާގައި 7 މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ޑްރޯން ވެއްޓިފައިވަނީ އިސްރާއީލުގެ މީހުން ތިބި އިމާރާތެއްގެ ބެލްކަންޏަށެވެ. އެ ގެއަކީ ލުބުނާނުގެ ބޯޑަރާއި ވަރަށް ކައިރީގައި ހުންނަ ގެއެކެވެ.

ހޮސްޕިޓަލާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ، އަނިޔާވި މީހުންގެ ތެރޭގައި 5 އަހަރާއި 11 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އާންމު ކޮށްފައެއް ނުވެއެވެ.

މިހާދިސާގައި އަނިޔާ ލިބުނު 7 މީހުންގެ ތެރެއިން 6 މީހަކު ދޫކޮށްލާފައިވާއިރު، 66 އަހަރުގެ ފިރިހެނަކަށް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެހާދިސާ ހިނގަން މެދުވެރިވި ސަބަބުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައަށް މިއަދަށް 20 ދުވަސް ވެފައިވާއިރު، ދެ ފަރާތުން ވެސް ވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެމެރިކާހެން ފްރެންޑްލީ އެޓެކްދޯ ކަލޯ

    16
    1
  2. ކުޑޭ

    ޔަހޫދީންގެ ބާރު މިހަނގުރާމައިގަ ކެނޑެމުންދާކަމުގެ ނިޝާނެއް انشاالله فلسطين އައް ވަރައްއަވަހައް ކާމިޔާބު ލިބޭނެ

    11