ޤަތަރުގައި ތިބެގެން އިސްރާއީލަށް ޖާސޫސް ކޮށްދިން އިންޑިއާގެ އަށް މީހަކު މަރަން އެގައުމުގެ ކޯޓުން ހުކުމް ކޮށްފިއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެމީހުން ހައްޔަރު ކޮށްފައިވަނީ ޤަތަރުގައި ކުރިއަށްދިޔަ އަސްކަރީ ސަބްމެރިން ޕްރޮގްރާމެއްގެ ތެރެއިން އިސްރާއީލަށް ޖާސޫސްކޮށްދިން ކަމަށް ތުހުމަތު ކޮށެވެ. އެ އެންމެންނަކީ ވެސް ޤަތަރުގެ ކުންފުންޏެއްގައި މަސައްކަތް ކުރަމުން ދިޔަ މީހުންނެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެ އެންމެންނަކީ ވެސް ރިޓަޔާ ކޮށްފައި ތިބި އިންޑިއާގެ ކަނޑުގެ ސިފައިންނެވެ.

މިހާދިސާއާއި ގުޅިގެން އިންޑިއާ ސަރުކާރުން ބުނެފައިވަނީ ގާނޫނީ ހުރިހާ ގޮތަކަށް އެކަން ހިނގާދިޔަ ގޮތް ބަލާނެ ކަމަށެވެ. އަދި އެގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީން ބުނެފައިވަނީ އެހުކުމުގެ ތަފްސީލީ ރިޕޯޓަށް އިންތިޒާރު ކުރާ ކަމަށެވެ.

އެމީހުން މަރަން ހުކުމް ކުރި ނަމަވެސް، ހުކުމް އަދި ތަންފީޒު ކުރާނެ ވަކި ތާރީހެއް މީޑިއާތަކުން އާންމު ކޮށްފައެއް ނުވެއެވެ. އެހެން ކަމުން އިންޑިއާގެ ސަރުކާރުން އަންނަނީ އެމީހުންގެ އާއިލީ މީހުންނާއި ގާނޫނީ ވަކީލުންނާއި ވާހަކަ ދައްކައި އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަސަން ކުރުސި

    ލަސްނުކޮށތިމީހުންމަރާލާ

    96
    4
  2. ކޖކފ

    ހައްލަކީ ބަދަލުގައި 8 ގެރި ދިނުން ކަމަށް ވެދާނެބާ

    57
    4
  3. އަން

    މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެ އެންމެންނަކީ ވެސް ރިޓަޔާ ކޮށްފައި ތިބި އިންޑިއާގެ ކަނޑުގެ ސިފައިންނެވެ.
    ރާއްޖޭގައި ތިބެގެންވެސް ތިޔަބައިގަޑު ތިކުރަނީ ހަމައެއްކަމެއް. ނަސީބެއްނުން ޗޯރާގެ ކިބައިން މިގައުމު ސަލާމަތްވިކަން.

    40
    1
  4. އާދަނާ

    ލަސްނުކޮށް މަރާލަންވީ، ގައުމުތަކުގަ ތިބެގެން ޓެރަރިސްޓް ޖަމާއަތަކަށް ޖާސޫސްކޮށްދޭނީ ކުއްތާއިންތަކެއް! އަވަހަށް މިގައުމުގަ އުޅޭ އިންޑިޔާ ސިފައިންބާލަންވީ!

    37
  5. އިންޑިޔާ

    މަރާލާ މަރާލާ މަރާލާ، ތިކަހަލަ ކިތަންމެ ޖާސޫސުން ތަކެއް މިތާނގަ ވެސް އުޅޭނެ. އެއާޕޯޓްތެރޭ ގައިގަ ކެމެރާ ހަރުކޮށްގެން އުޅުނު މީހުން ވެސް ފުރުވާލީ. ޗޯރޭ އަށް ގެރި ގުއި ދޭން ބުނެގެން

    34
  6. Anonymous

    ރިޓަޔާ ކޮށްފައި ތިބި އިންޑިއާގެ ސިފައިން މިރާއްޖޭގައި ވެސް އެބައުޅެއެވެ. އެމީހުން އުޅެނީ އެމީހުންނަކީ ކޮން ބަޔެއްކަން ނޭނގޭނެ ކަހަލަ ކަންކަމުގައެވެ. އެއީ ވަރަށް ނުރައްކާތެރި ބަޔެކެވެ. އެމީހުން ރާއްޖެއިން ބޭރުކުރަންޖެހެއެވެ.

    10
  7. އަލީ

    ވަގުތުން ވަގުތައް މިހާރުމަރާލާ. މަގައުމުގަތިބެގެންވެސް އެބައިމީހުން ކުރަނީއެމަސައްކަތް.

    10