އިސްރާއީލުގެ ޔަހޫދީން ޣައްޒާއަށް ދިން ހަމަލާތަކުގައި އިސްރާއީލުގެ 50 މީހަކު މަރުވެފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސްގެ އަސްކަރީ ވިންގް، ޤައްސާމް ބްރިގޭޑްސްގެ ޓެލެގްރާމް އެކައުންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވެފައިވާ މީހުންނަކީ އެމީހުންގެ ބެލުމުގެ ދަށުގައި ނުވަތަ ގައިދީންގެ ގޮތުގައި ތިބި 50 މީހުން ކަމަށެވެ.

އިސްރާއީލުން ދިން ހަމަލާއެއްގައި އެމީހުންގެ 50 މީހަކު މަރުވެފައިވާއިރު، މީގެ ކުރިން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހަމާސްއިން އެމީހުން 224 ވަރަކަށް މީހުން ޣައްޒާގައި ހައްޔަރުކޮށްގެން ގެންގުޅޭ ކަމަށެވެ.

ހަމާސްއިން އިސްރާއީލުގެ ގިނަ ބަޔަކު ރަހީނު ކުރި ނަމަވެސް، ބައެއް މީހުން ދޫކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މީސްމީޑިއާގައި ދިޔައީ އާންމުވެގެންނެވެ. ނަމަވެސް އިސްރާއީލުން ވަނީ ހަމާސްއިން ރަހީނު ކުރާ އިސްރާއީލްގެ ގިނަ ބަޔަކު މަރަމުން އަންނަ ކަމަށް ތުހުމަތު ކޮށްފައެވެ.