އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރެވެމުން އަންނަ ހަނގުރާމައިގެ ތެރޭގައި ޣައްޒާއިން ޝަހީދުވާ މީހުންގެ އަދަދާއި މެދު އެމެރިކާގެ ރައީސް، ޖޯ ބައިޑެން ސުވާލު އުފައްދައިފިއެވެ.

ހަމާސް އާއި އިސްރާއީލާއި ކުރެވެމުން އަންނަ ހަނގުރާމައިގައި ޝަހީދުވާ ޣައްޒާގެ މީހުންގެ އަދަދު އެގައުމުގެ ހެލްތް މިނިސްޓްރީން އަންނަނީ އެކި ވަގުތު ހިއްސާ ކުރަމުންނެވެ. އެކަމާއި ގުޅިގެން ބައިޑެން ބުނެފައިވަނީ ފަލަސްތީނުން އާންމު ކުރާ އަދަދާއި މެދު ސުވާލު އުފެދޭ ކަމަށެވެ.

އަދި ފަލަސްތީނުން ހަދަނީ ތެދެ ކަމާއި މެދު ވެސް ޝައްކު ކުރެވޭ ކަމަށް ބައިޑެން ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ ޝަހީދުވާ މީހުންގެ އަދަދާއި މެދު ބައިޑެން ސުވާލު އުފައްދާތީ، ޝަހީދުވެފައިވާ މީހުންގެ ނަމާއި، ހުރިހާ މައުލޫމާތެއް ހިމެނޭ ރިޕޯޓެއް ބައިޑެންއަށް ފޮނުވާނެ ކަމަށެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމައަށް މިއަދަށް 20 ދުވަސް ވެފައިވާއިރު، ޣައްޒާގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހަނގުރާމައިގެ ތެރޭގައި ޣައްޒާގެ 7000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާނުވާ

    މީ ހަމައިގަ ހުންނަ މީހެއްނޫން ގިނަވަގުތު. މީ ފިރުއައުނު ފަދަ ނުލަފާ ޖައްބާރު ޓެރަރިސްޓް މީހެއް

  2. ފޯކަސް

    އައްޑިހަ އަހަރުގެ ބެއްޔާ ސިކުޑީގެ އެއްބައި މަރުވެފަ. ޔަހޫދީން ދުވާލު މެންދުރު ގަޑީގަ އިރު ދައްކާފަ ފެންނަން އެހެރީ ހަދޭ ބުންޏަސް އެބޭ ގަބޫލު ކުރާނެ. ކީއްކުރާނީ މުސްލިމުންގެ ނިކަމެތިކަން.