ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކަހަލަ "ސަޕްރައިޒް" ހަމަލާއެއް އުތުރު ކޮރެއާގެ ފަރާތުން އައިސްދާނެތީ، އެމެރިކާއިން ގުޅިގެން ދެކުނު ކޮރެއާއިން އެކަމަށް ތައްޔާރީތައް ވާން ފަށައިފިއެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނީ، އިސްރާއީލަށް ހަމާސް ޖަމާއަތުން ދިން ކަހަލަ ހަމަލާއެއް އުތުރު ކޮރެއާއިން އައިސްދާނެތީ އެކަމަށްޓަކައި އެމެރިކާގެ އަސްކަރިއްޔާއާއި އެކީ ތަމްރީނުތައް ފަށާފައިވާ ކަމަށެވެ.

ދެކުނު ކޮރެއާއިން އެފަދަ ތަމްރީނުތަކެއް ފަށާފައިވާއިރު، އެ ތަމްރީނުުތަކުގެ އިތުރު ތަފްސީލެއް އެފަރާތުން ހާމަ ކޮށްފައެއް ނުވެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އުތުރު ކޮރެއާގެ "ފޯވާޑް ޑިޕްލޮއިޑް ލޯންގް ރޭންޖް އާޓިލަރީ" ބަޑިތަކުން ހަނގުރާމައަށް ނުކުމެއްޖެނަމަ، ގަޑިއަކު ގާތްގަނޑަކަށް 16،000 ރައުންޑް ބަޑި ޖެހުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންކަމުން ބޯޑަރާ ގާތްގަނޑަކަށް 40-50 ކިލޯމީޓަރު (25-30 މޭލު) ދުރުގައި އޮންނަ ސޯލް އަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެއެވެ.

ހަމާސް ޖަމާއަތުން މިމަހުގެ 7 ވަނަ ދުވަހު އިސްރާއީލާއި ދެކޮޅަށް ފެށި ހަނގުރާމަ އަކީ އިސްރާއީލަށް ލިބުނު ކުއްލި ސަޕްރައިޒެކެވެ. ހުއްޓުމެއް ނެތި، ފުލު ފުލުން ހަމާސްއިން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާއިރު، މިހާތަނަށް އިސްރާއީލުންގެ 1500 އަށްވުރެ ގިނަ މީހަކު މަރުވެ، އެތައް ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާތަކެއް ވެފައެވެ. މިހަމަލާތަކުގެ ތެރެއިން އިސްރާއީލުން ތިބޭ ބައެއް ސަރަހައްދުތަކަށްވެދެ، ގިނަ ބަޔަކު ވަނީ ރަހީނު ވެސް ކޮށްފައެވެ.

ހަމާލަތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން، އިސްރާއީލުން ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އޭގެ ސަބަބުން ޣައްޒާގެ 7،000 އަށްވުރެ ގިނަ މީހަކު ވަނީ ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    މި އެމެރިކާގެ މަގްސަދަކީ މުޅި ދުނިޔެ ހަގްރާމައަށް ލާ އެމީހުންގެ ހަތިޔާރުތައް ވިއްކުން. ހަލާކު ހުރި

  2. އަލީ

    ހުރިހާ ތަނެއް ގަށަމުން ފަސާދަކުރަމުން މިދަނީ މިކިޔާ އެމެރިކާއޭދޯ!!! މުސްލިމް ގައުމުތައްވެސް މިމީހުންގެ ތައްޕާހައް ވެއްޓި ނިމިފައޭ ތިބީ މިހާރު ޣައްޒާ ފިޔަވާ