އިސްރާއީލަށް ގޮސް ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރަން ބޭނުންވާކަން ހަރުކަށި ހިންދޫންތަކެއް ހާމަކޮށްފިއެވެ.

އެ ހަރުކަށި ހިންދޫން ވަނީ އިންޑިއާގައި ހުންނަ އިސްރާއިލުގެ އެމްބަސީ ކުރިމަތީ ތިބެ އިސްރާއިލުގެ ރައްޔިތުކަން އެ މީހުންނަށް ދިނުމަށް ގޮވާލައިފައެވެ. އަދި އޭރުން އިސްރާއިލުގެ ސިފައިންގެ ހިދުމަތާ ގުޅި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް އެ މީހުން ވަނީ ބުނެފައެވެ.

އެ މީހުން ބުނީ ބޭނުން ވަނީ މުޅި ދުނިޔެއިން ޖިހާދު ކުރާ މީހުންގެ ވަސް ފޮހެލަން ކަމަށެވެ. އަދި މުޅި ދުނިޔެ ވެސް ޖިހާދީންނާ ދެެކޮޅަށް ނުކުންނަން ޖެހޭ ކަމަށް އެ މީހުންގެ ތަރުޖަމާނު ބުންޏެވެ.

އެމްބަސީއަށް އެއްވި މީހުންގެ ތެރޭގައ ހާހެއްހާ ހަރުކަށި ހިންދޫން ހިމެނެއެވެ.

އިންޑިއާއަކީ ކުރިން ފަލަސްތީނަށް ތާއިދު ކުރި ގައުމެއް ނަމަވެސް ފަހުގެ އަހަރުތަކުގައި ވަނީ އިސްރާއިލަށް ތާއިދު ކުރަން ފަށައިފައެވެ.

އިސްރާއިލާއި ޣައްޒާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ފެށުނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަމަވެސް އެ ހަނގުރާމަ ނިމޭނެ ކަމުގެ އުއްމީދެއް އަދި ނުފެނެއެވެ. އަދި އިސްރާއީލުން މިހާރު ދަނީ ޣައްޒާއަށް އެއްގަމު މަގުން ވަނުމަށް ތައްޔާރުވަމުންނެވެ. އިސްރާއިލުން ބުނާ ގޮތުގައި ހަނގުރާމަ އެތައް މަހަކަށް ވެސް ދެމިގެން ހިނގައިދާނެއެވެ.

ހަމާސް ޖަމާއަތާއި އިސްރާއިލާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 7،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެސް ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފަތްތޫރަ

    ތިހެންވާން ޖެހެނީ ދީންތަކުގެ ނުފޫޒުން ހުރިހާ ދީނެއްގަވެސް ތިމައްސަލަ އެބަހުރި ޔަހޫދީ ޒަޔަނިސްޓުން ހައްދުފަހަނައެޅި ހިންދޫން ހައްދުފަހަނަ އެޅިމުސްލިމުން މިމީހުންނަކީ މިބައިމީހުންގެ އަގީދާ ނޫން ކޮންމެ ވިސްނުމެއްގެ ބަޔަކު މަރަންޖެހޭކަމަށް ގަބޫލުކުރާ ބައެއް އޭގެސަބަބުން ނަފްރަތާ ރުޅި އުފެދެނީ ކުށެއްނެއް އެތައްބަޔަކު ދުނިޔެދޫކޮށް ދާންޖެހެނީ މިހަގުރާމައިގާ ބައެއް އިސްލާމުންނަށްވުރެ ފަލަސްތީނައް ތާއީދުކުރާ އެތައް ޔަހޫދީންނަކާ ނަސޯރާއިންނެއް އަދި ބުޑިސްޓުންނާ ހިންދީންނެއް ތިބިކަމީ ހަގީގަތެއްް މިފަދަ މީހުންނަކީ ކޮންމެ ދީނެއްގަ އުޅުނަސް އިންސާނީ ހަމައިންވިސްނޭ އަދި ވިސްނާ މީހުން

    22
    6
    • މުޙައްމަދު

      ޤުރުއާނުގެ އާޔަތް(5:82)ގަ އެއޮތީ ޔަހޫދީންނާއި މުޝްރިކުންނަކީ މުސްލިމުންގެ އެންމެބޮޑު އަދާވާތްތެރިންކަން! މިކަން އަހަރެމެންނަށް މިފެންނަނީ!

      10
  2. ޒާ

    ޖަހައްނަމައަށް ދިއުން އަވަސްކުރޭ. މުސްލިމުން ތި ބައިގަނޑުދެކެ ޖެހިލުމެއްނުވޭ.

    12
  3. ތ

    ތި އލތުންގެ ބޮލައް އިޒުރޭލުން ބޮން އެޅީމަ ހުންނާނެ ޗޭ ވެފަ.

    5
    1
  4. Anonymous

    ތިމީހުން ރަނގަޅުވާނީ އިސްރޭލުގެ ގޮނޑުހާވަން

  5. ޝާވިން

    ނިކަން ދޭބަލަ. ޢަހަރެމެންވެސް އެބަތިބީމޭ ފަލަސްތީނު ހިމާޔަތުގަ ފަލަސްތީނަށްދާ. މުޅި ފަލަސްތީނު ފުރާލާނަން ވަންނަން ހުއްދަ ލިބިއްޖެޔާ މުޅި ދުނިޔޭގެ އެކި ކަންކޮޅު ތަކުން މުސްލިމުން ގޮސް.

    16
  6. މުޙައްމަދު1

    ގަމާރަސް ތިވަރު ތަަންކޮޅެއް ބޮޑު. އިޒުރޭލުން ނޫޅޭ އިންޑިއާ މީހުން ގެންދާކަށް. އިހައް ދުވަހު ނަތަންޔާހޫ ޝުކުރު އަދާކުރި ލިސްޓުގައި އިންޑިއާގެ ނަން ނެތިގެންވެސް ރޮއި ހޭރެނީ ތިމަންނަމެންގެ ނަންވެސް ކިޔާލަދީބަލާށޭ ކިޔައިގެން. ޔަހޫދީންގެ ގާތުގައި އެންމެ ބޮޑު ކާފަރުންނަކީ ބުދަށް އަޅުަކަންކުރާ މީހުން. ޔަހޫދީންނަށް މުސްލިމުންގެ ކިބައިން ސަލާމަތްވެވިއްޖެ ނަމަ އެމީހުން އެންމެ ފުރަތަމަ މަރާނީ ތިޔަ އިންޑިޔާ މީހުން