ޣައްޒާގެ ހޮސްޕިޓަލް ކައިރީގައި ގޮވި ގޮވުމަކީ އެއީ އިސްރާއީލުން ފޮނުވާލި މިސައިލަކުން ހިނގި ހާދިސާއެއް ނޫން ކަމަށާއި އެއީ ފަލަސްތީނުން ފޮނުވާލި ރޮކެޓަކުން ހިނގި ހާދިސާއެއް ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފިއެވެ.

ވޮޝިންޓަން ޕޯސްޓުން ބުނެފައިވަނީ އާންމުވެފައިވާ ވީޑިއޯތަކާއި ހޯދި ޑޭޓާތަކަށް ބަލާއިރު، މިމަހުގެ 17 ވަނަ ދުވަހު އަލް-އަހްލީ ހޮސްޕިޓަލް ގޮވުމަކީ އެއީ އިސްރާއީލުން ފޮނުވާލި ހަމަލާއެއް ނޫން ކަމަށާއި އެއީ ފަލަސްތީނުން އިސްރާއީލަށް ފޮނުވާލި ރޮކެޓެއް ނުބައި ގޮތަކަށް ފޮނުވާލެވިގެން ހިނގި ހާދިސާއެއް ކަމަށެވެ.

ނަމަވެސް ނިއުޔޯކް ޓައިމްސްގެ އެނަލިސިސް ފަދައިން އެ ގޮވުން ގޮވުމުގެ ކުރިން ވައިގެ ތެރޭގައި އެހެން ރޮކެޓެއް ގޮވާ މަންޒަރު ފެންނަ ކަމަށާއި އެއީ އިސްރާއީލުން ވެސް ދައްކާފައިވާ އެކަން ނުކުރާ ކަމުގެ ހެކި ކަމަށް ވޮޝިންޓަން ޕޯސްޓުން ވަނީ ބުނެފައެވެ.

ބަތް ޔަމް އާއި ވެތިވޮޓް އިން ނަގާފައިވާ ވީޑިއޯތަކާއި ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނި ގޮތުގައި ހޮސްޕިޓަލަށް ދިން ހަމަލާގައި ރޮކެޓްތައް ފޮނުވާލާފައިވަނީ ހޮސްޕިޓަލުގެ ހުޅަނގު ދެކުނުގެ ސަރަހައްދަކުންނެވެ. އަދި ގޮވުމުގެ ސަބަބުން ލިބުނު ގެއްލުމަށް ބަލާއިރު، އެ ގެއްލުމަކީ ތެޔޮ އަޅާފައިވާ ރޮކެޓެއް ކަމަށާއި އެއީ ވައިގެ މަގުން ފޮނުވާލާފައިވާ ރޮކެޓެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

ނިއުޔޯކް ޓައިމްސްއިން އެހެން ރޮކެޓެއް ވައިގެ ތެރެއަށް ގޮވާ މަންޒަރު ފެންނަ ކަމަށް ބުނި ނަމަވެސް، އަލްޖަޒީރާ ނޫހުން ބުނެފައިވާ ގޮތުގައި ވައިގެ ތެރެއަށް ގޮވާފައިވަނީ އަޔަން ޑޯމްއިން ދިފާއުވުމަށް ފޮނުވާފައިވާ މިސައިލެކެވެ.

މިކަމާއި ގުޅިގެން އިސްރާއީލުން ވެސް ބުނެފައިވަނީ ހޮސްޕިޓަލަށް ހަމަލާ ނުދޭ ކަމަށާއި ހޮސްޕިޓަލް ގޮވުމަކީ އެއީ އިސްލާމިކް ޖިހާދުން ފޮނުވާލި މިސައިލެއް މިސްފަޔާ ވެގެން ގޮވި ގޮވުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢހ

    ހ ދޮގު

  2. ކަޅުބެ.

    ޔަހޫދީން ދޮގުހަދާ ވަރުމަށައް ފެނިފާއެބަހުރި ވަރައް ގޮތްގޮތަށް ނުލަފާ ރޭވުންތައް ޙެމެރިކާއިން ރާވާނެ ކޮންމެ ނުބައެއް ހަދާނީ އެމެރިކާ ދުނިޔޭގެ ހުރިހާ ނުބަޔަކީ އެމެރިކާ.

  3. ްޣައްޒާ ހޮސްޕިޓަލް

    ޣައްޒާ ހޮސްޕިޓަލް ގޮއްވާލީ ޓެރަރިސްޓް ނަތައްޔާހުއާ ޓެރަރިސްޓް ބައިޑަން