ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރަމުންދާ ހަމާސް ޖަމާއަތުގެ ވަފުދެއް ރަޝިއާ އަށް ގޮސްފިއެވެ.

އެ ބައްދަލުވުމަކީ ހަމާސްއިން ރަހީނުކުރި މީހުންގެ ތެރޭގައި ހިމެނޭ ރަޝިއާ މީހުން ދޫކޮށްލުމާ ގުޅޭ މަޝްވަރާކުރުމަށް ކުރި ދަތުރެކެވެ.

އެ ދަތުރުގައި ހަމާސްގެ އިންޓަނޭޝަނަލް އޮފީހުގެ ވެރިޔާ މުސާ އަބޫ މަރުޒޫގް ބައިވެރިވެވަޑައިގަންނަވަ އެވެ.

ހަމާސްގެ ވަފުދެއް އިސްރާއިލަށް ދިޔައިރު އިރާާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަލި ބަޣިރީ ވެސް މިހާރު ހުންނެވީ ރަޝިއާގަަ އެވެ.

ރަޝިއާއަކީ މެދު އިރުމަތީގެ ހުރިހާ ގައުމުތަކާ ވެސް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. އޭގެ ތެރޭގައި އިސްރާއިލް، އިރާން އަދި ހަމާސްގެ ސަރުކާރުވެސް ހިމެނެއެވެ.

ރަޝިިއާއިން ބުނާ ގޮތުގައި މެދުއިރުމައްޗަށް މިހާރު ދިމާވެގެން އުޅޭ ހަލަބޮލިކަމުގެ މައްސަލަ ދިމާވެގެން އުޅެނީ އެމެރިކާއާ ހުރެއެވެ. އަދި ޣައްޒާއާއި އިސްރާއިލާ ދެމެދު ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލަން ވެސް ރަޝިއާއިން ވަނީ ގޮވާލައިފައެވެ.

އިސްރާއިލާއި ޣައްޒާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ފެށުނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަމަވެސް އެ ހަނގުރާމަ ނިމޭނެ ކަމުގެ އުއްމީދެއް އަދި ނުފެނެއެވެ. އަދި އިސްރާއީލުން މިހާރު ދަނީ ޣައްޒާއަށް އެއްގަމު މަގުން ވަނުމަށް ތައްޔާރުވަމުންނެވެ. އިސްރާއިލުން ބުނާ ގޮތުގައި ހަނގުރާމަ އެތައް މަހަކަށް ވެސް ދެމިގެން ހިނގައިދާނެއެވެ.

ހަމާސް ޖަމާއަތާއި އިސްރާއިލާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 7،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެސް ކޮށްލައިފައެވެ.