ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައި ހަމަލާ ދޭން ފަށާނެ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދެންމެ ބުނެފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ބުނީ އިސްރާއީލްގެ އަސްކަރިއްޔާ އިން ދޭ ވައިގެ ހަމަލާތައް ވޭތުވެދިޔަ ގަޑިއިރުތަކުގެ ތެރޭގައި އިތުރުކޮށްފައިވާ ކަމަށެވެ. އަދި އިސްރާއީލުން އެއްގަމު މަގުން އަރައި ހަމަލާތައް ދިނުމުގައި ދެމިތިބޭނެ ކަމަށް ބުނެފައިވެއެވެ.

"އެއާ ފޯސް އިން ދަނީ ބިންގަރާސްތަކަށް ހަމަލާ ދެމުން. މި ހަމަލާތައް އިތުރަށް ފުޅާ ކުރާނަން މިރޭ،" އެއްގަމު މަގުން ފަލަސްތީނުގެ ޣައްޒާ އަށް އަރާނެ ކަން އިއުލާން ކުރަމުން އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ޣައްޒާއަށް މި އަރަނީ ޣައްޒާ އަށް އެރުން މަޑުޖައްސާލުމަށް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން އިސްރާއީލަށް ޕްރެޝަރު ކުރަމުން ދަނިކޮށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެ، އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ދޫކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިސްރާއީލްގެ ޑިޕްލޮމެޓިކް އޮފިޝަލަކު ކުރިން ބުނީ އެ ގައުމުތަކުން އެގޮތަށް ބުނަމުން ދަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ. އަދި އެއްގަމު މަގުން އަރައިފި ނަމަ، ޣައްޒާ އަށް ގެންދިޔަ މީހުން މިނިވަން ކުރަން ހުރަސް އެޅޭނެ ކަމަށް ވެސް އެ ގައުމުތަކުން ގަބޫލު ކުރެއެވެ. ނަމަވެސް އޮފިޝަލް ބުނެފައި ވަނީ އިސްރާއީލުން ޣައްޒާ އަށް އެރުމަކީ މިހާރު ވަރަށް ގާތް ކަމެއް ކަމަށެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ކުރިއަށްދާ އިރު، އިސްރާއީލުގެ އަސްކަރިއްޔާއިން މީގެކުރިން ވަނީ އުތުރު ޣައްޒާގައި ދިރިއުޅޭ މިލިއަނެއްހާ މީހުން، އެމީހުން ދިރިއުޅޭ ގެތަކުން ނިކުމެ، ޣައްޒާގެ އުތުރަށް ބަދަލުވުމަށް މަޖުބޫރުކޮށް އިންޒާރުތައް ދީފައެވެ. އިސްރާއީލުގެ އަސްކަރީ ބާރުތަކުން ވަނީ ޣައްޒާގެ ބޯޑަރު ކައިރި އަށް ޓޭންކާއި އެ ނޫން ވެސް ހަތިޔާރުތައް ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ކައިރި އަށް ޖަމާކޮށްފައެވެ. އަދި ފަލަސްތީނުގެ ސަރަހައްދަށް ބޮމުގެ ހަމަލާތައް ދިނުމަށް ބޭނުންވާ ސާމާނުތައް އެސަރަހައްދަށް ޖަމާކޮށްފައިވެއެވެ.

"އެއްގަމު މަގުން ފަލަސްތީނަށް ހަމަލާތައް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ހަމާސްގެ އިންފުރާސްޓްރަކްޗަތައް ހަލާކުކޮށް، އިސްރާއީލަށް ފަހުން ވެސް ހަމަލާ ނުދެވޭނެ ފަދަ ހާލަތަކަށް ހަމާސް ނިކަމެތިކޮށްލުން" އިސްރާއީލުގެ އޮފިޝަލަކް އަލްޖަޒީރާއަށް ބުނެފައިވެ ވެއެވެ.

އިސްރާއީލުގެ އެންމެ ބޮޑު އަމާޒަކީ ހަމާސްގެ ބާރުތައް ކަނޑުވާލާއި ހަމާސް ނައްތާލުން ކަމުގައި ވީނަމަވެސް އެއީ ވުން ނާދިރު ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މިއީ އެއްގަމުމަގުން ހަމަލާތައް ދީ ހަމާސްގެ ބާރުތައް ކަނޑުވާލާ އެ ޖަމާއަތް ނައްތާލުމަށް އިސްރާއީލުން މަސައްކަތް ކުރަމުންދާ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2014 ވަނަ އަހަރު ވެސް އިސްރާއީލުން ވަނީ ޣައްޒާއަށް އެއްގަމު މަގުން ހަމަލާތައް ދީ ހަމާސް ނައްތާލުމަށް އެތައް މަސައްކަތްތަކެއް ކޮށްފައެވެ.

މި ހަނގުރާމައިގެ މި ދެގައުމުގެ ދެމެދުގައި ހިނގާފައިވާ ހަނގުރާމަތަކުގައި ފަހުވަގުތު އިސްރާއީލުން ފަހަތަށް ޖެހިފައި ވުމުން، މިފަހަރުވެސް އެއްގަމު މަގުން ދިނުމަށް ރާވަމުންދާ ހަމަލާތަކުގެ ސަބަބުން އިސްރާއީލަށް ހަމާސްގެ އަސްލު ސައިޒު ފެނި، ފަހަތަށް ޖެހޭނެކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަަލީބުނީ

    ޔާﷲ ފަލަސްތީނުގެ މުޖާހިދުންނަކީ ޔަހޫދީ ފިނޑި ވަލު ކުއްތާތަކުގެ ކުރިމަތީ ގަދަފަދަ ސިންގާތަކެއްފަދަ ބަޔަކު ކަމުގައި ލައްވާށި. ދެރަ އެއްވެސް ގޮތެއް ނެތެވެ. ﷲ މަގުގައި ގަދަފަދަޔައް ޖިހާދުކޮހް ޝަހީދުވުމުގެ މަތިވެރި ނިޢުމަޔެވެ އަދި ނަސްރާ ކާމިޔާބެވެ.

    140
    4
  2. ދިވެހިން

    ޔާﷲ ނުބައި ޖައްބާރު ޔަހޫދީން ކިބައިން ފަލަސްދީންގެ މުސްލިމް އަޙުންނާއި އުހުތުން ސަލާމަތް ކުރައްވާޝި.

    131
    2
  3. މީހާ

    ﷲ އިރާދަކުރެއްވިއްޔާ މިރޭ ވެދާނެ ކާފަރުންގެ ނިމުން އައުން ކަމުގަ ވެސ ﷲ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވޭ މުސްލިމުން ވަކީލު ކުާނީ އެފަރާތާ ޔާ ﷲ މުސްލިމުންނަށް ނަޞްރުދެއްވާންދޭވެ. އާމިން

    132
    3
  4. ޕީޖޭ

    ދުއާ ކުރުން އިތުރު ކުރޭ.. މުޖާހިދުންނަށް ﷲ ނަސްރު ދެއްވާނެ

    133
    2
  5. ނަބާ

    ޔާ ﷲ ފުރިހަމަ ނަސްރެއް ފަލަސްޠީނުގެ މުޖާހިދުންނަށް ދެއްވާންދޭވެ!! އިޒްރާއީލުގެ ޔަހޫދީންނަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައި އެބައިމީހުން ނެތި ކުރައްވާންދޭވެ!! އާމީން

    46
    1
  6. ޙާދި

    ހުރިހާ މުސްލިމުން ކުރަންވީކަމަކީ، އެގައުމެއްގައި މިވަގުތުތިބި ހުރިހާ ޔަހޫދީންނަށް ތާއިދުކުރާ ކާފިރުން އެގައުމަކުން 24 ގަޑިއިރުތެރޭ ފައިބަން އަމުރުކުރަންވީ!

    32
  7. Anonymous

    ހައްދަވާ ބޮޑުކުރެއްވި އިލާހް. ފަލަސްޠީނުގެ މުޖާހިދުނނަށް ނަޞްރުދެއްވާންދޭވެ

    37
  8. ރިޔާޒުބޭ.

    ނުކެރޭނެ ތިވަރުހުރި ޔަހޫދީއަކު ހުރިހެނެއް ހިއެއްނުވޭ

    16
  9. ޢަލި

    ހުރިހާ މުސްލިމުން ކުރަންވީކަމަކީ، އެގައުމެއްގައި މިވަގުތުތިބި ހުރިހާ ޔަހޫދީންނަށް ތާއިދުކުރާ ކާފިރުން އެގައުމަކުން 24 ގަޑިއިރުތެރޭ ފައިބަން އަމުރުކުރަންވީ!

    16
  10. ﷲބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

    ޔާﷲސަހްޔޫނީ ސައިތާނުން ފަލަސްތީނުގެ އެތަކެއްހާސްމީސްތަކުން ކަތިލަމުން ހައްދުފަހަނައަޅާގޮސްފި މިއަޅާއަށް އެގިގެންނުވާ ކެއްތެރިނުވެވޭ ކިތައްމެކަމެއް އިބަﷲދެނެވޮޑިގެންވޭ ފަލަސްތީނުގެމުޖާހިދުންނާ ހިޒުބުއްލޯގެ މުޖާހިދުންކުރުންދާ ޖިހާދު ޔަހޫދީން މައްޗަށް ގަދަފަދަނަސްރެެއްމިންވަރުކޮށް ދެއްވަވާދޭ އާމީން

    24
  11. ވިކިލީކްސް

    ފަލަސްތީނުން އިންޓަރނެޓް ކަނޑާލައިފި. ދެން ނޭނގޭނެ ވާއެއްނުވާއެއް

    18
  12. ޢަހު

    ފިއްޒާ ހަޓް ކިޔާ ތަންތަނުން ނާއިއިޒްރޭލު އަށް ތާއީދު އޮތް ގައުމު ތަކުގެ ވިޔަފާރިތަށް ހުއްޓާލަންވީ

  13. ތަކުރު

    ޢަރަބި މުއްސަދި މުނާފިގު ވެރިން ހެވިފަ ބަލަން.

    11
    1
  14. ޖަޒީރާ

    ދޮބައިދަނު އުފަލުން ހިތާ ކިޑުނީއާ ހުއްޓިދާނެ. ޔާﷲ ފަލަސްތީނަށް ނަސްރު ދެއްވާ އަނިޔާވެރި ޔަހޫދީ ޓެރަރިސްޓުން ބަލި ކުރައްވާނދޭވެ. ޢާމީން.