ރަސްމީކޮށް އެއްގަމު މަގުން ޣައްޒާއަށް އަދި ނާރާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުން ހަމާސް ޖަމާއަތުގެ މުޖާހިދުން ނެތިކޮށްލުމަށް ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ބޭރުގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ނިރުބަވެރިން އެއްގަމު މަގުން ޣައްޒާއަށް އަރައިފިއެވެ.

ނަމަވެސް އިސްރާއީލްގެ ސިފައިންގެ ސްޕޯކްސްޕާސަން ބީބީސީއަށް މައުލުމާތު ދެމުން ބުނެފައިވަނީ ވަރުގަދަ ކޮށްފައިވާ ހަމަލާތަކަކީ އެއްގަމު މަގުން އެރުން ނޫން ކަމަށާއި އަދި އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް ނާރާ ކަމަށެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ އެމެރިކާގެ އޮފިޝަލަކު ބުނެފައިވަނީ އިސްރާއީލުން ދެމުން އަންނަނީ ވަރަށް ކުޑަ ހަމަލާއެއް ކަމަށާއި ހަމަލާތައް ކުރިއަށްދިޔަ ނަމަވެސް، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އިސްރާއީލުގެ އެންމެ ބޮޑު އަމާޒަކީ ހަމާސްގެ ބާރުތައް ކަނޑުވާލާއި ހަމާސް ނައްތާލުން ކަމުގައި ވީނަމަވެސް އެއީ ވުން ނާދިރު ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. މިއީ އެއްގަމުމަގުން ހަމަލާތައް ދީ ހަމާސްގެ ބާރުތައް ކަނޑުވާލާ އެ ޖަމާއަތް ނައްތާލުމަށް އިސްރާއީލުން މަސައްކަތް ކުރަމުންދާ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2014 ވަނަ އަހަރު ވެސް އިސްރާއީލުން ވަނީ ޣައްޒާއަށް އެއްގަމު މަގުން ހަމަލާތައް ދީ ހަމާސް ނައްތާލުމަށް އެތައް މަސައްކަތްތަކެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާަމަރީ

    ޔަޤީނޭ ޔަހޫދީ ސިފައިންތައް ފިސްއަރުވާލީމަ ފަހަތަށް ޖެހުނީކަން ދެން މިކިޔަނީ ރަސްމީކޮށް ނާރަމޭ

    10
  2. ޢަހު

    އިޒްރާއީލު މީހުން މިގައުމަށް ނންނާތި

  3. ހެ

    ހަދަނީ މުޅިން ދޮގު.މި މީހުން ދޮގެން ހެދިޔަސް ތެދެން ހެދިޔަސް ނެއިގޭނެ. އެވަރުގެ ނުބައިބައެއްމީ.

  4. މުޙައްމަދު

    ޔަހޫދީ ކުއްތާ ތެދެއް ނުބުނާނެ. ހުރިގޮތަށް ހުރި ވަލު ޖަނަވާރެއް.