ޣައްޒާއަށް ވަންނަން ދިޔަ އިސްރާއީލުގެ ނިރުބަވެރިންތަކެއް މަރާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

ޣައްޒާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ނިރުބަވެރިން މަރާލާފައިވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަނިކޮށެވެ. އެގޮތުން ކޯނެޓް މިސައިލް ބޭނުން ކޮށްގެން އެމީހުން ދުއްވާފައި ދިޔަ ވަހިކަލްތަކަށް ހަމަލާދިން ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ހާމަ ނުކުރި ނަމަވެސް، އިސް ސަފުގައި ތިބި މީހުން މަރުވެފައިވާ ކަމަށް ޣައްޒާއިން ވަނީ ބުނެފައެވެ. އަދި މިވަގުތު އެމީހުންގެ ހަށިގަނޑުތަކާއި އަނިޔާވެފައި ތިބި މީހުން އެސަރަހައްދުން ބޭރު ކުރުމަށް ހެލިކަޕްޓަރުތައް އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޣައްޒާގެ އުތުރުގެ ސަރަހައްދުގައި އިސްރާއީލް ނިރުބަވެރިންތަކެއް މަރާލާފައިވާއިރު، އިސްރާއީލުން ވަނީ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވެސް ވަރުގަދަ ކޮށްފައެވެ. އަދި މިރެއަކީ މިއީ އެރޭ ކަމަށް ބުނެ އިންޒާރެއް ވެސް ވަނީ ދީފައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި އިސްރާއީލްގެ އެއިންޒާރަކީ އެއްގަމު މަގުން ޣައްޒާއަށް އެރުމަށް އެމީހުން ދީފައިވާ އިންޒާރެކެވެ.

ނަމަވެސް އިސްރާއީލުން ބުނެފައިވަނީ އެއްގަމުން މަގުން އަދި ޣައްޒާއަށް ނާރާ ކަމަށާއި ހަމައެކަނި ހަމަލާތައް ވަރުގަދަ ކުރީ ކަމަށެވެ.

މިމަހުގެ 7 ވަނަ ދުވަހު ފެށުނު މި ހަމަލާ ބަދަލު ކުރުންތައް ހުއްޓޭނެ އަލި މަގެއް އަދި ނުފެންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.