އިސްރާއީލުގެ އަނިޔާވެރި ނުލަފާ ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގަތުލު އާންމު ހުއްޓާލުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.

އަރަބިން ހުށަހެޅި އެ ގަރާރު އދ.ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ފާސް ކޮށްފައިވަނީ 134 ގައުމެއް ތަމްސީލް ކުރާ މެމްބަރުންގެ ތެރެއިން 120 ގައުމަކުން ތާއީދު ކޮންގެންނެވެ. މި ގަރާރު ފާސް ނުކުރުމަށް 14 ގައުމަކުން ވަނީ ވޯޓު ދީފައެވެ. މި 14 ގައުމަކީ އެމެރިކާގެ އިސްތިއުމާރީ ބާރު އެކި ގޮތްތަކުން ހިނގާ 14 ގައުމުކަށް ފާހަގަކޮންލަށް ޖެހެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އޮސްޓްރިއާ
  • ކްރޮއޭޝިއާ
  • ޗެއްކިޔާ
  • ފިޖީ
  • ގޮޓަމަލާ
  • ހަންގޭރީ
  • އިސްރާއީލް
  • މާޝަލް އައިލޭންޑްސް
  • މައިކްރޮނީޝިއާ
  • ނައުރު
  • ޕަޕުއާ ނިއުގިނީ
  • ޕަރަގުއާއީ
  • ޓޮންގާ
  • އެމެރިކާ

އާންމު މަޖިލީހުން އަރަބިން ހުށަހެޅި ގަރާރު ބަލައި ގަނެ ވޯޓު ނަގާފައިވަނީ އެމެރިކާއިން ތާއިދު ކުރާ ކެނެޑާއިން ހުށަހެޅި އިސްލާހު ބޭރު ކުރުމަށްފަހުއެވެ. އެގޮތުން ހަމާސް އަކީ ނިރުބަވެރި ޖަމިއްޔާއެއް ކަމަށާއިި އިސްރާއީލަށް ދިފާއުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް ކެނެޑާއިން ވަނީ ބުނެފައެވެ.

ގަރާރު ފާސް ކުރުމާއި ގުޅިގެން ކެނެޑާގެ އދ. ގެ ސަފީރު، ރޮބާތް ރާއީ ބުނެފައިވަނީ ގަރާރުން ސާފުވެގެން ދަނީ މިމަހުގެ 7 ވަނަ ދުވަސް ހަނދާން ނައްތާލެވިފައިވާ ކަމަށެވެ.

މި ގަރާރު ފާސް ކުރުމާއި އެކީ ހާމާސްއިން ވަނީ މަރުހަބާ ކިޔާފައެވެ. އަދި ވަގުތުން ގަރާރު ތަންފީޒު ކުރަން ޖެހޭ ކަމަށާއި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ތެލާއި އެހެނިހެން ކާބޯތަކެތި ވެސް ވަގުތުން ލިބެން ޖެހޭ ކަމަށް ހަމާސްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މި ލިއުމުން ވެސް އެނގިގެން ދަނީ ރަށިއާ ފަދަ ގައުމުތަށްވެސް އިޒްރާއީލުގެ ޢަމަލުތަކާ ދެކޮޅުކަން

    21
  2. މުސްލިމުންނަކީ އެއްބައެއް

    އިންސާފަށް ލޯބިކުރާ އެއްވެސް ޤައުމެއް އެ ޤަރާރާ ދެކޮޅެއްނުވާނެ!

    އެކަމަކު ޤަރާރު ނެރުމަކުންނުވާނެ! އެ ތަންފީޒު ކުރެވެންވެސްވާނެ!

    އަދި މުސްލިމުންގެ ޙައްޤުގައި މިހާރުން މިހާރަށް ކުރަންޖެހިފައިވާ ހުރިހާ ކަމެއް ކުރަންޖެހޭ! މިކަމުގައި ބަލަންވީ ﷲ އަންގަވާފައިވާ ގޮތް. އެމެރިކާ ދެކޭ ގޮތެއްނޫން!

  3. ކަށިކެޔޮ އާދަނު

    ތިޔައީ ސުމެއްގެގަރާރެއް. ތިޔަގަރާރަށް އަމަލުކުރަންޖެހޭނީ ތިންވަނަދުނިޔޭގެ ފަގީރުގައުމުތަކުން.