ޣައްޒާއަށް އެއްގަމުން މަގުން އަރާފައި ނުވާނެ ކަމަށް ބުނެ އިސްރާއީލުގެ ނިރުބަވެރި ސިފައިން ހެދި ދޮގު ފަޅާއަރައިފިއެވެ.

ޣައްޒާގެ މުއާސަލާތީ ހިދުމަތް ކަނޑާލުމަށްފަހު، އިސްރާއީލުގެ ނިރުބަވެރިން ވަނީ މިރޭގެ ވަގުތެއްގައި ޣައްޒާއަށް ދެމުން އައި ހަމަލާތައް ވަރުގަދަ ކޮށްފައެވެ. "މިރެއަކީ މިއީ އެރޭ" ކަމަށް ބުނެ އިންޒާރެއް ވެސް ދީފައިވާއިރު، ބައިނަލްއަގުވާމީ މީޑިއާތަކާއި ޖޯޑަން އިން ވަނީ އިސްރާއީލުން ހަމަލާތައް ދެނީ ޣައްޒާއަށް އެއްގަމު މަގުން ކަމަށް ބުނެފައެވެ.

އެކަން ދޮގުކޮށް، އިސްރާއީލް ސިފައިންގެ ސްޕޯކްޕާސަން، ޑެނިއަލް ހަގަރީ ބުނެފައިވަނީ އެއްގަމުން މަގުން ޣައްޒާއަށް ނާރާ ކަމަށާއި ހަމައެކަނި ދެމުން އައި ހަމަލާ ވަރުގަދަ ކުރީ ކަމަށެވެ.

ނަމަވެސް އަސްކަރިއްޔާގެ އެހެން މީހާކަާއި ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ރިޕޯޓް ކުރި ގޮތުގައި ގައްޒާއަށް އިސްރާއީލް ސިފައިން މިވަގުތު ވަނީ ވަދެފައެވެ. އެކަން އޭނާ އެ ނޫހަށް ކަށަވަރު ކޮށްދިން ނަަމަވެސް އެތަނުގައި ހިނގަމުން އަންނަ ހަނގުރާމައަކީ އިސްރާއީލުން ގިނަ ދުވަސްތަކެއް ވަންދެން ކުރަން ބޭނުންވެފައިވާ އެއްގަމު މަގުގެ ހަނގުރާއެއް ކަމެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

"އަހަރުމެންގެ ސިފައިންނާއި ޓޭންކަރުތައް މިހާރު ތިބީ ޣައްޒާއަށް ވަދެފައި. އެމީހުން ހަނގުރާމަ އެބަ ކުރޭ." އެފަދައިން ބުނުމަށްފަހު ދެން އޭނާ ބުނެފައިވަނީ އިއްޔެ ވެސް އެމީހުންގެ ސިފައިންނާއި ޓޭންކަރުތައް ޣައްޒާގައި ހަރަކާތްތެރިވި ކަމަށެވެ.

އިނގިރޭސިވިލާތާއި އެމެރިކާ އަދި އެހެން ގައުމުތަކުން ނިރުބަވެރި ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ހަމާސްގެ އަސްކަރީ ގޮފިން މީގެ ކުރިން ބުނެފައި ވަނީ ޣައްޒާގެ އުތުރުގެ ދެ ސަރަހައްދެއްގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން، އިސްރާއީލު ސިފައިންނާ ކުރިމަތިލުންތައް ހިންގަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަމީން

    ދެންވެސް އަރަބި ގައުމުތަކުން އެމެރިކާގެ ބަނޑުދަށަށްވަދެ ތިބީމާ ރަނގަޅުވާނެ. އިންސާނިއްޔަތުކަމުގެ ފުކެއްވެސް ނެތްގައުމު ގިނައީ. ޑިމޮކްރަސީއޭ އަމައޭ އިންސާނީ ހައްގޭ ކިޔަނީ ހަމަ ނަމެއްގަ އެކަނި