އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް ހަމަލާ ނުދިނުމަށް އެމެރިކާއިން ގޮވާލައިފިއެވެ.

އެމެރިކާގެ ސަރުކާރުން މިފަދައިން ގޮވާލާފައިވަނީ އިސްރާއީލުން ރޭގެ ވަގުތެއްގައި އެއްގަމު މަގުން ޣައްޒާއަށް ވަދެ، އެމީހުންގެ އޮޕަރޭޝަން އިތުރަށް ފުޅާ ކޮށް، އެއްގަމު މަގުން ހަމަލާ ދޭނެ ކަމުގެ އިންޒާރުތައް ދިނުމާއި ގުޅިގެންނެވެ.

ހަނގުރާމައަށް 21 ދުވަސްވެފައިވާއިރު، މީގެ ކުރިން އިސްރާއީލުން ދީފައި ނުވާ ވަރުގެ ވަރުގަދަ ހަމަލާތަކެއް މިހާރު އިސްރާއީލުގެ ނިރުބަވެރިން އަންނަނީ ޣައްޒާއަށް ދެމުންނެވެ. އަދި އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގައި ތިބި ސަރަހައްދުތަކުގައި ހަމާސްގެ މުޖާހިދުންނާއި އަންނަނީ ހަމަލާ ބަދަލު ކުރަމުންނެވެ.

ހަމާސް ޖަމާއަތުން ބުނާ ގޮތުގައި، އެޖަމާއަތުން އަންނަނީ ނިރުބަވެރިންނަށް ކުރިއަށް ނުދެވޭނެ ގޮތަށް ހަމަލާތައް ދެމުންނެވެ. ނަމަވެސް އެކި ސަރަހައްދުތަކުން ޣައްޒާއަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މީގެއިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ ރައްޔިތުން މަގުތަކަށް ނުކުތުމަށް ވެސް ހަމާސް އިން ވަނީ ގޮވާލައިފައެވެ. އެ ގޮވާލުމާ އެކު، ރާމަﷲ އާއި ނާބުލުސް ފަދަ ސަރަހައްދުތަކުގައި މުޒާހަރާތައް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މަހުގެ 7 އިން ފެށިގެން އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އަމިއްލަ ގެދޮރު ދޫކޮށް ގިނަ ބަޔަކު މިހާރު ދިރިއުޅެމުން ދަނީ ޓެންޓުތަކުގައި އާއި ހޮސްޕިޓަލާއި ސްކޫލްތަކުގައެވެ. އެމީހުންނަށް ކާބޯތަކެއްޗާއި ބޭހާއި އެ ނޫން ވެސް ސާމާނު އިންތިހާ އަށް ވަނީ ބޭނުންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒ

    އިޒރޭލަކީ ޓެރަރިސްޓު ޖަމާއަތެއް

    13
  2. Anonymous

    ކޮންމެސްމީހަކު ފުރަތަމަ މިމުސްކުޅި ބުއްޑާގަނޑު މަރާލަބަލަ މީނަމީ މިމުޅިދުނިޔެ ފަސާދަކުރާ މީހަކީ

    12
  3. ހުސްވައު34

    ޢެންމެބޮޑު ޓެރަރިސްޓް އެމެރިކާ އާއި ޔާހޫދީ އިޒުރޭލު

    14