މި މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން މިހާރު މެދުއިރުމަތީގައި ކުރަމުންދާ ބައެއް ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ 200،000 ރައްޔިތުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އިސްރާއީލްގެ ނިރުބަވެރި ޔަހޫދީން ބުނެފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ ތަރުޖަމާނަކު ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލް އާއި ލުބުނާނު ބޯޑަރާ ކައިރި ހިސާބުތަކުގައި އޮންނަ އެގައުމުގެ 105 އަވަށަކުން މީހުން ނިކުތުމަށް މިހާރުވަނީ އަންގާފައެވެ. ނަމަވެސް މި އެންގުން އެންގުމުގެ ކުރިން ވެސް މި ސަރަހައްދު ތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ދެބައިކުޅަ އެއްބައި މީހުން މި ސަރަހައްދު ދޫކޮށް ގޮސްފައިވާކަމަށް ވެސް ތަރުޖަމާނު ވަނީ ހާމަކޮށްފައެވެ. ހަމައެހެންމެ ގެދޮރު ގެއްލި މަގުމަތިވެފައިވާ 200،000 މީހުންގެ ދެބައިކުޅަ އެއްބަޔަކީ މި ސަރަހައްދުތަކަށް ނިސްބައިތްވާ އާންމު ރައްޔިތުން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ އާ ހަވާލާދީ އެގައުމުގެ ޑިފެންސް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި އެ އޮތޯރިޓީއިން އަންނަނީ ޣައްޒާ ސިޓީއާ ހަތަރު ކިލޯމީޓަރު ދުރުގައި މީހުން ދިރިއުޅެމުން އައި 25 އަވަށެއްގެ އިތުރުން ލުބުނާން ބޯޑަރާ ކައިރި ހިސާބުތަކުގައި އޮތް 28 އަވަށެއްގައި ދިރިއުޅެމުންދިޔަ ޖުމުލަ 120،000 ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާ އިތުރު އެހީތައް ފޯރުކޮށްދެމުންނެވެ.

އެގައުމުގެ ޑިފެންސް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ގެދޮރު ގެއްލިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހަނގުރާމައިގެ ސަބަބުން ބައެއް ސަރަހައްދުތަކުން ސަލާމަތީ ސަބަބުތަކަށްޓަކައި އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ މީހުންނާއި އެގައުމުގެ ދައުލަތުން ފޯރުކޮށްދެމުން އަންނަ ސަބްސިޑައިޒްގެ ދަށުން ހަނގުރާމަ ކުރާ ސަރަހައްދު ތަކުން ރައްކާތެރިވެ ހަމަޖެހިލުމަށް އެހެން ސަރަހައްދުތަކަށް ގޮސްފައިވާ މީހުން ވެސް ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުރިއަށްވުރެ ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި ހަމާސްއިން ވެސް އަންނަނީ އެޖަމާއަތުން ދެމުންދާ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އުތުރުގައި އޮންނަ ކިރިޔާތު ޝްމޯނާ އިން 23،000 މީހުން ނެރުމުގެ މަސައްކަތް އެގައުމުގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ އިން ކޮށްފައިވާ ކަމަށާއި އަދި ޣައްޒާގެ ބޯޑަރު ކައިރި 14 އަވަށެއްގައި މިހާރުވެސް ދިރިއުޅެމުންދާ އެގައުމުގެ 11،000 ވުރެ ގިނަ ރައްޔިތުން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އެގައުމުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކަކީ ހަމާސްގެ އިންސްރާސްޓްރަކްޗާ ހަލާކުކޮށް، ހަމާސް ވުޖޫދުން ފޮހެލުމަށް ކުރަމުންދާ މަސައްކަތެކެވެ.

ނަމަވެސް އިސްރާއީލުން ހަމާސް ޖަމާއަތް ނައްތާލުމުގެ ނަމުގައި އެ ޝިއާރު ކުރިއަށް ނެރެ ހަމަލާތައް ދެމުންދަނީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ އިމާރާތްތަކަށާއި ހޮސްޕިޓަލްތައް ފަދަ ތަންތަނަށެވެ. އިސްރާއީލުގެ މި އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ ގިނަ އަދަދައްގެ އާންމު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ގިނަ އަދަދަކަށް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަން

    ދެން ތިމީހުންނަށް މައްކާއިން ގެ އަޅައިދޭން ސައުދީން ނިންމަންވީނުން. ބޮޑެތި މުނާފިގު ގައުމުތައް ގިނައީ.

    10
  2. ޙެ ހެ

    ޢެމީހުން އުފަން ގައުމަށްދޭބަލަ

    • މަސްނޫނު

      ޔަހޫދީން އުފަންގައުމެއް ދުނިޔެއަކު ނޯންނާނެ.
      އެބައިމީހުންނަކީ މާތްﷲ އަށް އުރެދި ބޮޑާވުމުގެ ސަބަބުން 40އަހަރުވަންދެން ގަންހިންގުވާފައި ވާބައެއް. އެއީ އެބައިމީހުުންގެ ކިބުރުވެރިކަމުގެ ސަބަބުން މާތްﷲއެބައިމީހުންނައް އިރާދަކުރެއްވިގޮތް. އެއީ އުޅޭނެގެދޮރެއް ދާނެރަށެއް
      ނެތިދެވޭނުދެވޭ ތަނެއް ޚުދްއެބައިމީހުންނައްވެސް ނޭންގޭ ގޮތުގަ ދޫކޮށްލެވިފަވާބައެއް.