ދިވެހިންގެ އެހީގައި ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ހަދިޔާ ކުރި ދެ އެމްބިއުލާންސަށް ގެއްލުމެއް ނުލިބި އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އިއްޔެ ހާމަކޮށްފިއެވެ.

އައިއޭސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ 2021 ވަނަ އަހަރު ރާއްޖެ އިން ޣައްޒާ އަށް ފޯރުކޮށްދިން ދެ އެމްބިއުލާންސް މިއަދު ވެސް ޣައްޒާގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެގޮތުން ހަނގުރާމައިގައި ޒަހަމްވެފައިވާ މީހުންނާއި ޝަހީދުވެފައި ތިބި މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމުގައި ދެ އެމްބިއުލާންސް ބޭނުން ކުރަމުންދާ ކަމަށް އައިއޭސީން ބުނެފައިވެއެވެ.

ދިވެހިންގެ ފަރާތުން ޣައްޒާއަށް ފޯރުކޮށްދީފައިވާ އެހީގެ ބޭނުން މިއަދު ފުރިހަމަ ގޮތުގައި ހިފެމުންދާތީ އައިއޭސީންވަނީ އެކަމާ އުފާކުރާ ކަމަށް ބުނެފައެވެ.

ޔަހޫދީންގެ ނިިރުބަވެރި ހަމަލާތަކުން މުޅި ޣައްޒާ ނެތި ފަނާކުރަމުންދާއިރު މުސްލިމު ގިނަ ގައުމުތަކުން ދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ނަމަވެސް ބައެއް ގައުމުތަކުން އިސްރާއީލްގެ ނިރުބަވެރިންނަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުންދާކަން ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގައި ގަތުލު އާންމު ހިންގަމުންދިޔަ ނަމަވެސް ބިރެއް ނެތި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށާއި ފަހަތަށް ނުޖެހި މުސްލިމުންނަށް ކާމިޔާބު ލިބެންދެން ހިތްވަރާއެކު ފަލަސްތީނަށް އެހީތެރިވަމުން ގެންދާނެ ކަމަށް ދަނީ ބުނަމުންނެވެ.

އިސްރާއީލުން ވަނީ ރޭގެ ވަގުތެއްގައި ޣައްޒާގެ އުތުރުން ކަރަންޓު ކަނޑާލާ މުއާސަލާތީ ޚިދުމަތްތައްވެސް މެދުކަނދާލާފައެވެ. އަދި ހަމަލާތައް ވަރުގަދަކޮށް ޣައްޒާއަށް އަރައިގަންނަން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ޔަހޫދީންނަށް ކާމިޔާބު ނުކުރެވުނެވެ. އިސްރާއީލާއި ހަމާސްގެ ހަނގުރާމަ ފެށުނުފަހުން އެންމެ ވަރުގަދަ ހަމަލާތައް ޣައްޒާއަށް ދީފައިވަނީ ރޭގައެވެ.

ރޭގެ ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު ސާފުނުވި އިރު މިހާތަނަށް 7300 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޒަޚަމްވެފައިވާ މީހުންގެ އަދަދު މިހާރު 18،000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހި ފަރުދެއް

    އުފާކުރަން!
    އަލްޙަމްދުލިﷲ!
    ދިވެހިން ފަލަސްޠީނު ރައްޔިތުންނާއެކީ ވާކަން އަބަދުވެސް ދައްކަމުންދޭ. އެމީހުންގެ ޙައްޤުގައި ބަސްބުނަމުންދޭ. މިއީ މުސްލިމެއްގެ ހައިޞިއްޔަތުންނާއި އަދި ދިވެއްސެއްގެ ހައިޞިއްޔަތުން ވަރަށް އުފާވާކަމެއް!

    23
    0
  2. އަބްދުﷲ

    ހަސަން ކުރުސީ ކަލޭ ބަނޑު ހަނދާންކޮއްބަލަ.....

  3. ޒިމް

    މިސްރު އަކީ ދިވެހިރާއްޖެ ނަމަ މިހާރު ރައްޔިތުންވެސް ތިބޭނީ އަޤްސާގެ ދިފާއުގައި ހަނގުރާމައަށްނުކުމެ ޙަޤީޤަތުގައިވެސް ދިވެހިންގެ ހިތްތަކުގައި ފަލަސްތީނާއިމެދު އޮންނަނީ ހިތާހިތުގެ ގުޅުމެއް މިހާރުވެސް ފަލަސްތީނުގެ ހާލުގައިޖެހިފައިތިބި މީހުންނަށް ރާއްޖެއިން ރަށެއްދޭން ރައްޔިތުންގެ ވޯޓަކަށް އެހިޔަސް 99 ޕަސެންޓްލިބޭނެ

  4. ހާމިދު ޝާހިދު

    ހަސަން ކޫރުސީ ވަރަށް ބޮޑަށް ފާޑު ކިޔަމުން ދަނީ ތިކަމާ! ހަގީގަތުގައި ދިވެހިން ދޭ ފައިސާއަށް ހަދާގޮތެއް، ވާގޮތެއް އެނަޖެހޭ ރަނގަޅަށް އިނގެން. ގަބޫލު ކުރަން ލޮޖިސްޓިކަލް ކަންކަމަށް ގިނަ ހަރަދު ތަކެއް ކުރަންޖެހޭނެ ކަމަށްވެސް. އެކަމަކުވެސް ހިސާބުތައް ބަރާބަރަށް އަހަރުން އަހަރަށް ސާފުވާންޖެހޭ. އަދި އާ ސަރުކާރުން ޤާނޫނެއް ތައާރަފް ކުރަންޖެހޭ، ދިވެހިން އަތުން އެެއްވެސް ރިލީފް ހަރަކާތަކަށް ފައިސާ ނުވަތަ ތަކެތި އެއްވެސް ބަޔަކު އެއްކުރާނަމަ، ސަރުކާރުގެ ހުއްދަލިބިގެން އޮންނަ އުސޫލުތަކެއްގެ ތެރެއިން އެކަން ކުރުމަށް.