އެމެރިކާގެ ރައީސް ޖޯ ބައިޑަން އަންނަ މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ބައްދަލުވުމަކީ ޗައިނާގެ ރައީސް ވައިޓް ހައުސްއަށް ކުރައްވާ ދަތުރުފުޅަށްފަހު ބާއްވާ ބައްދަލުކުރެއްވުމެކެވެ. ދެ ބޭފުޅުން ބައްދަލު ކުރައްވާނީ އަންނަ ނޮވެމްބަރު މަހު ސެން ފްރެންސިސްކޯގައި ބާއްވާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ އާއި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން އާ ދެމެދު ބޭއްވެވި ބައްދަލުވުމުގެ ރީޑްއައުޓެއްގައި ބުނެފައިވަނީ ދެ ފަރާތުން ގުޅިގެން ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރު ބާލީގައި ބޭއްވި ޖީ-20 ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ފަހުން ޝީ އާއި ބައިޑަން ބައްދަލުކުރައްވާފައެއް ނުވެއެވެ.

ވަންގް އާއި ސުލިވާންގެ މަޝްވަރާތަކަކީ ވޮޝިންޓަން ޑީސީއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ބައިޑަންގެ އިތުރުން ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ފަދަ އެމެރިކާގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވި މަޝްވަރާތަކެކެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ "ޒިންހުއ"ާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާއިން މަސައްކަތް ކުރަމުން ދަނީ "ދެގައުމުގެ މެދުގައި އޮންނަ އިހުތިރާމާއި ސުލްހަވެރި އެކުވެރިކަމާއި ވިން-ވިން ކޯޕަރޭޝަން" ގެ ތިން އުސޫލަކުން އެމެރިކާއާ އެކު އޮންނަ ގުޅުން ރަނގަޅުކޮށް ހަމައަކަށް އެޅުވުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދެން ކޮންމެސް އެހެން އިސްލާމު ގައުމެއް ނެތިކޮއްލާނެ މޮޅު ގޮތެއް ރާވަނީ.