އިސްރާއީލްގެ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދިން ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިސްރާއީލުން މި ފަހުން ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެފައިވާ ކަން އަލް-ޖަޒީރާ އިން ވެސް ކަށަވަރުކޮށްދެއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެ އަދަދުތައް ހާހަކަށް ވެސް އަރާފާނެއެވެ.

ފޯނާއި އިންޓަނެޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން އެއްވެސް މީޑިއާއަކުން ޝަހީދުވި މީހުންގެ އަދަދާއި ޒަހަމްވި މީހުންގެ ޖުމްލަ އަދަދެއް ނުގެނެސްދެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން އެކަމާ ގުޅޭ މައުލޫމާތު އެންމެ ފަހުން ދިނީ އިއްޔެ ހަވީރެވެ. ހެލްތު މިނިސްޓްރީން ބުނާ ގޮތުން ނަމަ، އިސްރާއީލްގެ ހަމަލާތަކުގައި އޭރު ޝަހީދުވެފައިވާ މީހުންގެ އަދަދު 7،326 އަށް އަރާނެއެވެ.

އަލް-ޖަޒީރާގެ ނޫސްވެރިއަކު ބުނި ގޮތުގައި މިހާތަނަށް އައިއިރު ޣައްޒާގެ ގޮނޑުދޮށް ކައިރިން އެކަނި ވެސް 42 މީހެއްގެ ހަށިގަނޑު ވަނީ ދެނެގަނެވިފައެވެ. އަދި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް-ޝިފާ ހޮސްޕިޓަލް ކައިރި އަށް ބޮން އެޅުމުން ވެސް ގިނަ ބަޔަކު ޝަހީދުވެފައިވާ ކަމަށް އެ ނޫސްވެރިޔާ ބުންޏެވެ.

އިސްރާއީލުން ވައިގެ މަގުން ހަމަލާތައް ދިނުން ވަރަށް ބޮޑަށް އިތުރު ކުރީ ރޭގަނޑު އަނދިރިވި ފަހުންނެވެ. ހަމަލާތައް ދޭން ފެށުމުގެ ކުރިން އިސްރާއީލުން ވަނީ ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ މުއާސަލާތީ ހިދުމަތްތައް މެދުކަނޑާލައިފައެވެ. އެހެންވެ، އެކަކު އަނެކަކާ ފޯނުން މުއާމަލާތް ކުރުމުގައި ދަތިތަކާ ކުރިމަތިވިއެވެ. ޒަހަމްވެފައިވާ މީހުން އެމްބިއުލާންސްތަކުގައި ހޮސްޕިޓަލާ ހަމައަށް ގެނައުމުގައި ވެސް ވަރަށް ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހުނެވެ.

ހަނގުރާމަ ފެށުނު ފަހުން އެންމެ ބޮޑު ލޭ އޮހޮރުވުމެއް ޣައްޒާގައި ހިންގީ ރޭގައެވެ. އިސްރާއީލް ނިރުބަވެރިން ރޭ ޣައްޒާއަށް ދިން ވައިގެ ހަމަލާގައި 100 އާ ގާތް ކުރާ އަދަދެއްގެ އަސްކަރީ ޖެޓް ބޭނުންކޮށްފައިވާއިރު ހުއްޓުމެއް ނެތި، އިސްރާއީލުން ދިޔައީ ޣައްޒާ އަށް ބޮން އަޅަމުންނެވެ.

ޣައްޒާގައި ތިބި އަލްޖަޒީރާގެ މުވައްޒަފުންނަށް ސެޓެލައިޓް މެދުވެރިކޮށް ދޭތެރެ ދޭތެރެއިން ޣައްޒާގެ ހާލަތު އެނގުނު ނަމަވެސް ބޮން ގޮއްވާލާފައިވާ އެންކްލޭވްގައި މުވާސަލާތުގެ ހިދުމަތް ގާތްގަނޑަކަށް މުޅިން ކެނޑި، ސީދާ މުއާސަލާތު ކުރުމަށް ގިނަ ފަހަރަށް ހުރަސް އެޅެއެވެ. މި ހުރިހާ ކަމެއް ފެށިގެން އައީ ހުކުރު ދުވަހު އިސްރާއީލް ނިރުބަވެރިންގެ ތަރުޖަމާނު އަލް ޝިފާ ހޮސްޕިޓަލަކީ ހަމާސްގެ ލީޑަޝިޕްގެ މައިގަނޑު މަރުކަޒު ކަމަށް ބުނި ފަހުންނެވެ.

ހަމާސްއިން މިކަން ދޮގުކުރި ނަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން ޣައްޒާއަށް ވަނީ ކަރަންޓާއި މުވާސަލާތީ ހިދުމަތް ކަނޑާލައި، ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވެފައެވެ. މިހަމަލާގައި އެ ސަރަޙައްދުތަކުން އެތައް ސަތޭކަ ބަޔަކު ޝަހީދުވެ، އެމަޖެންސީ ސާވިސްތަކަށް އެހީތެރިވުމަށް ވަގުތުން އެތަންތަނަށް ނުދެވުނު ކަމުގެ ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގެ ދެކުނުގައި ތިބި އާއިލާތަކަށް ވެސް ވަނީ އުތުރުގައި ތިބި ގާތްތިމާގެ މީހުންނާ ގުޅޭ ގޮތެއް ނުވެފައެވެ.

އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ބުނީ އެގައުމުގެ ސިފައިން އަދިވެސް ޣައްޒާގައި ތިބި ކަމަށާއި ހަނގުރާމަ ކުރިއަށްދާ ކަމަށެވެ. މިހާތަނަށް އެއްވެސް ސިފައިންގެ މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް ޔަހޫދީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގަޓުގަޓު

    މިހާރު މިހާރު ތިދަނީ މާ މައްޗަށް މަށަށް އަތަށް ހެޔޮވަރު ތޫނު ދެކޯރާޑި ދީފަނަމަވެސް މިޔަހޫދީ ބައިގަނޑު ތެރެއަށް ފޮނުވަދީބަލަ، ކޮށާ އާޅާލާނަން

    25
    • އަލީ

      މަވެސްދާނަން

  2. ޢަނިލް

    މިރާއްޖޭގަ އުޅޭ އިޒުރޭލުން މަރަން ހިނގާ މުސްލިމުންގެ ލޭގެ ބަދަލު ހައްގު

  3. ޖެހޭނެއޭ

    ބޮން އެޅުން ނުުހުއްޓާ އެއެއްގަމު މަގުން އެމެރިކާ އާއި އިޒްރޭލުން ފަލަސްތީނަށް ހަމަލާދިނަސް މައްސަލަ އެއް ނެތްތާ މިގައުމަކީ ވެސް ސައްތަ އިން ސައްތަ މުސްލިމް ގަައުމަކަށްވާއިރު މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު ވެސް ފަށަނީ އެމެރިކާ އާއި އިނގިރޭސިންނާއި އިންޑިއާ ގެ ބޮޑުން އަދި ކިއެއްތަ އިންޑިއާގެ ބޮޑުވަޒީރު ވެސް ގެނެސްގެން ވިއްޔާ ނޫސްވެރިންނަށް މިތަން ދުރާލާ ނުފެނުން އެއީ މަމެން އެންމެ ހިތާމަ ކުރާ ކަމަކީ ނޫސްވެރިން ވެސް އެބަޖެހޭ މިކަމުގައި ތެދުވާން އެބަޖެހޭ އަދި އިޒްރޭލު ޚަބަރު ގެނެސްދިނުމުން އެވަރުން ނުފުދެއޭ ދިވެހިންނަކީ އުނގުން ވިސްނާ މީހުންނޭ ޚާއްސަ ކޮށް ސަރުކާރުގެ ބޮޑުންނަކީ އުނގުން ވިސްނާ މީހުން ކަން ނޫސްވެރިން ވެސް ދަންނަން ޖެހޭނެއޭ...