ނިރުބަވެރި އިސްރާއީލުގެ އަވަށްތަކަށް ރޮކެޓް ހަމަލާތަކެއް އަމާޒުވަމުންދާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ

އިސްރާއީލްގެ ދިފާއީ ބާރުތަކުން ބުނީ ލުބުނާނުން މޯޓާ އާއި އެންޓި ޓޭންކް ގައިޑެޑް މިސައިލްތައް ބޯޑަރު ސަރަހައްދުގައި ހުންނަ އަސްކަރީ މަރުކަޒުތަކަށާއި އިސްރާއީލްގެ އަވަށްތަކަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރޮކެޓް ސައިރެންގެ އެލާޓް އައިސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނީ އަޝްކެލޮން އާއި ބީރްޝަބާގައިވެސް ރޮކެޓް ސައިރެންގެ އަޑު ވަރަށް ބޮޑަށް ގަދަވެފައިވާ ކަމަށެވެ. އަދި ޣައްޒާގެ ބޯޑަރު ކޮމިއުނިޓީ ކަމަށްވާ ކިސުފީމްގައި ރޮކެޓް އެލާޓް ސައިރަންގެ އަޑު އިވެމުންދާ ކަމަށް އިސްރާއިލުގެ މީޑިއާތަކުން ބުނެފައިވެއެވެ.

އެ އަވަށުގެ މީހުން މިހާރު ވަނީ ވަރަށް ބޮޑަށް ހުސްކޮށްފައެވެ. އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

އޭގެ އިތުރުން. ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ މިސްގަވް އަމް އާއި މާގަލިއޯޓްގެ އަޕަރ ގަލީލް ކޮމިއުނިޓީތަކުގައި ރޮކެޓް ސައިރަންތަކުގެ އަޑު ގަދަވަމުންދާކަމަށްވެސް ބުނެފައި ވެއެވެ.

މި އެލާޓްތައް ނެރެފައި މިވަނީ ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން އިސްރާއީލުގެ އުތުރުގެ އައިޑީއެފް ގެ މަރުކަޒުތަކަށާއި އަވަށްތަކަށް ތަކުރާރުކޮށް ހަމަލާތައް ދެމުން އަންނަ ދަނޑިވަޅެއްގައި ކަމަށްވެސް އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ ތެރެއިން ބައެއް ހަމަލާތައް އަވަށްތަކަށް ވަނީ އަމާޒުވެފައެވެ.

މިގޮތުން ދެކުނުގެ ސިޓީއެއް ކަމަށްވާ ބީރްޝެބާގެ ގެއަކަށް ރޮކެޓެއް އަމަޒުވެ ގެއްލުންތަކެއް ލިބިފައި ވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނީ ލުބުނާނުގެ އުތުރުގެ މުޖުތަމައުގެ ހަނީތާ ކައިރީގައި އޮންނަ ސަރަހައްދަކަށް އެންޓި ޓޭންކް ގައިޑެޑް މިސައިލް ހަމަލާއެއް ދޭން ތައްޔާރުވަމުން އަންނަ ލުބުނާނުގެ ދެކުނުގެ ސެލްއަކަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮއިކޮޓްކުރޭ

    އިޒްރޭލު އައުޓް އެމެރިކާ ޑައުން އެމެން މުއިއްޒު ހުވާ ކުރާ ޖަލްސާ އިން ބޮއިކޮޓްކުރޭ އެމެރިކާ ބޮއިކޮޓްކުރޭ މުއިއްޒު ހުވާކުރާ ޖަލްސާ އިން ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ ބޮއިކޮޓްކުރޭ

  2. ވަގުތު

    އަދިވެސް އެއްް ފަހަރު ދަންނަވާލަން އިޒުރޭލަކީ ގައުމެއް ނޫން