00:03

ދާދި ފަހުން ވަކީލުކަން ކިޔަވައި ނިމުނު ފަލަސްތީނުގެ ޒުވާނަކު ނިރުބަވެރި އިސްރާއީލުން ޝަހީދު ކޮށްލައިފި.

އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ ވަކީލް

00:01

ހަމާސް އަކަށް ދުވަހަކު ވެސް ޣައްޒާގެ ވެރިކަމަށް ނާދެވޭނެ ކަމަށް އެމެރިކާއިން ބުނެފި.

00:00

ހާލުގައި ޖެހިފައި ތިބި ޣައްޒާގެ ރައްޔިތުންނަށް އެހީ ފޮރުކޮށްދިނުމަށް ޣައްޒާއަށް އިތުރު 50 ޓްރަކެއް ވަދެފައިވާ ކަމަށް ރެޑް ކްރެސެންޓުން ބުނެފި.

00:00

އިސްރާއީލުގެ އަސްކަރިއްޔާއިން އެއްގަމު މަގުން ޣައްޒާގެ އުތުރުގެ ސަރަހައްދަށް ވަދެ ހަމާސްގެ ކުރީ ސަފުގެ މީހުން ޝަހީދު ކޮށްލައިފި.

23:58

ޖަރުމަނު ވިލާތުގެ ޗާންސެލާ، އޮލަފް ޝޯލްޒް ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ޣައްޒާގައި ދިރިއުޅޭ އާންމުންގެ ހިމާޔަތާއި އިންސާނީ އެހީތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެއްޖެ.

23:55

ޣައްޒާއިން ދެން މުއާސަލާތީ ހިދުމަތް ކަނޑާލައިގެން ނުވާނެ ކަމަށް ބުނެ އެމެރިކާއިން އިސްރާއީލަށް އިންޒާރެއް ދީފި.

ޣައްޒާއިން ދެން މުއާސަލާތީ ހިދުމަތް ކަނޑާލައިގެން ނުވާނެ- އެމެރިކާ

23:35

ޣައްޒާ ދޫކޮށްދާން އެމެރިކާގެ 400 އަށްވުރެ ގިނަ ރައްޔިތުން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް އެގައުމުން ބުނެފި.

23:35

ފަލަސްތީނުގެ ރައްޔިތުންގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަށް ނިރުބަވެރި އިސްރާއީލުގެ ސިފައިން ބުނެފި

ހަމާސްގެ ކޮމާންޑަރަކު ޝަހީދު ކޮށްލައިފިން- ނިރުބަވެރިން

22:14

ފޮޓޯގައި ފެންނަ އިސްރާއީލްގެ ހުރިހާ ސިފައިން ވަނީ މަރާލާފައި. އެމީހުންނަކީ ޣައްޒާ އަށް ވަދެގަތް ޔުނިޓެއްގައި ހިމެނޭ ސިފައިން.

22:13

ޣައްޒާގައި ތިބި އެމެރިކާގެ ރައްޔިތުން މިއަދު ރަފާހް ބޯޑަރު ހުރަސްކޮށް މިސްރަށް ދާނެ ކަމަށް އުންމީދު ކުރާ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވި ގޮތުގައި 400 ވަރަކަށް އެމެރިކާ ރައްޔިތުންނާ އެމީހުންގެ އާއިލާތައް ޣައްޒާގައި އެބަތިބި.

22:09

ޣައްޒާ އިން މިރޭ ޒަހަމްވި ބަޔަކު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންނަނީ.
ޣައްޒާ އިން މިރޭ ޒަހަމްވި ބަޔަކު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންނަނީ.
ޣައްޒާ އިން މިރޭ ޒަހަމްވި ބަޔަކު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންނަނީ.
ޣައްޒާ އިން މިރޭ ޒަހަމްވި ބަޔަކު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންނަނީ.

21:53

ޣައްޒާ އަށް ވަތް އިތުރު ސިފައިންގެ މީހަކު މަރާލައިފި. މިފަހަރު މަރާލާފައި ވަނީ ސާޖަންޓް ފަސް ކްލާސް ރޭންކްގެ އުމުރުން 22 އަހަރުގެ ފިރިހެނެއް. ޣައްޒާ އަށް ވަދެ ކުރަމުންދާ ހަނގުރާމައިގައި މަރާލި އިސްރާއީލް ސިފައިންގެ އަދަދު މިހާރު ވަނީ 16 އަށް އަރާފައި.

މަރާލި ސިފައިންގެ މީހާ. އިސްރާއީލުން ވަނީ އެ މީހާގެ ފޮޓޯ އާންމުކޮށްފައި.

21:03

ޝިފާ ހޮސްޕިޓަލް ކައިރީގައި ހުރި ބޭކަރީއަކަށް އިސްރާއީލުން ބޮން އަޅައިފި.

20:42

ބެއިތު ހަނޫންގައި އޮތް ދުޝްމަނުންގެ ދެ ވެހިކަލަކަށް އަމާޒުކޮށް ހަމާސް އިން ވަރުގަދަ ހަމަލާއެއްދީ، ދެ ވެހިކަލް ވެސް ސުންނާފަތިކޮށްލައިފި. އެމީހުން ހަމަލާ ދިނީ އަލް ޔާސީން 105 ރޮކެޓުން. މިއީ ހަމާސް އިން އަމިއްލަ އަށް އުފައްދާފައިވާ މެރްކާވާ ޓޭންކްގެ ދަހަނާ ފޫ އަޅުވާލުމުގެ ގާބިލްކަން ލިބިފައިވާ ރޮކެޓްތަކެއް.

19:01

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިން ބަޑި ޖަހައި 4 މީހަކު ޝަހީދުކޮށްލައިފި. މިހާތަނަށް އައިއިރު ފަލަސްތީނުގެ ހުޅަނގު އައްސޭރީން ޝަހީދުވި މީހުންގެ އަދަދު 120 އަށް އަރާ.

18:25

އެރޭޒް ސަރަހައްދުން ދުޝްމަނުންގެ ތިން ސިފައިންނަށް އަމާޒުކޮށް ހަމާސް އިން ސަޕްރައިޒް ހަމަލާއެއް ދީފި.

18:25

ޣައްޒާގެ ދެކުނުން ވަދެގެންނަން މަސައްކަތް ކުރާ ޔަހޫދީންނަށް އަމާޒުކޮށް މިހާރު ވެސް ހަމާސް އިން ހަމަލާތައްދޭ.

17:34

އިސްރާއީލުން ހިފާފައިވާ ސަރަހައްދަކަށް ހަމާސް އިން ދެންމެ ވެސް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި.

17:33

ހަނގުރާމައިގެ މައިދާނުގައި ހުރި ހަމާސްގެ ކޮމާންޑަރަކު އަލް-ޖަޒީރާ އަށް ބުނީ އިސްރާއީލްގެ ޓޭންކުތައް ކުރި ހޯދުމުގައި ނުކުޅެދިފައިވާ ކަމަށް. އިސްރާއީލުން ވަންނަން މަސައްކަތް ކުރާ ކޮންމެ ދިމާލަކަށް ހެން މުޖާހިދުން ހަމަލާތައް ދެމުންދާ ކަމަށް އެ ކޮމާންޑަރު ބުނި. އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުގައި ހަމަލާތައް ބަދަލު ކުރާ އިރު، ދުޝްމަނުންގެ ވެހިކަލްތައް ހަލާކުކޮށްލަމުންދާ ކަމަށް ވެސް އޭނާ ބުނި.

ހަމާސްގެ ކޮމާންޑަރު ބުނި ގޮތުގައި އިސްރާއީލުން އާންމުކޮށްފައިވާ އަދަދަށް ވުރެ އިތުރު ސިފައިން ވަނީ މަރާލާފައި. އިސްރާއީލުން މިހާތަނަށް ބުނެފައިވަނީ ޣައްޒާ އަށް ވަތް އިސްރާއީލް ސިފައިންގެ ތެރެއިން 13 މީހުން މަރާލާފައިވާ ކަމަށް.

17:28

މިއަދު ހެނދުނު ޣައްޒާ އަށް އިންޓަނެޓާއި މުއާސަލާތީ ހިދުމަތްތައް މެދުކެނޑުމަށް ފަހު، އަނެއްކާ ވެސް އެ ސަރަހައްދަށް މުއާސަލާތީ ހިދުމަތްތައް ލިބެމުންދާ ކަމަށްވޭ.

17:28

ޔަހޫދީންގެ ހަމަލާއެއްގައި ޖަބަލިއާ އިން އަނިޔާވި ކުއްޖަކު ސަލާމަތްކޮށްގެން މިއަދު ހޮސްޕިޓަލަށް ގެންދަނީ.
ޖަބަލިއާ ސަރަހައްދަށް އިސްރާއީލުން ބޮން އަޅާފައި.

17:22

ތެޔޮ ހުސްވުމުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ހުންނަ ޓާކިޝް ފްރެންޑްޝިޕް ހޮސްޕިޓަލްގެ ހިދުމަތްތައް ހުއްޓުމަކަށް އަތުވެއްޖެ.

17:14

ހަމާސް އިން އިސްރާއީލްގެ އަސްކަރީ ބޭސްއަކަށް ބޮމުގެ ހަމަލާތަކެއް ފޮނުވާލައިފި.

17:13

ހަމާސްގެ މުޖާހިދުން މިހާރު ދަނީ އަލް-ކަރަމާ ސަރަހައްދުގައި ދުޝްމަނުންނާ ކުރިމަތިލަމުން. ދުޝްމަނުންގެ ތެރެއިން ބަޔަކު މަރާލައި، އިތުރު ސިފައިން ޒަހަމްކޮށްލާފައިވާނެ ކަމަށް ހަމާސް އިން ބުނޭ.

17:11

ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައި ހަނގުރާމަ ކުރަން ފެށުމުން އޭގެ ހިތި "ރަހަ" ލިބެން ފަށާފައިވާ ކަމަށް ޔަހޫދީން އެއްބަސްވެއްޖެ.

17:03

ލުބުނާންގެ ދެކުނުގެ އަވަށެއްގައި ހުރި ގެއަކަށް އިސްރާއީލުން ބޮން އަޅައިފި.

17:02

ސަރައްހަދީ ކޮންފަެންސެއް ބޭއްވުމަށް ތުރުކީ އާއި އީރާނުން ގޮވާލައިފި. ތުރުކީން ބުނަނީ ޣައްޒާގައި ހިނގަމުން އަންނަ އުދުވާނާ ގުޅިގެން މުޅި މެދުއިރުމަތީގައި ހަނގުރާމައެއް ފެށެން ބޭނުން ނުވާ ކަމަށް.

16:44

ޖަބަލިއާ ސަރަހައްދަށް އިސްރާއީލުން ބޮން އަޅާފައި.
ޖަބަލިއާ ސަރަހައްދަށް އިސްރާއީލުން ބޮން އަޅާފައި.
ޖަބަލިއާ ސަރަހައްދަށް އިސްރާއީލުން ބޮން އަޅާފައި.
ޖަބަލިއާ ސަރަހައްދަށް އިސްރާއީލުން ބޮން އަޅާފައި.

16:34

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ އުޅުނު އިސްރާއީލްގެ އިތުރު ނިރުބަވެރިއަކު މަރާލައިފި.

16:20

ހެލްތު މިނިސްޓްރީގެ ތަރުޖަމާނު: ތުރުކިޔޭގެ ބޮޑުވަޒީރު ތޮއްޔިބް އުރުދުޣާން އަދި ލީޑަޝިޕަށް ގޮވާލަނީ ޓާކިޝް ފްރެންޑްޝިޕް ހޮސްޕިޓަލަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް. ސިއްހީ ހިދުމަތްތައް ދިނުމަށް ކޮންމެހެން ވެސް ތެޔޮ ވަނީ ބޭނުންވެފައި. މިއީ ޣައްޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލް.

16:13

ބެއިތު ހަނޫން ސަރަހައްދުން ހަމާސްގެ މުޖާހިދުން "ސަޕްރައިޒް" ހަމަލާތަކެއް ދީފި. ރިޕޯޓުތައް ބުނާ ގޮތުގައި ހަމާސް އިން ވަނީ އެކިއެކި ހަތިޔާރުތައް ބޭނުންކޮށްގެން ދުޝްމަނުންނަށް ހަމަލާދީފައި.

16:07

ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އަނެއްކާ ވެސް ބޮމުގެ ހަމަލާތަކެއްދީ އެތައް ބަޔަކު ޝަހީދުކޮށްލައިފި.

15:14

ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އާންމުންގެ އަމާޒުތަކަށް ހަމަލާދީފި

14:48

ޣައްޒާގައި ހުންނަ އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ޑިރެކްޓަރު ވިދާޅުވީ އެ ކޮމްޕްލެކްސްގެ މައި ކަރަންޓް ޖަނަރޭޓަރު ހުއްޓިއްޖެ ނަމަ ގަޑިއިރުތަކެއްގެ ތެރޭގައި ގިނަބަޔަކު މަރުގެ ތުންފަތް މައްޗަށް ހުށަހެޅިގެންދާނެ ކަމަށް

 

14:43

ރަފާހް ބޯޑަރުން ބަލި މީހުންނާއެކު އެމްބިއުލާންސް ދަތުރު ކުރަނީ
ރަފާހް ބޯޑަރުން ބަލި މީހުންނާއެކު އެމްބިއުލާންސް ދަތުރު ކުރަނީ
ރަފާހް ބޯޑަރުން ބަލި މީހުންނާއެކު އެމްބިއުލާންސް ދަތުރު ކުރަނީ

14:39

ޣައްޒާގައި އިންޓަނެޓާއި ޓެލެކޮމިއުނިކޭޝަން އަލުން އިއާދަކޮށްފި

14:38

ޣައްޒާ ސިޓީގެ ދެކުނުމުގައި ޣައްޒާގެ ހަނގުރާމަވެރިންނާއި ޔަހޫދީ ނިރުބަވެރި ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށް ރިޕޯޓްތައް ބުނޭ.

14:29

ޣައްޒާއިން ދިން ވަރުގަދަ ރޮކެޓް ހަމަލާތަކުގެ ސަބަބުން އަޝްދޯދުގައި ގާތްގަނޑަކަށް 20 ވަރަކަށް ބޮން ގޮއްވާލާފައިވާ ަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

14:28

ބެއިޓް ހަނޫންގެ އިސްރާއީލްގެ ފޯސްއަކަށް މިސައިލް ހަމަލާއެއް ދީފި

14:27

ޖަބާލިއާގައި ހިނގި ހަމަނުޖެހުންތަކުގައި ބަންދުގައި ތިބި 7 މީހަކު މަރުވެފައިވާކަން އަލްޤާސަމް ބްރިގޭޑުން އިއުލާނުކޮށްފި

14:25

ޣައްޒާއަށް ބޮމެއް ވައްޓާލާ ކޮންމެ ފަހަރަކު އިސްރާއީލުން އުފާފާޅު ކުރާ މަންޒަރު

13:35

"ކޮންމެވެސް މިންވަރަކަށް ތެޔޮ ހުރި ކޮންމެ މީހަކު ވެސް އަލް ޝިފާ ކޮމްޕްލެކްސް އަށާއި އިންޑޮނޭޝިއާ ހޮސްޕިޓަލަށް ސަޕްލައި ކުރުމަށް" ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ގޮވާލައިފި.

13:33

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލު ކައިރީގައި އިސްރާއީލުގެ ނިރުބަވެރި ސިފައިން ބޮން އަޅަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

13:14

ޔަހޫދީ އިސްރާއީލްގެ ނިރުބަވެރި ސިފައިންގެ އުޅަނދުތައް - ފޮޓޯ: ރޮައިޓާސް
ޔަހޫދީ އިސްރާއީލްގެ ނިރުބަވެރި ސިފައިންގެ އުޅަނދުތައް - ފޮޓޯ: ރޮައިޓާސް
ޔަހޫދީ އިސްރާއީލްގެ ނިރުބަވެރި ސިފައިންގެ އުޅަނދުތައް - ފޮޓޯ: ރޮައިޓާސް

13:12

މީހުން ޣައްޒާ ބޯޑަރު ހުރަސްކޮށް ދަތުރު ކުރަނީ - ފޮޓޯ: އޭޕީ
މީހުން ޣައްޒާ ބޯޑަރު ހުރަސްކޮށް ދަތުރު ކުރަނީ - ފޮޓޯ: އޭޕީ
މީހުން ޣައްޒާ ބޯޑަރު ހުރަސްކޮށް ދަތުރު ކުރަނީ - ފޮޓޯ: އޭޕީ

13:11

އޮކްޓޯބަރު ހަތް ވަނަ ދުވަހު ނިރުބަވެރި އިސްރާއީލާއި ފަލަސްތީނުގެ ޣައްޒާއާ ދެމެދު ހަނގުރާމަ ފެށުނު ފަަހުން ފުރަތަމަ ފަހަރަށް މިސްރާއި ޣައްޒާ ގުޅުނު ބޯޑަރު ހުޅުވާލައިފި

12:47

އަލް ޝިފާ ހޮސްޕިޓަލް ކޮމްޕްލެކްސް ކައިރީގައި މަތިންދާބޯޓުތައް ހަމަލާދެމުންދާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފި.

12:46

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލު ސިފައިންގެ 300 އަށްވުރެ ގިނަ މީހުން މަރާލައިފި

12:46

ޔަމަނުން ދިން ހަމަލާތަކާ ގުޅިގެން ދިފާއީ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އައިޑީއެފްގެ މިސައިލް ހަނގުރާމަމަތީ އުޅަނދެއް އަންގާރަ ދުވަހު ރަތް ކަނޑުގެ ސަރަހައްދަށް އަތުވެއްޖެ

12:45

ޣައްޒާގައި އަދިވެސް އިންޓަނެޓާއި ފޯނުގެ ހިދުމަތް ނެތް ކަމަށް މައުލޫމާތު ލިބޭ.

12:26

ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް ބިން ދޭން ގދ. ވާދުން ހުށަހަޅަން ނިންމައިފި.

11:52

ޣައްޒާގެ އެއްގަމު އޮޕަރޭޝަންތައް ރޭގަނޑު ކުރިއަށް ދިޔަ ކަމަށާއި، ހަމާސްގެ އެތައް އަމާޒަކަށް ސިފައިން ހަމަލާދީފައިވާ ކަމަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފި

އައިޑީއެފް އިން ބުނީ ހަނގުރާމަ ފެށުނީއްސުރެ ހަމާސް ޖަމާއަތާއި އެހެނިހެން ޖަމާއަތްތަކަށް ނިސްބަތްވާ ގާތްގަނޑަކަށް 11،000 ސައިޓަށް ހަމަލާ ދީފައިވާ ކަމަށް.

11:50

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ބަންދުގައި ތިބި އިސްރާއީލުގައި ދިރިއުޅެމުންދިޔަ މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް އެމެރިކާގެ ކޮމާންޑޯއިން އިސްރާއީލަށް ގޮސްފި.

11:46

ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިސްރާއީލު ސިފައިން ޣައްޒާ ސިޓީގެ އިރުދެކުނުން އޮންނަ ޒައިތޫން އަވަށުގެ ދެކުނުން ވަރުގަދަ ކުރިމަތިލުންތަކެއް ހިންގަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

11:12

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލަށް ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލު ސިފައިން ގެންދަނީ ޖެނިން ހިމެނޭ ގޮތަށް ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ރޭގަނޑުގެ ވަގުތެއްގައި ހަމަލާތައް ދެމުން.

މިގޮތުން ޖެނިންގައި މިއަދު އެކަނި ދެ މީހަކު ވަނީ ޝަހީދުކޮށްލާފައި.

11:12

ނުސީރަތު ރެފިއުޖީ ކޭމްޕުގެ ބިމާހަަމަކޮށްލާފައިވާ ގެތަކުގެ ދަށުން މީހުން ހޯދަނީ

ފޮޓޯ: އޭޕީ
ފޮޓޯ: އޭޕީ
ފޮޓޯ: އޭޕީ

11:09

ޣައްޒާގެ ދެކުނުގެ ޚާން ޔުނިސްގެ ދެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ކުޑަކުދިން ހިމެނޭހެން ފަލަސްތީނުގެ އާންމުންގެ 12 މީހަކު ޝަހީދުވެއްޖެ.

11:05

ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް އއ. ހިމަންދޫން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

10:33

އިސްރާއީލު ސިފައިން ހަތިޔާރު އެޅި ވެހިކަލަކުން މަގެއް ބަންދުކުރަން ފަށައިފި.

އެ ޕޯސްޓުގައި ވާގޮތުން އިސްރާއީލު ސިފައިން ފަލަސްތީނުގެ ހަނގުރާމަވެރިންނާ ކުރިމަތިލާން ޖެހުނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ހުޅަނގު އުތުރުފަރާތުގެ ކަލްކިލިއާ ސިޓީގައި.

10:31

ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ލާއިންސާނީ ހަމަލާތަކެއް ދިނުން ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ކުށްވެރިކޮށްފި.

10:30

ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރީމް ރެފިއުޖީ ކޭމްޕްގެ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އިސްރާއީލު ސިފައިން ބަޑިޖަހާ ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 65 އަހަރުގެ މެގްޑީ ޒަކަރިއްޔާ ޔޫސުފް އަވާދު ޝަހީދުކޮށްލައިފި

09:56

ފަލަސްތީނުގެ ގައްޒާގެ ހުޅަގުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ހަމަލާ ދިނުން ރާއްޖެއިން ކުށްވެރި ކޮށްފި

09:51

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުންގެންދާ ހަމާސް ދެކޮޅަށް ޣައްޒާގެ އުތުރުގައި ނިރުބަވެރި އިސްރާއީލުން ހިންގި ކުރިމަތިލުންތަކުގައި އިތުރު ނުވަ ސިފައިން މަރުވިކަން އިސްރާއީލުގެ ދިފާއީ ބާރުތަކުން އިއުލާނުކޮށްފި

09:24

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ބޮލިވިއާ އިން އިސްރާއީލާ ސިޔާސީ ގުޅުން ކަނޑާލައިފި

09:13

ޣައްޒާގެ އުތުރުގައި ފްރާންސްގެ ދެ ކުއްޖަކު ޝަހީދުކޮށްލާފައިވާ ކަމަށާއި ފްރާންސްގެ ރަށްވެހިކަން ވެސް ލިބިފައިވާ އެ ކުދިންގެ މަންމައަށް އަނިޔާވެފައިވާ ކަމަށް ބުނެފި

09:12

ފާއިތުވި ހަފުތާތަކުގެ ތެރޭގައި އިސްރާއީލަށް ހަމަލާތައް ދިން ސަރަަހައްދުތަކައި ގައުމުތައް.

- ޣައްޒާ
- ހުޅަނގު އައްސޭރި
-ލެބަނަން
-ސީރިޔާ
-އީރާޤް
-ޔަމަން

09:10

އިންޓަނޭޝަނަލް ޕްރިމިއަމް ކޮލެޓީ ބްރޭންޑެއް ކަމަށްވާ "ޑީ އެންޑް ޕީ ޕާފިއުމަމް" ގެ ރާއްޖޭގެ އައުޓްލެޓްގެ ފަރާތުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ހާއްސަ ހަރަކާތެއް ކުރިއަށްގެންދަން ނިންމައިފި.

08:56

ފަލަސްތީނުގެ ޣައްޒާގައި ހުރިހާ މުވާސަލާތީ އަދި އިންޓަނެޓްގެ ހިދުމަތްތަކެއް ކަނޑާލާފައިވާ ކަމަށް ފަލަސްތީނުގެ ޓެލެކޮމް ކުންފުނިން ބުނެފި.

08:46

ޣައްޒާގެ ޚާން ޔޫނުސްގެ މީހުން ދިރިއުޅޭ ދެ އިމާރާތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވެ، 40 މީހުން ޒަޚަމްވެއްޖެ.

08:45

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުގެ ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން ވަދެ ދިން ހަމަލާއެއްގައި އެކަކު ޒަހަމްކޮށްލާފައިވާއިރު، އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ވަފާ އިން ބުނެފި.

08:42

އިސްރާއީލަށް 14 ބިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އެދިވަޑައިގަތުމުން އެމެރިކާގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން ކަންބޮޑުވުން ފާޅުކޮށްފި.

08:42

ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ އަލް އެއިޒާރިއާގައި މަތިން ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އަލްޖަޒީރާ އަރަބިކުން މީސް މީޑިއާގައި އާންމުކޮށްފި.

އެ ޕޯސްޓުގައި ވާގޮތުން ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލު ސިފައިންނާ ދެމެދު އެ އަވަށުގައި ކުރިމަތިލުންތައް ހިނގަން ފެށީ އަނެއްކާވެސް އެކި ސަރަހައްދުތަކުގައި ރެއިޑްކުރަމުން ދަނިކޮށް.

08:40

ކޮލަމްބިއާއިން އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަނބުރާ ފޮނުވާލައިފި.

"އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުުރުން ހުއްޓާނުލައިފިނަމަ އަޅުގަނޑުމެންނަކަށް އެތަނަކަށް ނުތިބެވޭނެ،" އެ ގައުމުގެ ވާތު ފިޔައިގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވި.

08:38

އޮސްޓްރޭލިއާއިން އިސްރާއީލަށް ދެމުން ގެންދާ އަސްކަރީ ތާއީދު ހުއްޓާލުމަށް ގޮވާލައި އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސްގެ އޮފީހަށް އެތައް ބަޔަކު އެއްވެއްޖެ.

08:37

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ޝަހީދު މީހުން ގޮވައިގެން އަސްދުއްވާފައިވާ ކާޓެއްގައި ދަތުރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އަލްޖަޒީރާ އަރަބިކް އިން މީސް މީޑިއާގައި އާންމުކޮށްފި.

މިދިޔަ އަންގާރަ ދުވަހު ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވެސް ވެސް އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން 25 އެމްބިއުލާންސަށް ވެސް މުޅިން ގެއްލުންވެފައިވާ ކަމަށް ބުނެފައި.

08:34

ނިރުބަވެރި އިސްރާއީލާއި ފަލަސްތީނުގެ ޣައްޒާއާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެޔޮ ލިބުން އެއްކޮށް މެދުކެނޑިފައިވާ ޣައްޒާގެ މުހިންމު ދެ ހޮސްޕިޓަލަކުން ތެޔޮ ހުސްވާން ކައިރިވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި.

08:22

ޣައްޒާގެ ޖަބާލިއާގެ ހުޅަނގުން މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އަށް މީހުން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނެފި.

08:19

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ނުރައްކާތެރި ހަމަލާތައް ކުށްވެރިކުރުމަށް އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޯންގެ އުތުރުގެ އަވަށެއްގެ މަގުތަކަށް ނުކުތް ބައެއްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑި ޖެހުމުގެ ސަބަބުން ފަލަސްތީނުގެ 16 އަހަރުގެ ކުއްޖަކު ޝަހީދުވެއްޖެ.

08:18

ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާގެ ހައްޔަރުގައި ތިބި އެހެން ގައުމުތަކުގެ ބައެއް މީހުން ދޫކޮށްލާނެ ކަމަށް ފަލަސްތީނުގެ ހަމާސް ގޮފިން ބުނެފި

 

08:17

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ހުކުރު ދުވަހު އިސްރާއީލަށް ވަޑައިގެން އިސްރާއީލުގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފި.

08:16

ޣައްޒާގެ ޖަބާލިއާ ކޭމްޕަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާއާ ދެކޮޅަށް ގަތަރުގެ ވެރިރަށް ދޯހާގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާ ކޮށްފި.

08:16

ޣައްޒާގެ މުހިންމު ދެ ހޮސްޕިޓަލެއްގެ މައި ޖަނަރޭޓަރުތައް މުޅިން ހުއްޓި މަދު "ގަޑިއިރެއް"ގެ ތެރޭގައި ތަން ހުއްޓުމަކަށް އަންނާނެ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު މުޅި ދުނިޔެއަށް "ފައިނަލް އިންޒާރު" ދީފި.

08:15

ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާ އިންސާނީ އެހީދޭ ޖަމާއަތްތަކުން ކުށްވެރިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އަނެއްކާވެސް ގޮވާލައިފި.

އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ނިރުބަވެރި ޔަހޫދީ އިސްރާއީލާއި ޣައްޒާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ރޭވެސް ޣައްޒާއިން އެތައް ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ. ޣައްޒާގެ އެތައް މިތަނަށް ރޭވެސް ބޮން އެޅިއެވެ. އޮކްޓޯބަރު މަސް ނިމި ދިޔައި ކޮންމެ ދުވަހަކުވެސް އެ ބޮމުގެ އަޑުތަކާއި އެކުގައެވެ.

މިއީ މި ހަނގުރާމަ ހިނގާތާ 26 ވަނަ ދުވަހެވެ..

ޣައްޒާއަށް އެންމެ ފަހުގެ ހަމަލާތަކުގެ ތެރޭގައި ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާއާއި، ހުޅަނގު އައްސޭރީގައި އެންމެ ފަހުން ހިނގި ނުރައްކާތެރި ކުރިމަތިލުންތައް ވެސް ހިމެނެއެވެ.

މި ބްލޮގްގައި އިސްރާއީލާއި ޣައްޒާއާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތު ގެނެސް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު