ފަލަސްތީނުގެ ޣައްޒާގައި ހުރިހާ މުވާސަލާތީ އަދި އިންޓަނެޓްގެ ހިދުމަތްތަކެއް ކަނޑާލާފައިވާ ކަމަށް ފަލަސްތީނުގެ ޓެލެކޮމް ކުންފުނިން ބުނެފިއެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ތުން ފަހަރެއްގެ މަތިން އިންޓަނެޓް ހިދުމަތް ހިމެނޭ ގޮތަށް މުއާސަލާތީ ހުރިހާ ހިދުމަތެއް ކަނޑާލިއެވެ. މިގޮތުން އެންމެ ފުރަތަމަ އެ ހިދުމަތް ކަނޑާލީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އެ ދުވަހު ހިދުމަތް ކަނޑާލުމަށްފަހު ވަރުަގަދައަށް ދިޔައީ ބޮން އަޅަމުންނެވެ.

ޕަލްޓެލް އިން މިއަދު ބުނީ ޣައްޒާއަށް ގެންދާ އިންޓަނޭޓް އަދި ހުރިހާ މުވާސަލާތީ ހިދުމަތްތަކަށް މުޅިން ބުރޫ އަރާފައިވާ ކަމަށެވެ.

އަދި އެކަމަށް ހުރަސް އެޅިގެން ގޮސްފައި ވަނީ "ކުރިން އަލުން ގުޅާލެވުނު ބައިނަލްއަގުވާމީ ރޫޓް އަނެއްކާވެސް މެދު ކަނޑާލުމުން،". ކަމަށް އެ ބަޔާނުގައި ވެއެެވެ.

އިސްރާއީލާއި ޣައްޒާއާ ދެމެދު ކުރިމަތިލުން ހިނގާތާ މިހާރު 26 ދުވަސް ވަނީ ވެފައެވެ. މި ކުރިމަތިލުންތަކުގައި ޣައްޒާގެ އުތުރުގެ ބޮޑު ސަރަހައްދެއް ސުންނާފަތިކޮށްލާފައިވާއިރު، މިހާތަނަށް އައިއިރު، 8،500 އާ ގާތް ކުރާ އަދަދަކަށް މީހުން ޝަހީދުވެފައި ވެއެވެ. އަދި 20،000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވެއެވެ.