ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުންގެންދާ ހަމާސް ދެކޮޅަށް ޣައްޒާގެ އުތުރުގައި ނިރުބަވެރި އިސްރާއީލުން ހިންގި ކުރިމަތިލުންތަކުގައި އިތުރު ނުވަ ސިފައިން މަރުވިކަން އިސްރާއީލުގެ ދިފާއީ ބާރުތަކުން އިއުލާނުކޮށްފިއެވެ.

އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ޣައްޒާގައި އިތުރު ދެ ސިފައިންނަށް ސީރިއަސް އަނިޔާތަކެއް ވެސް ލިބިފައިވާ ކަމަށެވެ.

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރަމުން އަންނަ ހަމާސްގެ މުޖާހިދުން ބުނެފައިވާގޮތުގައި، ނިރުބަވެރިން ޣައްޒާ އަށް އަރާ ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އައިއިރު، އިސްރާއީލްގެ އަސްކަރީ 22 ވެހިކަލެއް ވަނީ ސުންނާފަތިކޮށްލައިފައެވެ.

ފަލަސްތީނުގެ މުޖާހިދުންނާއި އިސްރާއީލްގެ އަސްކަރިއްޔާއާ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ކައިރީގައި އިއްޔެ ހިނގިއެވެ. އިސްރާއީލުން ކުރިއަށް ޖެހުމަށް ހުރަސް އަޅަނީ ހަމާސްގެ ހިތްވަރުގަދަ މުޖާހިދުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މިގޮތުން ހަމާސްގެ މުޖާހިދުން ދަނީ ވަރުގަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި "އަލް ޔާސީން 105" މިސައިލް ހިމެނެއެވެ.

ޣައްޒާއިން އިސްރާލަށް ދެމުންގެންދާ ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާއިރު، އިސްރާއީލާ ދެކޮޅަށް މިހާރުވެސް ލެބަނަން، ސީރިޔާ، އީރާޤްގެ އިތުރުން ޔަމަނުން ދަނީ ހަނގުރާމަ ކުރަމުންނެވެ.

މި ހަނގުރާމައިގައި އިސްރާއީލުން 1،500 އަށްވުރެ ގިނަ މީހުން މަރުވެފަައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގެ އެތައް ހާސް ބަޔަކު މިހާތަނަށް ވަނީ ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަހިބަދޫ މީހާ

    ޔަހޫދީން ތެދެެއް ހަދާނެ ކަމަށް ބަލާކަށް ނުވަނެ އެއީ ދޮގުގެ އަހުލުވެރިން މަރުވާ އަދަދު ވަރަށް ބޮޑަށް އޮޅުވާލާފަ ހާމަ ކުރަނީ ސަބަބަކީ ނަތަންޔާހޫ އަށް އަންނަ ޕުރެސަރ ކުޑަކުރުން އަމިއްލަ ރައްޔިތުން ނައްވެސް އޮޅުވާލަނީ.

    10