ޣައްޒާއިން ދެން މުއާސަލާތީ ހިދުމަތް ކަނޑާލައިގެން ނުވާނެ ކަމަށް ބުނެ އެމެރިކާއިން އިސްރާއީލަށް އިންޒާރެއް ދީފިއެވެ.

އިސްރާއީލުގެ ނިރުބަވެރިންނާއި ހަމާސް ޖަމާއަތުގެ މުޖާހިދުން ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން އިސްރާއީލުން ވަނީ ދާދި ފަހުން ޣައްޒާގެ އިންޓަނެޓް ކަނޑާލައި މުއާސަލާތީ ހުރިހާ ހިދުމަތެއް ކަނޑާލާފައެވެ. އަދި އެމީހުން ދެމުން ދިޔަ ހަމަލާތައް ވެސް ވަނީ އާންމުންނަށް ބެލުމެއް ނެތި ވަރުގަދަ ކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ޣައްޒާއިން މުއާސަލާތީ ހިދުމަތް ކެނޑި ނަމަވެސް، ފަހުން އެމެރިކާއިން ބާރު އެޅުމާއި އެކީ ބައެއް ހިދުމަތްތައް ވަނީ ދީފައެވެ. ނަމަވެސް މިއަދު ހެނދުނުގެ ވަގުތެއްގައި އަނެއްކާ ވެސް ފޯނުގެ ހިދުމަތްތަކާއި އިންޓަނެޓް ވަނީ ވަކި ވަގުތަކަށް ކެނޑިފައެވެ.

އެކަމާއި ގުޅިގެން އެމެރިކާ ސަރުކާރުގެ ސްޕޯކްސްޕާސަން މެތިއު މިލާ ބުނެފައިވަނީ ޣައްޒާގައި ތިބި އެމެރިކާގެ ރައްޔިތުންނާއި އީމެއިލްގެ ޒަރިއްޔާއިން ވާހަކަ ދައްކަމުން ދިޔަ ކަމަށާއި އެހެން ކަމުން އެމީހުންގެ އުންމީދަކީ އިންޓަނެޓުގެ ހިދުމަތް މެދުނުކެނޑި ލިބުން ކަމަށެވެ.

އިސްރާއީލުން އަސްކަރީ އޮޕަރޭޝަންތަކަށް ބައެއް ނިންމުންތައް ނިންމަން ޖެހޭކަން ގަބޫލު ކުރާ ކަމަށާއި އެހެން ނަމަވެސް އާންމު އުސޫލެއްގެ ގޮތުން އިންޓަނެޓުގެ ހިދުމަތް ޣައްޒާގެ ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެން ކަމުން ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތައް ކަންކަން ކުރުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ވެސް އޭނާ ބުނެފައިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓަނީ ބްލިންކަން މި ހަފްތާގެ ތެރޭގައި އިސްރާއީލުގެ އިތުރުން އުރުދުންއަށް ވަޑައިގަންނަވާނެ ކަމަށާއި ބައްދަލުވުމުގެ ތެރެއިން ޣައްޒާއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލާއި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސ

    އެމެރިކާ އަދި ރަނގަޅައް ގިރޭނެއެވެ. ތޫފާނެއް އެރިޔަސް ސުންނާފަތިވޭ. ބިންހެލުން އައިސް ވައިޓް ހައުސް އާ ޕެންޓަގަން ގަންބަވާނދޭވެ. އާމީން

    37
  2. އަލީބުނީ

    ތިޔާ ހަޑިހާވާފަ ނިވާފަތްގަނޑު ދަށައް ވަދެ ފިލޭވަރައްވުރެ ބޮޑު ޖަރާސީމުގަނޑެއް. ހުރިހާ އެއްމެނައްވެސް ފެނޭ ކަލޭމެން ޖަހާ ސަކަރާތް. މައްސަލަޔަކީ މިޒަމާނު ފެންނަ ކަނުން ގިނަވީމަ އަރަބިން ކަހަލަ

    28
    0
  3. ދިވެހި ދަރިއެއް

    ތި އެމެރިކާނުން ނަށް ބަލާނެ ކަމެއްނެތް. ދުނިޔޭގެ ޤާނޫނެއް އެބަ އޮތްދޯ؟ މުޅި ދުނިޔެ ކުރިމަތީ ޣައްޒާގެ ކުޑަ ކުޑަ ކުދިންވެސް މަރަމުންދާއިރު އެއަށްސަޕޯޓްކުރާ ނުލަފާ ބައެއް ތިބައިވަރަކީ. ކިތައް އަހަރުވެއްޖެ؟ އެނުބައި ނުލަފާ ޖަރީމާތައް ހިންގާތާ؟ ތިޔަބުނާ ޤާނޫނެއް ޤަވާޢިދެއްގެ ދަށުން ކޮންކަމެއް އެ ޝާއިޠާނީ ޔަހޫދީންގެ އެއްވެސް މީހަކަށްވީ؟ ދުނިޔެއިން ކަމެއްކުރަންއުޅުނަސް އެކަމެއް ''ވީޓޯ'' ކޮށްފާ ކޯއްޗެކޭ ކިޔާކަށް؟

    ކަލޭމެން ކިޔާ އެއްޗެއް ކަލޭމެން ކިޔާ! އަހަރެން މިބުނަނީ އަހަރެމެން އިންތިހާއަށް ރުޅިއަރާ ތިޔަ ޔަހޫދީންދެކެ. އަހަރެމެންވަނީ ފަލަސްޠީނު މުޖާހިދުންނާއެކީ. މިހާރު އުއްމަތުގެ ދިފާޢުގައި ޢަމަލީގޮތުން ޖިހާދުކުރާ އެންމެންނަކީ އަހަރެމެންގެ ހިތްތައް އެމީހުންނާމެދު ފަޚުރުވެރިވާ މީހުން.

    އަހަރެން މުސްލިމެއްގެ ހައިޞިއްޔަތުން ހިތާމަކުރަނީ އިސްލާމީ ޤައުމުތަކުގެ ވެރިންގެ ފިނޑިކަމުން. އުއްމަތުގެ ޙައްޤުގައި ޖިހާދުކުރަން ޖެހޭއިރު އަޅާވެސްނުލާ ތިބުމަކީ ސުވާލުވެޥޭނެކަމެއް.

    "ވެރިން ނެތީމަ ހެޔޮލަފާ ދުނިޔެ ފަސާދަވެއްޖެޔޭ.
    ވެރިން މިހާރު އުއްމަތާ ޚިލާފު ޢާއްމުކޮށްވެޔޭ"

  4. އަޒްރާ

    މަށައްވާނަމަ އެމެރިކާ ދިވެހިރާއްޖޭގަ ހުންނަ އެމެރކާ އެމްބަސީ އުވާލާނަން ކީއްކުރާނީ އަހަރެމެންނާ ތޮޅެން ިމީހުން އައިސްފިއްޔާ ޖެހޭނީ ހިމޭން ކަންމަތީ ތިބެން

  5. ދެން

    މީޑިއާގަ ބުނާނީ މިހެން. ބުނެ ނިންމާފަ އިތުރަށް ބޮންއަޅާ ޢައްޒާ ސުންނާފަތި ކުރަން ފައިސާއާޢީ ހަތިޔާރު ފޮނުވާދޭނެ. ދުނިޔޭގަ ހުރިހާ ފަސާދައެއް ފަތުރާ ބަޔަކީ މިއެމެރިކާ. އިޒްރޭލްކީ މެދުއިރުމަތީގައި މިމީހުންގެ ބާރު ދަމަހައްޓަން ބޭނުންކުރާ ޕްރޮކްސީ ސްޓޭޓެއް.

  6. Anonymous

    ދެބައިމީހުންނަކީވެސް ދުނިޔޭގެ މީޑިޔާތަކަށް އޮޅުވާ ފުރޮޅާ މަކަރާ ހީލަތްހަދާ ބައެއް. އެމެރިކާއިން އިޒްރޭލަށް ހަތިޔާރުދީ ޓެރަރިޒަމް ނައްތާލުމުގެ ނަމުގާ އެތައް ހާސް އަންހެނުންނާ ކުޑަކުދިން މަރާފާ ދެން މިބުނަނީ ދެން މުއާސަލާތީ ޚިދުމަތްކަނޑާލައިގެން ނުވާނޭ. މިއަށް ވުރެން ބޮޑު އޮޅުވާލުމެއް ކޮބާ