01:10

ޔަހޫދީ ސިފައިންގެ ޙާއްސަ ޔުނިޓެއް ދަނީ މިވަގުތު ހުޅަނގު އައްސޭރި ޖެނިންއަށް ރެއިޑް ޖަހަމުން.

23:52

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ މިރޭ އާންމު ކުރެއްވި ވާހަކައިގެ އޯޑިއޯ ފަލަސްތީނުގެ ޣައްޒާގެ ހުޅަނގު އައްސޭރީގެ ޖެނިންގައި ހުރި މިސްކިތްތަކުގެ މުންނާރުތަކުން އިއްވަމުން އެބަދޭ.

23:39

ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ގެ މުޖާހިދުން ޑްރޯންތަކަކުން ހަމަލާދީ އިސްރާއީލް ސިފައިންތަކެއް ޒަހަމްކޮށްލި ވީޑިއޯ އެމީހުން ރިލީސްކޮއްފި

23:29

ހަމާސް އިން ބުނީ މިއަދު ފަލަސްތީނަށް އަރާ ތިބި އިސްރާއީލްގެ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއްދީ ހަ ޓޭންކެއް ހަލާކުކޮށްލާފައިވާނެ ކަމަށް. އަދި އެއް ބުލްޑޯޒަރާއި ސިފައިން އުފުލާ ދެ ވެހިކަލެއް ވެސް ހަލާކުކޮށްލި ކަމަށް ބުނެފައިވޭ.

23:26

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ޣައްޒާގެ މީޑިއާއަކާ މިހާރު ވާހަކަ ދައްކަވަނީ.

22:22

އަލް-އަޣްސާ ރޭޑިއޯ އިން ބުނީ ޣައްޒާ އިން އިތުރު ނޫސްވެރިއަކު ޝަހީދުވެފައިވާ ކަމަށް. ޝަހީދުވެފައި ވަނީ މުހައްމަދު އަލް-ބިއާރީ. މިއާ އެކު ޣައްޒާ އިން ޝަހީދުވި ފަލަސްތީނުގެ ނޫސްވެރިންގެ އަދަދު ވަނީ 31 އަށް އަރާފައި.

22:20

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އެއްވެސް ބަޔަކަށް އިސްރާއީލް ދެން ނުހުއްޓުވޭނެ ކަމަށް. އަދި ޣައްޒާގެ އުތުރުގެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުން ދެކުނަށް ދިއުމަށް އޭނާ ވަނީ އެދިފައި.

"އަހަރުމެން ދާނީ ކުރިއަށް. ކުރިއަށް ގޮސް ކާމިޔާބު ހޯދާނީ." ނަތަންޔާހޫ

 

22:17

ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ގެ ހާއްސަ ތަގްރީރެއް މާދަމާ އޮންނާނެ ކަން ލުބުނާނުން އިއުލާންކޮށްފި.

22:15

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ވޭތުވެދިޔަ މަދު ގަޑިއިރުތަކުގެ ތެރޭގައި އެއްގަމު މަގުން ދިން ހަމަލާތަކުގައި ހަމާސްގެ 130 މުޖާހިދުން ޝަހީދުކޮށްލާފައިވާ ކަމަށް. އަދި ހަމާސްގެ މުޖާހިދުންނާ ކުރިމަތިލުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އަސްކަރިއްޔާ އިން ބުނޭ.

މި އޮޕަރޭޝަންގައި ހަމާސްގެ ހަތިޔާރުތައް ގެންގުޅޭ ތަންތަނަށާއި އެމީހުންގެ އިންފްރާސްޓްރަކްޗާތަކަށް ގެއްލުން ދޭނެ ކަމަށް އަސްކަރިއްޔާ އިން ބުނެފައިވޭ.

 

22:04

ލުބުނާން ސަރަހައްދުން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް އަމާޒުވުމާ ގުޅިގެން އިސްރާއީލުން ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި.

22:02

އިސްރާއީލްގެ ސިފައިންނާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުންނާ ދެމެދު ޣައްޒާގައި އިއްޔެ ކުރިއަށް ދިޔަ ކުރިމަތިލުންތަކުގައި ޒަހަމްވި އިސްރާއީލް ސިފައިންގެ މީހަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި.

21:49

ޣައްޒާގެ އުތުރުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ހަމާސް އިން އިސްރާއީލްގެ ދެ ޓޭންކެއް ސުންނާފަތިކޮށްލައިފި.

21:11

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލް ސިފައިންނާއި ހަމާސްގެ މުޖާހިދުންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި ޒަހަމްވި ސިފައިންގެ މީހަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ. މި ކުރިމަތިލުންތަކުގައި އެ ސިފައިންގެ މީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވޭ.

މަރުވެފައި ވަނީ ސްޓާފް ސާޖަންޓް ޔައިރް ނިފޫސީ 20، ނަމަކަށް ކިޔާ ޔަހޫދީއެއް.

މި ކުރިމަތިލުންތަކުގައި އިތުރު ސިފައިންގެ މީހަކަށް ވެސް އަނިޔާ ލިބިފައިވޭ. މިއަދު ހިނގި ކުރިމަތިލުންތަކެއްގައި ވެސް ސިފައިންގެ މީހަކު ޒަހަމްވި ކަމަށް އަސްކަރިއްޔާ އިން ބުނެފައިވޭ.

21:06

އިސްރާއީލަށް އަމާޒުވި ހަމަލާ.
އިސްރާއީލަށް އަމާޒުވި ހަމަލާ.
އިސްރާއީލަށް އަމާޒުވި ހަމަލާ.
އިސްރާއީލަށް އަމާޒުވި ހަމަލާ.

21:04

ފަލަސްތީނުގެ ރެޑްކްރެސެންޓުން ބުނީ އެމީހުންގެ އެމްބިއުލާންސެއް ޣައްޒާގެ ބޮޑު މަގެއް ކަމުގައިވާ ރާޝިދު މަގުން ދަތުރު ކުރަނިކޮށް އިސްރާއީލް ސިފައިން ހަމަލާ ދީފައިވާ ކަމަށް. އެކަމުގެ ސަބަބުން ބައެއް ޕެރަމެޑިކުންނަށް އަނިޔާވެފައިވާ ކަމަށް ރެޑްކްރެސެންޓުން ބުނެފައިވޭ.

20:56

އިސްރާއީލަށް އަމާޒުވި ހަމަލާ.
އިސްރާއީލަށް އަމާޒުވި ހަމަލާ.
އިސްރާއީލަށް އަމާޒުވި ހަމަލާ.

20:53

އިސްރާއީލްގެ ދެކުނު ސަރަހައްދުތަކަށް އަމާޒުކޮށް 12 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ދިނީ ލުބުނާންގައި ހަރަކާތްތެރިވާ ހަމާސްގެ ޣައްސާމް ބްރިގޭޑްސް އިން ކަމަށް ބުނެ އެ ހަމަލާތަކުގެ ޒިންމާ ހަމާސް އިން ނަގައިފި.

20:45

ހިޒްބުﷲ އިން އިސްރާއީލްގެ ސަރަހައްދަށް ފޮނުވާލި މިސައިލެއް އިމާރާތަކަށް އަމާޒުވެ، އެ ތަނުގައި އާއި ބައެއް ވެހިކަލްތަކުގައި އަލިފާން ރޯވެއްޖެ.

20:43

ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ގެ މުޖާހިދުން ޑްރޯންތަކަކުން ހަމަލާދީ އިސްރާއީލް ސިފައިންތަކެއް ޒަހަމްކޮށްލައިފި.

20:40

އިސްރާއީލަށް އަމާޒުކޮށް ސީރިއާ އިން ފޮނުވާލި ޑްރޯނެއް ނައްތާލާފައިވާ ކަމަށް އުރުދުން އިން އިއުލާންކޮށްފި.

20:29

ޣައްޒާ އިން ފޮނުވާލި ރޮކެޓުތަކުން ރޮކެޓެއް ތެލް އަވީވްގެ އިމާރާތަކަށް އަމާޒުވެއްޖެ.

20:28

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޮފީހުން ބުނެފައި ވަނީ ޣައްޒާ އަށް ތެޔޮ ފޯރުކޮށްދިނުމަށް އަދި ބޮޑުވަޒީރު އޮފީހުން އެޕްރޫވްކޮށްފައި ނުވާ ކަމަށް.

20:25

ހަމާސް އިން އިމާރާތެއްގެ ތެރޭގައި ތިބި ސިފައިންނަށް ހަމަލާ ދިނީ ޓީބީޖީން. އެއީ ގޮވާ އިރަށް ގޮވާ ދިމާލުގައި އަލިފާންގަނޑެއް ބުރައިގެންދާ ފަދަ ހަތިޔާރެއް.

20:24

ހަމާސް އިން މީގެކުޑައިރުކޮޅެއް ކުރިން އިސްރާއީލްގެ ވެރިރަށް ތެލް އަވީވް އަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފި.

20:23

އިސްރާއީލް އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ޖާޒީ ހަލޭވީ ބުނި ގޮތުގައި އިސްރާއީލް ސިފައިން އެއްގަމު މަގުން ޣައްޒާގައި ހިންގަމުން ގެންދާ އޮޕަރޭޝަންގައި ޣައްޒާ ސިޓީގައި ދަނީ ހަރަކާތްތެރިވަމުން. އެ ސިޓީ ވަށާލުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ބުނި. އޭނާ ބުނި ގޮތުގައި އިސްރާއީލުން ޣައްޒާގެ އުތުރުގައި ވެސް ދަނީ ހަރަކާތްތެރިވަމުން.

20:20

ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލްތަކަށް އިންތިހާ އަށް ތެޔޮ ބޭނުންވެފައި ވަނިކޮށް ދިވެހީންގެ އެހީގައި 20،000 ލީޓަރުގެ ތެޔޮ ފޯރުކޮށްދީފި.

20:00

އިސްރާއީލުން ހިފައިގެން އުޅޭ ބީރްޝަބާ އަށް އަމާޒުކޮށް ހަމާސް އިން ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފި.

19:59

މީގެކުޑައިރުކޮޅެއް ކުރިން ޣައްޒާގައި ޔަހޫދީ ސިފައިންގެ ޓޭންކެއް ގޮއްވާލި ހާދިސާގައި އިސްރާއީލް ސިފައިންގެ ތިން މީހަކަށް ހަމަލާދީފައިވޭ.

19:58

ޣައްޒާގެ އުތުރުގެ ބެއިތު ހަނޫން އަވަށުގައި ތިބި އިސްރާއީލް ސިފައިންގެ ފައުޖަކަށް ހަމާސް އިން ހަމަލާދީފި. ހަމާސް އިން ބުނާ ގޮތުގައި އެ ސިފައިންނަށް ހަމަލާ ދިނީ އިމާރާތެއްގެ ތެރޭގައި ތިއްބާ.

19:55

ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް އިސްރާއީލް އަސްކަރިއްޔާ އިން ނިންމައިފި.

19:45

ހިޒްބުﷲ އިން ދެންމެ ބުނީ ދެ ޑްރޯނެއް ބޭނުންކޮށްގެން އިސްރާއީލްގެ އަސްކަރީ ޕޯސްޓުތަކަށް ހަމަލާދީފައިވާނެ ކަމަށް. އެ ދެ ޑްރޯންގައި ވެސް ގިނަ އަދަދެއްގެ ގޮވާތަކެތި ހުންނާނެ ކަމަށް ހިޒްބުﷲ އިން ބުނެފައިވޭ.

މިކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން އަދި ވަކި އެއްޗެއް ނުބުނޭ.

އިސްރާއީލާއި ލުބުނާން ގުޅޭ ބޯޑަރު ކައިރީގައި އިސްރާއީލް ސިފައިންނާއި ހިޒްބުﷲ އާ ދެމެދު ހަމަލާތައް ބަދަލު ކުރަމުންދާތާ މިހާރު 27 ދުވަސް ވަނީ ވެފައި.

19:29

ޣައްޒާގެ އުތުރުގައި މިހާރު ހަމާސް އާއި އިސްރާއީލްއާ ދެމެދު ކުރިއަށްދާ ކުރިމަތިލުންތަކުގައި ޔަހޫދީންގެ ޓޭންކަކަށް ހަމަލާދީ، އެ ޓޭންކު ސުންނާފަތިކޮށްލައިފި. ހަމާސް އިން ބުނާ ގޮތުގައި މި ހަމަލާ ދިނީ އަލް ޔާސީން 105 މިސައިލް ބޭނުންކޮށްގެން.

19:27

އަލް-ޣައްސާމް ބްރިގޭޑްސް އިން ޣައްޒާގެ ދެކުނުން ވަންނަން މަސައްކަތް ކުރާ އިސްރާއީލް އަސްކަރިއްޔާގެ ދެ ވެހިކަލަކާއި ބުލްޑޯޒަރަކަށް އަމާޒުކޮށް "އަލް ޔާސީން 105" މިސައިލުން ދާދި ދެންމެ ހަމަލާ ދީފި.

19:24

ޣައްޒާގެ ޒައިތޫން އަވަށުގައި ތިބި އިސްރާއީލް ސިފައިންގެ ފައުޖަކަށް އަމާޒުކޮށް ހަމާސް އިން މޯޓަރު ބަޑިން ހަމަލާތަކެއް ދީފި.

19:17

ޣައްޒާ އިން ޒަހަމްވެފައިވާ ކުޑަކުދިން.
ޣައްޒާ އިން ޒަހަމްވެފައިވާ ކުޑަކުދިން.
ޣައްޒާ އިން ޝަހީދުވެފައިވާ ކުޑަކުދިން.
ޣައްޒާ އިން ޒަހަމްވެފައިވާ ކުޑަކުދިން.

19:09

ޔަމަންގެ ހޫތީން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި މިސައިލްތައް ނައްތާލާ މަންޒަރުގެ ވީޑިއޯއެއް އިސްރާއީލުން އާންމުކޮށްފި. އިސްރާއީލުން ބުނީ މިދިޔަ އަންގާރަ ދުވަހު ލޯންޗު ކުރި ކްރޫޒް މިސައިލެއް ނުވަތަ ޑްރޯނެއް ވައްޓާލާފައި ވަނީ އެފް-351 އަސްކަރީ ޖެޓް ބޭނުންކޮށްގެން ކަމަށް.

އެ މިސައިލްގެ އިތުރުން ހޫތީން ފޮނުވާލި އެހެން މިސައިލްތަކެއް ވައްޓާލާ ވީޑިއޯތަކެއް ވެސް އިސްރާއީލުން ހާމަކޮށްފައިވޭ.

19:04

އިސްރާއީލާއި ލުބުނާން ގުޅޭ ބޯޑަރު ކައިރީގައި ހުރި އިސްރާއީލްގެ މިލިޓަރީ ކޭމްޕަކަށް ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން ހަމަލާ ދިނުމާއެކު، އެ ސަރަހައްދުގައި ކަޅު ދުން ފެތުރިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި. ރިޕޯޓުތައް ބުނާ ގޮތުގައި 10 ސައިޓަކަށް ލުބުނާނުން ވަނީ ހަމަލާ ދީފައި.

18:46

އިސްރާއީލް ސިފައިން ޣައްޒާގައި.
އިސްރާއީލް ސިފައިން ޣައްޒާގައި.
އިސްރާއީލް ސިފައިން ޣައްޒާގައި.

18:42

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފަންޑްރެއިޒް ކުރުމަށް ބްރިޖިން ކޮމިއުނިޓީސް އޮފް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން "ފަލަސްތީނަށް އެހީވަމާ" ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ނިންމައިފި.

18:31

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުން ވަނީ 30 ގެއަކަށް ބޮން އަޅާފައި. އޭގެ ސަބަބުން 40-60 އާ ދެމެދުގެ އަދަދަކަށް މީހުން ވަނީ ޝަހީދުވެފައި. ޝަހީދުވި މީހުންގެ އަދަދުތައް އަދިވެސް މައްޗަށް އަރައިގެން ހިނގައިދާނެ.

18:30

އިސްރާއީލްގެ އަސްކަރީ ޖެޓްތަކުން ޣައްޒާގައި ހުރި ސަރަހައްދަކަށް ބޮން އެޅުމުން ނުވަ ގެއެއް ސުންނާފަތިވެއްޖެ. އެ ހަމަލާގައި ފަލަސްތީނުގެ 10 މީހުން ވަގުތުން ޝަހީދުވި.

18:28

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލް ސިފައިން ވަނީ ޣައްޒާގައި ހުންނަ ގުދުސް ހޮސްޕިޓަލާ ދިމާލަށް ބަޑި ޖަހާފައި. އޭގެ ސަބަބުން ދެ މީހަކަށް އަނިޔާވެފައިވޭ. އެކެއްގެ މެއަށް ވަޒަން އެރިއިރު، އަނެކަކު ބަނޑަށް ވަނީ ވަޒަން އަރާފައި.

 

17:40

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޣައްޒާގައި ހުރި 35 ހޮސްޕިޓަލްގެ ތެރެއިން 16 ހޮސްޕިޓަލެއްގެ ހިދުމަތްތައް ވަނީ ހުއްޓިފައި. ޣައްޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލް ޓާކިޝް-ފަލަސްތީނިއަން ފްރެންޑްޝިޕް ހޮސްޕިޓަލްގައި ތެޔޮ ނެތިގެން ވަނީ ހުއްޓުމަކަށް އައިސްފައި.

"70 ކެންސަރު ބަލި މީހުންނަށް ވަނީ ނުރައްކަލާ ކުރިމަތިލާން ޖެހިފައި،" ފަލަސްތީނުގެ ހެލްތު މިނިސްޓަރު މައި އަލް-ކައިލާ ވިދާޅުވިއެވެ.

 

17:25

ބަހްރެއިނުން އިސްރާއީލްއާ އިގްތިސާދީ ގޮތުން ގުޅުން ކަނޑާލައިފި.

16:57

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި މުޖާހިދުން ދިން ހަމަލާއެއްގައި އިސްރާއީލްގެ ސިފައިންގެ މީހަކު މަރާލައިފި.

މަރާލި އިސްރާއީލް ސިފައިންގެ މީހާ.

16:39

ފަލަސްތީނުގެ ނާބްލުސްގައި އިސްރާއީލް ބަޔަކު ފަލަސްތީނު ރައްޔިތުންތަކަށް ހަމަލާދީފި.

16:37

އިސްރާއީލުން ޣައްޒާގެ އަލް-ގަފްރީ ޓަވަރަށް ބޮން އެޅުމުގެ ސަބަބުން ނޫސްވެރިޔާ އަބޫ ހަތަބް ވަނީ ޒަހަމްވެފައި.

16:30

ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 9،000 އަށް ވުރެ މައްޗަށް އަރާފައި.

15:54

ނިރުބަވެރި އިސްރާއީލުގެ ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ފާއިތުވި 24 ގަޑިއިރު އެކަނި ވެސް ފަލަސްތީނުގެ 1000 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި.

15:31

ޣައްޒާއިން ނިރުބަވެރި އިސްރާއީލުންގެ ކޮމާންޑަރަކު މަރާލައިފި.

14:59

ޔަހޫދީ ނިރުބަވެރިން ޤައްޒާ ގެ އަލް ގިފާރީ ޓަވަރަށް އަމާޒުކޮހް ހަމަލާއެއް ދީފި ކަމަށް ފަލަސްތީން އެއްބައި މީޑިއާ އާ ހަވާލާދީ އެބަ ރިޕޯޓް ކުރޭ.
ހަމަލާ އަމާޒުވެފައި ވަނީ އެ ޓަވަރުގެ 16 ވަނަ ބުރިއަށް ކަމަށް ވެއެވެ.

ގިފާރީ ޓަވަރަކީ ފަލަސްތީނުގަ އިން އެންމެ އުސް އިމާރާތް.
އެ އިމާރާތުގައި އިސްރާއިލް އިން މި ހިންގާ ގަތުލު އާންމު ވަރަށް ކައިރިން ކަވަރު ކުރާ އަލްޖަޒީރާ ކަހަލަ ގިނަ މީޑިއާ ތަކެއް އެބަ ތިބި.

13:54

ހުޅަނގު އައްސޭރީގައި ކުރަމުން އަންނަ ހަމަލާ ބަދަލުކުރުންތަކުގައި ނިރުބަވެރި އިސްރާއީލަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

13:52

ފަލަސްތީނުގެ ދިފާއުގައި ހަނގުރާމައަށް ދިޔުމަކީ ވާޖިބެއް ކަމަށާއި މުސްލިމުން ނައްތާލަން ދޫކޮށްގެން ބަލަން ތިބުމަކީ މާތްﷲ އަށާއި މި އުއްމަތުގެ މާތް ނަބިއްޔާ ސައްލައްﷲ އަލައިހި ވަސައްލަމަށް ޣައްދާރުވުން ކަމަށް ބުނެ ފަތުވާއެއް ނެރެފި.

13:51

ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށް އިސްރާއިލުން ބޮންް އެޅުމުން ޝޮކެއް ލިބިފައިވާ ކަމަށް ޗައިނާއިން ބުނެފި.

13:34

ޣައްޒާގެ ކުށެއް ނެތް އެތަކެއް ބަޔަކަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ފެށުނު ހަނގުރާމައިގައި އަމިއްލައަށް ދިފާއުވުމުގެ ހައްގެއް އިސްރާއީލަކަށް ނޯންނާނެ ކަމަށް ރަޝިއާއިން ގޮވާލައިފި

13:24

ރޭގެ ވަގުތެއްގައި ޣައްޒާގެ އިތުރުގެ ސަރަހައްދެއްގައި ހަމާސްގެ މުޖާހިދުންނާއި ހިނގި ކުރިމަތިލުމެއްގައި ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް ނިރުބަވެރި އިސްރާއީލުން ބުނެފި.

13:22

އިސްރާއިލުން ޣައްޒާގައި ހިންގާ ގަތުލުއާންމާއި ދެކޮޅަށް ކަނބަލުންގެ ހިނގާލުމެއް ބާއްވަން ނިންމައިފި.

12:34

ޔަހޫދީ އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް ޔޫތް މިނިސްޓްރީން ނިންމައިފި

12:27

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޝައްތީ ރެފިއުޖީ ކޭމްޕުގައި ހިންގަމުން އަންނަ ސަކޫލެއް ކައިރިއަށް ފޮސްފަރަން ބޮން އަޅައިފި.

11:57

ތެޔޮ ހުސްވެ، ޣައްޒާއިން ޒަހަމްވާ މީހުން ހޮސްޕިޓަލްތަކަށް ގެންދަނީ އަސްތަކުގައި ގާޑިޔާ ޖަހައިގެން.

11:28

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ދެ ފިރިހެނަކާއި އަންހެނަކު ރަމައްލާ ސަރަހައްދުން ހައްޔަރު ކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ.

 

11:24

މިހާރު ހިނގަމުންދާ ޣައްޒާ-އިސްރާއިލް ހަނގުރާމައާ ގުޅިގެން ގިނަ އެއާލައިންތަކުން އިސްރާއިލަށް ފްލައިޓްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި.

11:19

ނިރުބަވެރި އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ޒަހަމްވެފައިވާ ތުއްތު ކުއްޖެއް.

 

11:18

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހިދުމަތްތައް ހުއްޓިފައިވާ ޣައްޒާގެ ހޮސްޕިޓަލްތައް:

  • އަލް-ތުރުކީ،
  • ބެއިޓް ހަނޫން،
  • އަލްވަފާ،
  • ޕަބްލިކް ސާވިސް،
  • ފްރެންޑްސް އޮފް ދަ ސިކް،
  • އަލް-ކަރަމާ،
  • ހައިފާ،
  • އިންޓަނެޝަނަލް އައި،
  • މުސްލިމް ސްޕެޝަލިސްޓް،
  • އަލް-ދުރާ،
  • ހަމަދް،
  • ދާރުއްސަލާމް،
  • އަލް-ޔަމަން އަލް ސައީދް،
  • ސެއިންޓް ޖޯންސް،
  • އަލްހާޔަތު،
  • ޖަފާ
  • އިންޑޮނޭޝިއަން ހޮސްޕިޓަލް

މީގެ އިތުރުން 52 ޕްރައިމަރީ ކެއާ ސެންޓަރަތަކުގެ ތެރެއިން 32 ސިއްހީ މަރުކަޒެއް ހިމެނޭ.

11:08

ކަރަންޓް ކެނޑިފައިވާ އަލް ޝިފާ ހޮސްޕިޓަލުގެ ޑޮކްޓަރަކު ކުޑަކުއްޖަކަށް ފަރުވާ ދޭން ފޯނު ފްލެޝް ލައިޓު ޖައްސައިގެން...

 

11:02

ޣައްޒާގެ އަލް-ނަސްރު ސަރަހައްދުގެ ގެތަކަށް އަމާޒުކޮށް މިއަދު ހެނދުނު ނިރުބަވެރި އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުން ހޮސްޕިޓަލްތަކަށް ގެންދަނީ..

ޣައްޒާގެ އަލް-ނަސްރު ސަރަހައްދުގެ ގެތަކަށް އަމާޒުކޮށް މިއަދު ހެނދުނު ނިރުބަވެރި އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުން ހޮސްޕިޓަލްތަކަށް ގެންދަނީ
ޣައްޒާގެ އަލް-ނަސްރު ސަރަހައްދުގެ ގެތަކަށް އަމާޒުކޮށް މިއަދު ހެނދުނު ނިރުބަވެރި އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުން ހޮސްޕިޓަލްތަކަށް ގެންދަނީ
ޣައްޒާގެ އަލް-ނަސްރު ސަރަހައްދުގެ ގެތަކަށް އަމާޒުކޮށް މިއަދު ހެނދުނު ނިރުބަވެރި އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުން ހޮސްޕިޓަލްތަކަށް ގެންދަނީ
ޣައްޒާގެ އަލް-ނަސްރު ސަރަހައްދުގެ ގެތަކަށް އަމާޒުކޮށް މިއަދު ހެނދުނު ނިރުބަވެރި އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުން ހޮސްޕިޓަލްތަކަށް ގެންދަނީ

10:57

ފަލަސްތީންގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތައް ހާސް ރައްޔިތުންނަށް އެހީވުމަށްޓަކައި ރާއްޖޭގެ ކޭކް ޑޯނާސް އިން ކުރިއަށް ގެންދިޔަ ފަންޑްރައިސިންގެ ދެ އިވެންޓުން ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ.

10:51

ޖަރުމަނުގައި ދިރިއުޅޭ ފަލަސްތީނު ދަރިކޮޅުގެ ރެފިއުޖީއަކުު ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރާތީ އޭނާއަށް ލިބޭ ރެފިއުޖީގެ ހައްގުތައް ޖަރުމަނުން ނިގުޅައިގެންފި.

10:29

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމު ފެށުނު ފަހުން ކޮންމެ ދުވަހަކު ގޮތަކަށް 400 އެއްހާ ކުޑަކުދިން ޝަހީދުވާ ކަމަށް ޔުނިސެފުން ބުނެފި.

10:29

‏ބޮލީވިއާ ނަމޫނާއަކަށް ނަގައި އިޒްރޭލާ ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ގޮވާލައްވައިފި.

09:37

ފަލަސްތީނުގެ ޣައްޒާއަށް ވަދެ އުޅުނު ނިރުބަވެރި އިސްރާއީލް ސިފައިންގެ އިތުރު މީހަކު މަރާލައިފި.

09:23

ޣައްޒާގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލުގެ އެންމެ ބޮޑު ޖެނެރޭޓަރު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފި.

09:08

މިއަދުގެ ވަގުތެއްގައި ރަފާހް ބޯޑަރު ހުރަސްކޮށް، 15 ގައުމެއްގެ 596 ރައްޔިތުން ޣައްޒާ ދޫކޮށްދާނެ ކަމަށް ރިޕޯޓްތަކުން ބުނެފި.

ޣައްޒާ ދޫކޮށްދާ ގައުމުތަކުގެ ރައްޔިތުން:

  • އަޒަރުބައިޖާންގެ 8
  • ބެލްޖިއަމްގެ 50
  • ބަހްރޭންގެ 6
  • ޗަޑްގެ 2
  • ކްރޮއޭޝިއާގެ 23
  • ގްރީސްގެ 24
  • ހަންގޭރީގެ 20
  • އިޓަލީގެ 4
  • އުތުރު މެސެޑޯނިއާގެ 4
  • މެކްސިކޯގެ 2
  • ނެދަލޭންޑްސްގެ 20
  • ދެކުނު ކޮރެއާގެ 5
  • ސްރީލަންކާގެ 17
  • ސުވިޒަލޭންޑުގެ 11
  • އެމެރިކާގެ 400

09:06

އަލް ޤައްސާމް ބްރިގޭޑްސް: ހުޅަނގު އުތުރު ޤައްޒާގެ ގުރުދާ އިން ޔަހޫދީ ސިފައިން ގެ ބުލްޑޯޒަރަކަށް ޔާސިން 150 ރޮކެޓް ބޭނުން ކޮއްގެން ހަމާލާ ދީފި

09:02

ޔަހޫދީންނާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 11 ބޭކަރީއެއް ސުންނާފަތި ކޮށްލާފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސްއިން ބުނެފި. އެ އޭޖެންސީން ބުނި ގޮތުގައި މިވަގުތު ޣައްޒާގައި ހުރީ އެންމެ 9 ބޭކަރީ.

09:00

ސީރިއާގެ އަވަށެއްގެ މަތިން އިސްރޭލު ނިރުބަވެރި ސިފައިންގެ ޔޫ.އޭ.ވީ އެއް ބިމުގެ މަތީން ވައިގެ ތެރެއަށް ފޮނުވާލާ މިސައިލަކުން ހަމަލާދީ ވައްޓާލައިފި.
މީ ހިޒްބުއްލާ މީހުން ވައްޓާލި އިޒުރޭލްގެ ދެވަނަ ޔޫ.އޭ.ވީ

08:59

ކޮންމެ ބާރެއް ބޭނުން ކޮށްގެން ވިއަސް އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމު ވަގުތުން ހުއްޓާލުމަށް ޓުއިނީޝިއާގެ ކުރީގެ ރައީސް، މޮންސިފް މަރްޒުކީ އަރަބި ލީޑަރުންނަށް ގޮވާލައިފި.

08:58

ނިރުބަވެރިން ޖަބަލިއާ ކޭމްޕަށް ހަމަލާ ދިނުމުގެ ކުރިން ނަގާފައިވާ ސެޓެލައިޓް ފޮޓޯއެއް-- ފޮޓޯ: ގެޓީ އިމޭޖެސް
ނިރުބަވެރިން ޖަބަލިއާ ކޭމްޕަށް ހަމަލާ ދިން ފަހުން ނަގާފައިވާ ސެޓެލައިޓް ފޮޓޯއެއް-- ފޮޓޯ: ގެޓީ އިމޭޖެސް

08:54

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަށް އެމެރިކާއިން ތާއީދު ކުރާ ކަމަށް ބުނެ، ގިނަ ބަޔަކު އެގައުމުގެ ރައީސް، ޖޯ ބައިޑެން އާއި ދެކޮޅަށް މުޒާހަރާ ކޮށްފި.

08:38

އަލް ޖަޒީރާ އަރަބިން ރިޕޯޓް ކުރާ ގޮތުގައި ވަރަށް ވަރުގަދަ ހަމަލާ ތަކެއް ފަލަސްތީނު މުޖާހިދުންނާ އިސްރޭލު ނިރުބަވެރިންނާ ދަނީ ޤައްޒާގެ އުތުރުގަ ހިނގަމުންނެވެ.
ނިރުބަވެރިން ޤައްޒާ ތެރެެއަށް ވަދެގަންނަން ކުރާ މަސައްކަތް ދަނީ އެމީހުން އުންމީދު ކުރި ގޮތަކަށް ނޫން.
ޔަހޫދީން ޤައްޒާ އަށް ވަދެގަންނަން މަސައްކަތް ކުރަން ފެށީސުރެ ފަލަސްތީނު މުޖާހިދުން ވަނީ އިސްރޭލު ނިރުބަވެރި ސިފައިންގެ 16 މީހަކު މަރާލާފައެވެ.

08:34

ފާއިތުވި 24 ގަޑިއިރު ތެރޭ ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ތިން ހަމަލާއެއް ދީފި.

08:26

ފަލަސްތީނު މީޑީއާތަކުން ހާމަކުރާ ގޮތުގައި އަންގާރަ އަދި ބުދަ ދުވަހު ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް ޔަހޫދީ ނިރުބަވެރިން ދިން ހަމަލާ ތަކުގައި 195 ޝަހީދުން ވާކަމަށް.
120 މީހުން ބިމާ ހަމަވި ގެތައް އަޑީގައި އަދިވެސް ތާށިވެފައި ވާކަމަށް.
777 މީހުނަށް އެކި ވަރުގެ ޒަހަމް ވި ކަމަށް

**************

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ކުށެއް ނެތް އާންމުންނާއި ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކަށް ހުއްޓުމެއް އައިސްފައި ނުވާއިރު، އެމީހުން ދެމުން އަންނަ ހަމަލާތައް އަންނަނީ ދުވަހުން ދުވަހަށް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު، ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ޖެހިޖެހިގެން ތިން ހަމަލާއެއްދީ، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ..

މި ހަމަލާގައި ގިނަ ބަޔަކު ޝަހީދުކޮށްލި ނަމަވެސް ޝަހީދުވެފައިވާ މީހުންގެ އަދަދު އަދި ކަށަވަރު ވެފައެއް ނުވެއެވެ. ޔަގީނުން ވެސް އާންމުން ދިރިއުޅޭ ފަސް އިމާރާތެއް ބިމާހަމަކޮށްލާފައިވެއެވެ. މި އިމާރާތް ބިމާ ހަމަކޮށްލާފައިވާއިރު، އެއިމާރާތުގައި އެވަގުތު ބަޔަކު ތިބި ކަމެއް ވެސް އަދި އެނގިފައެއް ނުވެއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު މި ހަނގުރާމަ ފެށިފައިވަނީ ނިރުބަވެރިން ޣައްޒާގެ ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތަކާއި އެރައްޔިތުން ބަންދެއްގައި ދިރިއުޅޭތީ ރައްޔިތުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުގެ މުޖާހިދުން އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޔަހޫދީންނަށް ކުއްލި ހަމަލާތަކެއް ދިނުމުންނެވެ. އެހަމަލާތައް ވެގެން ދިޔައީ ޔަހޫދީންނަށް ސިހުން ލިބުނު، ހަމާސްއިން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާއަށެވެ.

ހަމަލާގެ ބަދަލު ހިފުމަށް އިސްރާއީލުން އޭގެ ފަހުން ހަމަލާތައް ދޭން ފަށާފައިވާއިރު، މަދު މަދުން ދެމުން ދިޔަ ހަމަލާތައް ޔަހޫދީން މިހާރު ވަނީ ވަރުގަދަކޮށްފައެވެ. އަދި ޣައްޒާގެ ބައެއް ސަރަހައްދުތަކަށް އެއްގަމު މަގުން ވަނުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހަނގުރާމައިގެ ތެރޭގައި މިހާތަނަށް ޣައްޒާގެ 8000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ޔަހޫދީންނާއި މުޖާހިދުންގެ މެދުގައި ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހީމް

    ސިޔާސީ ގުޅުން ޤާއިމް ކޮށްފައިނުވާ ޤަވްމަކާ އެގުޅުން ކަނޑާނެގޮތެއް އަލީ ޒައިދު ބުނެދީބަލަ

    2
    1
    • މަންނަ

      ހިޔެއް ނުވޭ ގިނަ ދިވެހިންނަށް އެނގޭހެނެއް ސިޔާސީ އަދި އިގްތިސާދީ ގުޅުމެއް ނޯވޭ ކަމެއް، ހަމައެކެނި އެތަނުގެ ޕާސްޕޯޓް މަނާ ކުރަންވީ. އެއީ އޮތް ކަމަކީ ކުރަން.