ފަލަސްތީނުގެ ރައްޔިތުންގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އިސްރާއިލް މީހުން ދޫކޮށްލުމުން ނޫނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދެކޮޅު ހަދާކަން އިސްރާއީލުގެ ބޮޑުވަޒީރު ބެންނަމިން ނަތަންޔާހޫ ހާމަކޮށްފިއެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި 242 މީހުން ތިބި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެެއެވެ. އޭގެ ތެރެއިން ހަތަރު މީހަކު ހަމާސް އިން ވަނީ ދޫކޮށްލައިފައެވެ.

އޭނާ ބުނީ ހަމާސް ޖަމާއަތުގައި ތިބި ޔަހޫދީން ދޫކޮށްލުމެއް ނެތި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިންކާރުކުރާ ކަމަށާއި ހުރިހާ ގޮތަކުން ވެސް ނިރުބަވެރި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ނިރުބަވެރި އިސްރާއީލުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމަގައި ޣައްޒާގެ އެތަން މިތަނަށް ބޮން އަޅާ ދަނީ ސުންނާފަތި ކުރަމުންނެވެ.

މި ހަނގުރާމައިގައި ޣައްޒާގެ 9،000 އަަަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަހިބަދޫ މީހާ

    ހެހެ މިހާރު ތިވަނީ ކިހިނެއް ރާގު ބަދަލުވާން ފެށީ ކުރިން ބުނީ އަސީރުން ދޫކުރިޔަސް ނުހުއްޓާނަމޭ ކަލޭމެންގެ ސިފައިން މަރުވަން ފެށީމަ ބިރުގަތީ ޔަހޫދީން ނަކީ ދުނިޔޭގަ ތިބި އެންމެ މަރަށް ބިރުހަންނަ މީހުން މިފަހަރުވެސް އިރާދަފުޅުން ބަލިވެގެން ފައިބާނީ އަދި ހަނދާން ކުރާތި ގިޔާމަތުގެ ކުރިން ކަލޭމެން ނިކަމެތި ކަމާއެކު ތިބިމުން ބޭރުކޮށްލެވޭނެ.ﷲގެ ރަހުލަތުން އެދުވަސް ވަނީ ވަރަށް ކައިރީ ކަމަށް އުންމީދު ކުރެވޭ

    29
  2. ފްރީ ފަލަސްތީން

    ރަހީނުކުރި މީހުން ދޫކޮށްލިޔަސް ނުލިޔަސް ބޮން އަޅާނެ. ޒަޔަނިސްޓުން ތެދެއް ނަހަދާނެ

    26
  3. ޜަހީނު

    ތިޔަ އޮއްސާ ބޮންތަކުން ރަހީނުކުރި މީހުންތައް މަރުވެއްޖެ.

    23
  4. އަޒްރާ

    އެމެރިކާ އަޑީގަ އޮވެގެން މުސްލިމުންނަށް ކުރާ އަނޔާ މިގައުމުގަ ކީއްކުރަންތަ އެެރިކާ އެމްބަސީއެއް އުފެއްދީ އަހަރެމެން ބޭނުމެއްނުވޭ