ޔަހޫދީ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލްގެ ދޮރުމަތީ އޮތް ފަލަސްތީން ރެޑްކްރެސެންޓްގެ އެމްބިއުލާންސްއަކަށް ބޮން އަޅައިފިއެވެ.

އިސްރާއީލުން ހުއްޓުމެއް ނެތި ޣައްޒާއަށް ހަމަލާ ދެމުންގެންދާތާ މަހަކަށަވުރެ ގިނަ ދުވަސްވެއްޖެއެވެ. ޣައްޒާގެ އެތަންމިތަނަަށް އިސްރާއީލުގެ ނިރުބަވެރިން ބޮން އަޅަމުންދާއިރު، ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ ތަންތަނަށް ބޮން އަޅާފައި ވެއެވެ.

މިޑިއާ ރިޕޯޓްގައް ބުނާގޮތުގައި ނިރުބަވެރިން ވަނީ އަލްޝިފާ ހޮސްޕިޓަލް ކުރިމަތީ އޮތް އެމްބިއުލާންސްއަކަށް ބޮމުގެ ހަމަލާއެއް ދީފައެވެ.

އަލްޝިފާ ހޮސްޕިޓަލުގައި 5،000 އަށް ވުރެ ގިނަ ބަލި މީހުންތިބިއިރު، ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ކުރިމައްޗާއި ފަހަތު ޔާޑުތަކުގައި އެބަތިއްބެވެ.

މިއީ ޣައްޒާ ސިޓީ އާއި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަލް ކުދްރާ ވިދާޅުވީ މިއަދު އަލް ޝިފާ ހޮސްޕިޓަލާއި ޣައްޒާގެ އައްސޭރިފަށުގެ މަގަށް ދިން ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އަދި އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތެލާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ޑެލިވަރީކޮށް، ހާލުގައި ޖެހިފައިވާ މީހުން ފުރައިގެން ދިއުމަށް ރައްކާތެރި މަގެއް ހަމަޖައްސައިނުދެވިއްޖެނަމަ، އިތުރު ފުރާނަތައް ގެއްލިގެން ދާނެ. އަޅުގަނޑުމެން މިތިބީ މިތަނުގައި ނިކަމެތިވެފައި،". އަލްޤުދްރާ ވިދާޅުވިއެވެ.

އަލްޝިފާ ހޮސްޕިޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މީހުން ބުނީ އެމްބިއުލާންސްތަކަށް އަމާޒުކޮށްފައިވަނީ އަލްރަޝިދު މަގުގައި ކަމަށްވާތީ އެ މީހުންނަށް ބައިނަލްއަގުވާމީ ރައްކާތެރިކަން ދިނުމަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    އިންޝާﷲ އާޙިރުގަ ފަނާވެގެންދާނީ ތިޔަ ޔަހޫދީ ބައިގަނޑު ޔާﷲ ޔަހޫދީންނައް ވާގިވެރިވީ މީހުނާ އަޅާނުލާ ކުޅިބަލަން ތިބި މުސްލިމުންކަމައް ކިޔައިގެންތިބި ވެރިން މި ނުބައި ނުލަފާ ޔަހޫދީންނާ އެކީ މަހުޝަރު ކުރައްވާށި