ރަހުމެއް ނެތް ޔަހޫދީ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލްގެ ދޮރުމަތީ އޮތް ފަލަސްތީން ރެޑްކްރެސެންޓްގެ އެމްބިއުލާންސްއަކަށް ދިން ހަމަލާއެއްގައި ގިނަބަޔަކު ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިޑިއާ ރިޕޯޓްގައް ބުނާގޮތުގައި ނިރުބަވެރިން ވަނީ އަލްޝިފާ ހޮސްޕިޓަލް ކުރިމަތީ އޮތް އެމްބިއުލާންސްއަކަށް ބޮމުގެ ހަމަލާއެއް ދީފައެވެ.

އަލްޝިފާ ހޮސްޕިޓަލުގައި 5،000 އަށް ވުރެ ގިނަ ބަލި މީހުންތިބިއިރު، ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ކުރިމައްޗާއި ފަހަތު ޔާޑުތަކުގައި އެބަތިއްބެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ސްކައި ނިއުސް އިން ރިޕޯޓްކޮށްފައިވާގޮތުގައި ޝިފާ ހޮސްޕިޓަލުގެ ބޭރުގައި ހިނގި ހާދިސާއާ ގުޅިގެން 50 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އެ ނޫހުން ބުނީ ޣައްޒާގެ އުތުރުގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލުގެ ބޭރުގައި ހަލާކުވެފައިވާ އެމްބިއުލާންސަކާއި ބޮޑެތި ޒަޚަމްތަކާއެކު ތިބި މީހުންނާއި ޝަހީދުވެފައިވާ މީހުންގެ ވީޑިއޯ އެ ނޫހަށް ފެނިފައިވާ ކަމަަށެވެ.

ހަމާސް ޖަމާއަތުން ހިންގާ ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެ ހަމަލާ އަމާޒުވެފައި ވަނީ ޣައްޒާގައި ސީރިއަސް ޒަހަމްވި މީހުން ގޮވައިގެން ދަތުރުކުރި އެމްބިއުލާންސްތަކުގެ ގާފިލާއަކަށެވެ.

އަލް ޝިފާ ހޮސްޕިޓަލަކީ ޣައްޒާ ސިޓީ އާއި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީބުނީ

    ލާރިޔާ ހަތިޔާރާ ހުރި މުސްލިމު ބޮޑެތި ގައުމުތަކުގެ ވެރިންނޭ!! ކުޅެން ނުކެރޭވަރުގެ ހަތިޔާރު ނުގެންގުޅޭށޭ. އަހަރުމެނާ ހާވާލުކޮއްފަ ކުޅޭނެގޮތް ކިޔާދީފަ ބަލަންތިބޭށޭ. ފިނޑިން ކަނޑި ބަޑިއެއް ނުގެންގުޅޭނޭ