އިސްރާއީލްގެ ނިރުބަވެރިން ފަލަސްތީނުގެ ޣައްޒާގައި ހުރި ސްކޫލަކަށް ބޮން އަޅައި ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން ބޮން އަޅާފައި ވަނީ ޣައްޒާގެ އުތުރުގައި ހުންނަ އަލް-ސަފްތާވީ ސަރަހައްދުގައި ހުރި ހޮސްޕިޓަލަކަށެވެ. އެ ހޮސްޕިޓަލަށް ހަމަލާ ދިނުމުގެ ވަރަށް ގިނަ ބަޔަކު އެ ސްކޫލްތެރޭގައި ޝަހީދުވެފައި އެބަތިބިއެވެ. އަދި ޒަހަމްވެގެން ގިނަ ބަޔަކު ނުތެދުވެވިފައި އެބަތިބިއެވެ.

އެ ސްކޫލަކީ އެތައް ހާސް ބަޔަކު ހިޔާވަހިކަން ހޯދައިގެން ތިބި ސްކޫލެކެވެ. މި ހާދިސާއާ ގުޅިގެން ޝަހީދުވި އަދި ޒަހަމްވި މީހުންގެ ތަފްސީލެއް އަދި ސާފެއް ނޫނެވެ.

އިސްރާއީލުން މިއަދު ވަނީ ޣައްޒާގެ އެންމެ ބޮޑު ޝިފާ ހޮސްޕިޓަލްގެ އިތުރުން އަލް ގުދުސް ހޮސްޕިޓަލާއި އިންޑޮނޭޝިއަން ހޮސްޕިޓަލް ކައިރި އަށް ބޮން އަޅައިފައެވެ. ބޮން އެޅުމުގެ ސަބަބުން އެ ހޮސްޕިޓަލްތައް ކައިރިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަހީދުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަލޯ

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ޔަހޫދީންގެ މައްޗަށް އަޅަމެން ބާރުވެރިކުރައްވައި، އަޅަމެން ފާކުރައްވާންދޭވެ!

  2. ކަލޯގެޔާ

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ޔަހޫދީންގެ މައްޗަށް އަޅަމެން ބާރުވެރިކުރައްވައި، އަޅަމެން ފާކުރައްވާންދޭވެ!