01:15

ހައްދުފަހަނައަޅާފައިވާ އިސްރާއީލަށް ތާއީދުކޮށް މީސް މީޑިއާގައި ހިޔާލު ފާޅު ކުރި ދިވެއްސަކާ ދެކޮޅަށް މާލޭގައި މިރޭ އަޑުއުފުލައިފި.

01:00

ބައިނަލްއަގްވާމީ ގޮތުން މަނާކޮށްފައިވާ ފޮސްފަރަސް ބޮން ބޭނުން ކޮށްގެން ޒަޔަނިސްޓު ނިރުބަވެރިން އަލްޝާތީ ކޭމްޕަށް ހަމަލާ ދެނީ.

00:50

ޚާން ޔޫނިސްގެ ހުޅަނގުން ބާރުގަދަ ގޮވުންތަކެއް ގޮވާ އަޑު އިވެމުންދާ ކަމަށް ފަލަސްތީނު މީޑިއާ ތަކުން ރިޕޯޓު ކޮއްފި.

00:48

ފަލަސްތީނު މުޖާހިދުން ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައި ޔަހޫދީ ސިފައިންނާ ވަރުގަދަ ބަޑީގެ ހަމަލާ ދެމުންދާ އިރު، ޔަހޫދީ ހިސާރުވެރިން ދަނީ ވައިގެމަގުން ބީޗް ކޭމްޕް ވަށައިގެންވާ ސަރަހައްދުތަކަށް ފޮސްފަރަސް ބޮން އަޅަމުންނެވެ.

00:22

އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރާ ގޮތުގައި 2 ވަނަ މަތިންދާބޯޓު އުފުލާ މަނަވަރު ވަނީ މެދުއިރުމައްޗަށް އައިސްފައެވެ.

00:20

ޣައްޒާގެ ދެކުނުން އޮންނަ ޚާން ޔޫނިސް ސިޓީގެ އިރުމަތީ ސަރަހައްދުތަކުގައި މުޖާހިދުންނާ ޒަޔަނިސްޓު ސިފައިން ދަނީ ހަމަލާ ބަދަލު ކުރަމުން.

23:48

އިސްރާއީލުން ދަނީ ލުބުނާން ބޯޑަރު ކައިރީގައި ހަމަލާތައް ދެމުން.

23:21

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ އިސްރާއީލް އަސްކަރިއްޔާގެ 24 ވެހިކަލެއް މިދިޔަ ދެ ދުވަހުގެ ތެރޭގައި ފުނޑާލާފައިވާނެ ކަމަށް ހަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން އަލް-ޣައްސާމް ބްރިގޭޑްސް އިން މިރޭ ހާމަކޮށްފި.

23:01

އިސްރާއީލުން އޭއެފްޕީ އޮފީހަށް ދިން ހަމަލާ ތަހުގީގު ކުރަން ގޮވާލައިފި.

23:00

އިސްރާއީލްގެ އިދިކޮޅު ލީޑަރު ޔައިރް ލެޕިޑް: ހަމާސްގެ ހުރިހާ ލީޑަރުން ޝަހީދުކޮށްލަން ޖެހޭ. އޭގެ ތެރޭގައި ބައެއް ގައުމުތަކުގައި ތިބި ލީޑަރުން ވެސް ހިމެނޭ. މިސާލަކަށް ސަލީހް އަލް-އަރޫރީ ހިމެނޭ.

22:55

އިސްރާއީލްގެ ހަމަލާތަކުގައި 55 މިސްކިތާއި ތިން ފައްޅިއެއް ވަނީ ސުންނާފަތިވެފައި.

22:52

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ އިސްރާއީލް އަސްކަރިއްޔާގެ އިތުރު ހަތަރު ނިރުބަވެރިން މަރާލައިފި.

22:42

އިސްރާއީލްގައި މުޒާހަރާ ކުރާ ފަރާތްތަކާ ފުލުހުންނާ ދެމެދު މިހާރު ދަނީ ކުރަމަތިލަމުން. އިސްރާއީލް ފުލުހުން މީގެކުރިން ވަނީ މުޒާހަރާ ނުކުރެވޭނެ ކަމަށް ބުނެފައި.

22:41

އިސްރާއީލގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެ ކައިރީގައި މުޒާހަރާ ކުރަމުން އެބަދޭ. މުޒާހަރާ ކުރަމުންދާ މީހުން ދަނީ ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާފައި.

22:37

މިދިޔަ މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 1،006 އާއިލާއެއް ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތައް ދައްކައިފި.

22:12

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާގެ ހާއްސަ ތަގްރީރެއް ފަށަން ތައްޔާރުވެއްޖެ.

22:11

ރަފާހް ސަރަހައްދަށް ބޮން އެޅުމުގެ ސަބަބުން ތިން މީހަކު ވަނީ ޝަހީދުވެފައި. އޭގެ އިތުރުން ޣައްޒާގައި ހުރި އަލް-ރަހްމާ މިސްކިތަށް އިސްރާއީލުން ވަނީ ބޮން އަޅާފައި.

22:08

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމައިގެ ކުށްތަކެއް ހިންގަމުންދާ ކަމަށް އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ ވިދާޅުވެއްޖެ.

21:49

އިސްރާއީލުން ހިފާފައިވާ ސީރޫތަށް ހަމާސް އިން ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފި.

21:46

ބައިތު ލަހިއާ ސަރަހައްދުގައި މުޖާހިދުންނާއި އިސްރާއީލް ސިފައިންނާ ދެމެދު ވަރުގަދަ އަށް ކުރިމަތިލުންތައް އެބަ ހިނގާ.

21:45

ޣައްޒާގެ ބައިތު ލަހިއާ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އިސްރާއީލްގެ ޓޭންކެއް ގޮއްވާލާފައިވާ ކަމަށް ހަމާސް އިން ބުނެފި. ހަމާސް އިން ބުނި ގޮތުގައި މި ހަމަލާ ދީފައި ވަނީ އަލް ޔާސީން 105 ރޮކެޓުން.

21:08

ބައެއް ގައުމުތަކުގައި ދިރިއުޅެމުން އަންނަ އިސްރާއީލް ރައްޔިތުންނަށް ހަމަލާ ދޭން ރާވަމުންދާ ކަމަށް ބައެއް މިޑީއާތަކުން ރިޕޯޓު ކުރަން ފަށައިފި.

20:34

އިސްރާއީލުން މިހާރު ދަނީ އަލް-ގުދުސް ހޮސްޕިޓަލް ކައިރި އަށް ވެސް ބޮން އަޅަމުން.

20:33

ފަލަސްތީނުގެ ޣައްޒާގައި ހުރި މިސްކިތެއް ކައިރި އަށް އިސްރާއީލުން ބޮން އަޅައިފި.

 

20:32

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިނގައިދިޔަ ހަމަލާ ބަދަލު ކުރުންތަކެއްގައި އިސްރާއީލް ސިފައިންގެ މީހަކު ޒަހަމްވެފައިވާ ކަމަށް އަސްކަރިއްޔާ އިން ބުނެފި. މި ހަމަލާތައް ދީފައި ވަނީ ވެހިކަލެއްގައި އައި ބަޔަކު ކަމަށް އަސްކަރިއްޔާ އިން ބުނޭ.

ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ރޯޑް ބްލޮކް ޖަހައި، ބަލާ ފާސް ކުރަމުންދާ ކަމަށް ވެސް އަސްކަރިއްޔާ އިން ބުނޭ.

20:29

އިސްރާއީލްގެ އެއިލެޓް އަށް ހަމާސް އިން ރޮކެޓެއް ފޮނުވާލައިފި. ހަމާސް އިން ފޮނުވާލާފައި ވަނީ އައްޔާޝް 250 ގެ ރޮކެޓެއް. އެ ރޮކެޓް ވައިގެ ތެރެއިން ދަނިކޮށް ނައްތާލާފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވޭ. މިއީ ހަމާސް އިން އުފައްދާފައިވާ ދުރު ރާސްތާ ރޮކެޓެއް. މި ހަނގުރާމައިގެ ތެރޭގައި ހަމާސް އިން ވަނީ މިފަދަ ގިނަ ރޮކެޓްތަކެއް އިސްރާއީލާ ދިމާލަށް ފޮނުވާލާފައި. މި ރޮކެޓަކީ 250 ކިލޯމީޓަރަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ރޮކެޓެއް ކަމަށް ހަމާސް އިން ބުނޭ.

20:22

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ އިސްރާއީލް އަސްކަރިއްޔާގެ ފަސް ނިރުބަވެރިން މަރާލާފައިވާ ކަމަށް ހަމާސް އިން ބުނެފި.

20:11

އިސްރާއީލުން ޣައްޒާގައި ހުރި ކުދިކުދި މަސް ދޯނިތަކަށް ހަމަލާދީ އަންދާލާފައި.

20:04

ޣައްޒާގެ ސްކޫލަކަށް ބޮން އެޅުމާ ގުޅިގެން ގަތަރުން އެކަން ކުށްވެރިކޮށްފި.

19:53

ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ އަލް ފޮޚާރީ ސަރަހައްދުގައި އިސްރާއީލްގެ އަސްކަރީ ޖެޓްތަކުން ދިން ހަމަލާއެއްގައި ޒުވާނަކު ޝަހީދުވެ، އިތުރު މީހަކު ޒަހަމްވެއްޖެ.

19:32

ޣައްޒާގެ ތަލް އަލް-ހަވާ ސަރަހައްދުން ވަދެގަންނަން މަސައްކަތް ކުރި ޔަހޫދީންގެ ދެ ވެހިކަލަކަށް ހަމަލާދީ ސުންނާފަތިކޮށްލައިފި. ހަމާސް އިން ބުނީ އެ ހަމަލާތައް ދިނީ އަލް-ޔާސީން 105" ރޮކެޓުން ކަމަށް.

19:04

ރިޕޯޓު: ދިރިހުރި ކޮންމެ އެއްޗަކީ އިސްރާއީލްގެ ނިރުބަވެރިންގެ އަމާޒެއް!

19:00

އަލް ގައްސާމް ބްރިގޭޑްސް އާއި އަލް ޤުދުސް ބްރިގޭޑްސް ގުޅިގެން ތަލް އަލް ހަވާގެ ދެކުނަށް ވަން ދުޝްމަނުންގެ އުޅަނދުތަކަށް މޯޓަރު ބަޑިން ވަރުގަދަ ހަމަލާތަކެއް ދީފި.

18:50

އިސްރާއީލަށް އަމާޒުކޮށް ލުބުނާނުން ފޮނުވާލި ހަމަލާކާ ގުޅިގެން ހިޒްބުﷲ ގެ ތަންތަނަށް ހަމަލާ ދޭ ވީޑިއޯ ފޫޓޭޖެއް އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި. އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި މި ހަމަލާތައް ދިނީ ރޮކެޓް ރައްކާ ކުރާ ސައިޓްތަކަށާއި ކޮމްޕައުންޑްތަކަށް.

 

18:44

އިސްރާއީލް ސިފައިން ޣައްޒާގައި.
އިސްރާއީލް ސިފައިން ޣައްޒާގައި.

18:41

ހަމާސް އިން ބުނީ ޣައްޒާގެ ހުޅަނގު އުތުރުގެ އިމާރާތެއްގެ ތެރޭގައި ތިބި އިސްރާއީލް ސިފައިންނަށް ހަމަލާދީފައިވާ ކަމަށް. މެޝިން ބަޑި އާއި ބޮމުން ދިން ހަމަލާތަކުގައި ފަސް ސިފައިންގެ މީހަކު މަރާލައި އިތުރު ސިފައިން ޒަހަމްކޮށްލާފައިވާ ކަމަށް ހަމާސް އިން ބުނޭ.

މިކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން އަދި ވަކި އެއްޗެއް ނުބުނޭ.

އިސްރާއީލާއި ހަމާސްއާ ދެމެދުގައި މިއަދު ވެސް ޣައްޒާގެ އެކި ހިސާބުތަކުގައި ދަނީ ކުރިމަތިލުންތައް ހިނގަމުން.

18:27

ހަމާސް އިން މީގެއިރުކޮޅެއް ކުރިން އިސްރާއީލުން ހިފާފައިވާ ކިބުޓްޒް އަށް ރޮކެޓް ހަމަލާއެއް ދީފި.

18:06

ނުސެއިރާތު ކޭމްޕްގައި ހުރި މިސްކިތެއް ކައިރީ ހުރި ގެއަކަށް ވެސް ދެންމެ ބޮން އަޅައިފި.

18:06

ޣައްޒާގެ އެކި ހިސާބުތަކަށް އިސްރާއީލުން މިހާރު ވަރުގަދަ އަށް ބޮން އަޅަމުންދާ ކަމަށް ރިޕޯޓުތައް ބުނޭ.

18:05

އަލް ޒައިތޫން ސަރަހައްދުގައި އިސްރާއީލުން ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ގެއަކަށް ބޮން އަޅައިފި.

17:56

އިސްރާއީލްގައި ހުރި ތުރުކީގެ ސަފީރު އެނބުރި ގައުމަށް ގެންނަން ތުރުކީން ނިންމައިފި.

17:22

އިސްރާއީލްގެ އަނިޔާވެރި ނިރުބަވެރިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އުދުވާނާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން "ރައިޓް މޫވްމަންޓް" ގެ ފަރާތުން މިރޭ މާލޭގައި ބާއްވަން ހަމަޖެހުނު ހާއްސަ ސައިކަލް ބުރަކާއި އެއްވުން ފަސްކޮށްފި.

17:03

ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ގެ ހާއްސަ ތަގްރީރެއް މި މަހުގެ 11 ވަނަ ދުވަހު ދެއްވާ ގޮތަށް ހަމަޖެހިއްޖެ.

17:01

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ އަދަދު 2،200 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް. އޭގެ ތެރޭގައި 1،250 ކުޑަކުދިން ހިމެނޭ ކަމަށް ތަރުޖަމާނު ވިދާޅުވި.

 

16:59

ތެޔޮ ހުސްވުމުގެ ސަބަބުން ޖަނެރޭޓަރުތައް ނިވުމާ ގުޅިގެން ފަލަސްތީނުގެ ޣައްޒާގެ އިތުރު ހޮސްޕިޓަލެއްގެ ހިދުމަތްތައް ހުއްޓުމަކަށް އަތުވެއްޖެ.

16:43

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ކުރިއަށް އޮތް ތިން ގަޑިއިރުގެ ތެރޭގައި ޣައްޒާގެ ދެކުނަށް ހުރިހާ ރައްޔިތުން ދިއުމަށް އަންގާ ކަމަށް. އަދި ދަތުރު ކުރާ އެއްވެސް އާންމު ރައްޔިތަކަށް ހަމަލާ ނުދޭނެ ކަމަށް ބުނެފައިވޭ. އެގޮތުން މެންދުރު އެކަކުން ފެށިގެން ހަތަރަކާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވޭ.

"އަމިއްލަ ނަފްސާ މެދުގައި އަޅާލާ ނަމަ، އަދި ލޯބިވާ މީހުންނާ މެދުގައި އަޅާލާ ނަމަ، (ޣައްޒާގެ) ދެކުނަށް ދޭ." އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވޭ.

 

16:38

ޣައްޒާގެ އަލް ނަޞްރު މަގަށް ޒަޔަނިސްޓް އިޒްރޭލުން ވައިގެ ހަމަލާއެއް ދެނީ.

16:13

ހިޒްބުالله އިން ބުރުކާން ރޮކެޓް ބޭނުންކޮށްގެން ނިރުބަވެރި އިސްރާއީލުގެ ޖަލް އަލް އަލަމް އަސްކަރީ މަރުކަޒަށް ވަރުގަދަ ހަމަލާއެއް ދީ އެތަން އެއްކޮށް ބިމާ ހަމަކޮށްފި.

މީގެ އިތުރުން ހިޒްބުالله އިން ވަނީ އަލް އަބާދު އަސްކަރީ މަރުކަޒަށް އަމާޒުކޮށްވެސް ރޮކެޓް ހަމަލާއެެއް ދީފައެވެ.

16:10

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އޮންނަ ތާއީދު ކުޑަވާން ފަށާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ހެދި ސާވޭތަކުން ދައްކައިފި

15:48

ބައިތު ލަހިޔާގެ ހުޅަނގުން އޮންނަ އަލް އަތަތުރާ ސަރަހައްދުގައި ޒަޔަނިސްޓް ސިފައިންނާ، އަލްޤަސާމް މުޖާހިދީން އެކި ހަތިޔާރާއެކު ކުރިމަތިލުންތަކެއް ހިނގަމުންދާކަމަށް އެބަ ރިޕޯޓް ކުރެ އެވެ.

15:46

ޣައްޒާގެ ހުޅަނގުން އޮންނަ ތަލް އަލް ހަވާ ސަރަހައްދުގައި ހުންނަ އަލް ޤުދުސް ހޮސްޕިޓަލްގެ ގޭޓާ ދިމާ ކުރިމަތީގައި ހުރި އިމާރާތަކަށް ޔަހޫދީ ނިރުބަވެރިން ވައިގެ ހަމަލާތަކެއް ދީފި

15:32

ޣައްޒާގެ އުތުރުގައި އުންނަ އަލް-ފަޚުރާ ސްކޫލަށް ދިން ހަމަލާގައި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 12 މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓް ތަކުން ބުނެފި.

އަލް-ފަޚުރާ ސްކޫލަށް ދިން ހަމަލާގައި ޒަހަމްވި މީހުން-- ފޮޓޯ: އަލްޖަޒީރާ
އަލް-ފަޚުރާ ސްކޫލަށް ދިން ހަމަލާ-- ފޮޓޯ: އަލްޖަޒީރާ
އަލް-ފަޚުރާ ސްކޫލަށް ދިން ހަމަލާގައި ޒަހަމްވި މީހުން-- ފޮޓޯ: އަލްޖަޒީރާ

15:29

ނިރުބަވެރި އިސްރާއީލުން މިހަނގުރާމަ ފެށުނު ފަހުން 46 ނޫސްވެރިއަކު ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާއިން ބުނެފި.

15:26

ރަހީނުން މިނިވަން ކުރުމަށްޓަކައިި ޙަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން އެމެރިކާގެ ރައީސް، ޖޯ ބައިޑެން ގޮވާލައިފި

15:20

ޣައްޒާގެ އިރުމަތީގައި އޮންނަ އަލް ޝުޖާޢިޔާ އަވަށަށް ހައްދުފަހަނަ އަޅާފައިވާ ޒަޔަނިސްޓް ސިފައިން ވައިގެމަގުން ހަމަލާތަކެއް ދީފި.

ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޝަހީދުވެފައި ތިބި ގިނަ ކުޑަކުދިން ދަނީ ފެންނަމުން.

15:03

ޣައްޒާގެ ދެކުނުގެ އަވަށެއް ކަމަށްވާ ޚާން ޔޫނުސްގެ ސޯލާ ޕެނަލްތަކަށާއި ފެން ޕްލާންޓުތަކަށް ނިރުބަވެރި އިސްރާއީލުން ހަމަލާތައް ދޭން ފަށައިފި.

14:40

ޣައްޒާގައި ހުންނަ އިތުރު ދެ މިސްކިތަކަށް ނިރުބަވެރި އިސްރާއީލުން ބޮން އަޅައިފި

14:21

ނިރުބަވެރި އިސްރާއީލުން މިހާރު ހަމަލާތައް ދެމުން އަންނަނީ މިސްކިތްތަކަށާއި މަސް ބޯޓުތަކަށް ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔާ، ހަނީ މުހުމޫދު ވިދާޅުވެއްޖެ.

13:49

އިސްރާއީލުން މިއަދު ހެނދުނު ޝަހީދު ކޮށްލި ކުޑަކުދިންތަކެއް

13:37

މިއަދު ފަތިހު ނާބްލުސްގެ ބަލާޓާ ކޭމްޕް ހިފަން ޒަޔަނިސްޓް ނިރުބަވެރިން ވަދެގެން އަައިމަގުމަތީގަ މުޖާހިދުން ދޭން ފެށި ވަރުގަދަ ބަޑީގެ ހަމަލާގެ ސަބަބުން ދުވެ ފިލަނިކޮށް އިން ވީޑިއޯއެއް ސޯޝަލް މީޑިއާގަ އާންމުވެއްޖެ.

13:30

ޣައްޒާގައި ދިރިއުޅެމުން ދިޔަ މައްކާ އާއިލާއަކަށް އަމާޒުކޮށް ނިރުބަވެރިން ހަމަލާއެއް ދީފި.

13:26

ޔަހޫދީ ނިރުބަވެރި އިސްރާއީލުގެ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީގެ އަލް ސަބްރާ ސަރަހައްދުގައި މީހުން ދިރިއުޅޭ އިމާރާތަކަށް ހަމަލާދީފި

13:19

ފަލަސްތީނުގެ އުތުރުން، ޣައްޒާގެ އަލް ފަޚުރާ ސްކޫލަށް އަމާޒުކޮށްގެން ނިރުބަވެރި އިސްރާއީލުން ވައިގެ ހަމަލާއެއް ދީފި.

13:14

އަލްޤައްސާމް ބްރިގޭޑްސް އިން ވަނީ ބައިތު ލާހިޔާގެ ހުޅަނގު އުތުރަށް ވަންނަން މަސައްކަތް ކުރި ޒަޔަނިސްޓް ޔަހޫދީ ސިފައިންގެ އުޅަނދުތަކަށް މޯޓަރ ބަޑިން ހަމަލާދީފަ އެވެ.

12:20

ހުޅަނގު އައްސޭރީގެ ހެބްރޫންގެ އުތުރުން އޮންނަ ބެއިތް އުއްމާރްގައި ނިރުބަވެރިން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ 8 މީހަކު ޒަހަމްވެއްޖެ.

11:59

ފަލަސްތީނަށް އޮތް ލޯބި ދައްކާލައި އާޖެންޓީނާގެ ވެރިރަށް ބުއެނޮސް އައިރެސްގައި ހިނގާލުމެއް ބާއްވައިފި. މިހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި، އެތަން މިނިވަން ކުރުމަށް ގޮވާލާފަ.

އާޖެންޓިނާގައި ބޭއްވި ހިނގާލުން--ފޮޓޯ: ރޮއެޓާސް

11:53

ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ނިރުބަވެރިންނާއި ދެމެދު މިހާރު ކުރަމުން އަންނަ ހަނގުރާމަ ފެށުނު ފަހުން، ޣައްޒާގެ ރައްޔިތުންނަށް ދުވާލަކަށް ކާން ލިބެނީ ދެ ފޮތި ޕާން ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ބުނެފި

11:44

އިސްރާއީލުގެ ހައްދުފަހަނަ އެޅި ޒަޔަނިސްޓް އިސްތިއުމާރީ ބާރުތަކުން ވެރިވެގަންނަން މަސައްކަތް ކުރާ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ އަލް ފައްވާރު ރެފިއުޖީ ކޭމްޕްގައި ގިނަ ބަޔަކު ހައްޔަރުކޮށް ބަންދުކުރުމުގެ ކެމްޕޭނެއް ހިނގަމުންދާ ކަމުގެ ރިޕޯޓްތައް އެބަ ލިބެ އެވެ.

11:27

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހުންނަ އެކުވެރި ފްރާންސްގެ އިމާރާތަކަށް ބޮން އަޅައިފި.

10:57

ޣައްޒާ ސިޓީގެ ހުޅަނގުން އޮންނަ އަލް ނަޞްރު ހޮސްޕިޓަލް ގޭޓު ކުރިމައްޗަށް ހައްދުފަހަނަ އަޅާފައިވާ ޒަޔަނިސްޓް ނިރުބަވެރި އިސްރާއީލު ސިފައިން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އާންމުންގެ އެތައް ބަޔަކު ޝަހީދުވެ އިތުރު ބަޔަކު ޒަހަމްވެއްޖެ އެވެ.

10:50

ޣައްޒާގައި ރަހީނު ކުރެވިފައިވާ މީހުންގެ އާއިލާތަކުން ނުކުމެ ނިރުބަވެރި ސިފައިންގެ ޓެލް އަވީވްގައި ހުންނަ މައި މަރުކަޒު ކައިރީގެ މަގު ބަންދުކޮށްފި.

10:40

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޒުވާނަކަށް މަގުމަތީ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެ.

10:09

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގެ ބޭރަށް ދިން ހަމަލާގައި 15 މީހަކު ޝަހީދުވެ، 50 އަށްވުރެ ގިނަ މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ޣައްޒާއިން ބުނެފި

09:50

ހޮސްޕިޓަލްތައް ހިމެނޭހެން ނިރުބަވެރި އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކެއް ރޭ ޣައްޒާގެ އެކި ސަރަހައްދުތަކަށް ދީފި.

09:19

ހެބްރޫންގެ ދެކުނުގައި އޮންނަ އަލް ފައްވާރު ކޭމްޕަށްް އަރާ އަލް ފައްވާރު މިސްކިތަށް ވަދެ މިސްކިތުގެ މުންނާރުގައި ޔަހޫދީ ނިރުބަވެރި ސިފައިން އިޒްރޭލު ދިދަ ނަގައިފި އެވެ.

މިކަން ހިނގި ކަމަށް ވަނީ ޔަހޫދީން ޖެހި ރެއިޑެއް ނިންމާފައި ދަނިކޮށް ކަމަށް ވެއެވެ.

ޔަހޫދީ ސިފައިން ފައްވާރު މިސްކިތު މުންނާރުގަ އިޒްރޭލު ދިދަ ނަގާފަ.

08:24

ފަލަސްތީނުގެ ދައުލަތުގެ ނޫސް އެޖެންސީ ވާފާ އިން ބުނާ ގޮތުގައި ޢައްޒާގެ ހުޅަނގު އުތުރުން އަލް ނާސިރު، ޖަބަލިއާ، ބައިތު ހަނޫން، އަތާތުރާ، އަލް ސުދާނިއާ އަދި ބައިތު ލާހިޔާ އަދި ޣައްޒާ ސިޓީގެ އަލް ޓޫފާ އަވަށްތަކަށް ރޭގެ އެކި ވަގުތު ތަކުގަަައި ނިރުބަވެރި ޔަހޫދީ ސިފައިން ވަނީ ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

އިންޑޮނޭޝިއާގެ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދުތަކަށް ވެސް އަނެއްކާވެސް ހަމަލަާ އަމާޒު ކުރި އިރު، ނޫސެއިރާޓް އަދި ބުރޭޖް ކޭމްޕްތަކުގައި ދިރިއުޅޭ ގެތަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.

ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔޫނިސް އަށް ވެސް ވަނީ ހަމަލާދީފަ އެވެ.

08:17

އަލްޖަޒީރާގެ ސަނަދު އެޖެންސީން ރިޕޯޓް ކުރާ ގޮތުގައި ނިރުބަވެރި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކަށް ދަނީ ވަރުގަދަ ރެއިޑް ތަކެއް ޖަހަމުންނެވެ.

 

************

ނިރުބަވެރި އިސްރާއީލް ސިފައިން ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުން އަންނަ ހަމަލާތަކުން މިހާރު ޣައްޒާއިން ފެނިގެން ދަނީ އިންސާނަކަށް ކެތް ކުރެވޭނެ މަންޒަރެއް ނޫނެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ މުސްލުމުންގެ ފުރާނަ ދުއްވާލައި، އެއްވެސް ރަހުމެތް ނެތް އަނިޔާ ކުރަމުން އަންނައިރު، ދުވަހުން ދުވަހަށް މި އަނިޔާ އަންނަނީ ވަރުގަދަ ކުރަމުންނެވެ.

ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ޝަހީދުވަމުން އަންނައިރު، ޣައްޒާގެ ގަބުރުސްތާނުތައް ފުރި، ވަޅުލާން ޖެހޭ މީހުން ވަޅުލަމުން އަންނަނީ ވަޅުލެވެން ހުރި ދިމަދިމާއެއްގައެވެ. އެމީހުންގެ ހަށިތައް ވަަޅުލުމަށްފަހު، އިމާރާތް ކުރުމަށް ބޭނުން ކުރާ ގާތައް މަހާނަ ވަކި ކުރަން ބަހައްޓައެވެ.

ގަބުރުސްތާނުގެ ދަތިކަން ހުރުމުން ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ހަށިތައް އައިސްކްރީމް ފްރީޒަރުތަކުގައި ވެސް އަންނަނީ ރައްކާކުރަމުންނެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުގައި ބެހެއްޓިފައިވާ ޖަނަރޭޓަރުތައް ފެއިލްވެ، ތެލާއި ބޭހުގެ ދަތިކަން ކުރިމަތިވުމުން ސިއްހީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް މިހާރު އޮތީ ދީފައެވެ

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކަށް މަހެއްހާ ދުވަސްވެފައިވައިރު، މިހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 9000 އަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު