ރިލަޔަންސް އިންޑަސްޓްރީޒްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު މުކޭޝް އަމްބާނީއަށް މަރުގެ އިންޒާރުދިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ބިލިއަނަށް މަރުގެ އިންޒާރު ދީފައި ވަނީ އީމެއިލް މެދުވެރިކޮށެވެ. އެހެންކަމުން އަވަށްޓެރި އިންޑިއާގެ މުމްބާއީގެ ފުލުހުންގެ ކްރައިމް ބްރާންޗުން ވަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައިފައެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ތެލެންގާނާއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ފިރިހެނަކާއި މުމްބާއީގެ ގަމްދޭވީ ސަރަހައްދުން ޝަބާދު ޚާން ނަމަކަށް ކިޔާ އަންހެނެކެވެ.

ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން މިހާރު ދަނީ ތުހުމަތު ކުރެވޭ މީހާއާ ސުވާލު ކުރަމުންނެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާގެ ބިލިޔަނަރު މުކޭޝް އަމްބާނީ އަށް މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެއް އީމެއިލް އައިޑީއަކުން އިންޒާރުގެ މެއިލްތައް ލިބެމުން އަންނަ އިރު ހޮނިހިރު ދުވަހާއި ހޯމަ ދުވަހު ވެސް އިންޒާރުތައް ފޮނުވާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޮކްޓޯބަރު 31 އާއި ނޮވެމްބަރު އެކަކާ ދެމެދު އަމްބާނީއަށް ދެ އިންޒާރެއް ދީ މެއިލް ލިބިފައިވާ ކަމަށެވެ.

އޮފިޝަލުން ބުނީ އިންޒާރުގެ ހުރިހާ އީމެއިލްއަކުން ވަނީ ފައިސާއަށް ޑިމާންޑްކޮށްފައި ކަމަށެވެ. އެ ދެ މީހުން އެންމެ ފުރަތަމަ ވަނީ މުކޭޝް އަމްބާނީއަށް 20 ކްރޯޑް ރުޕީސް ދިނުމަށް އެދިފައެވެ. އޭގެ ފަހުން 400 ކްރޯޑް ރުޕީސްއަށް އިތުރުކޮށް އެ ފައިސާ ނުދީފި ނަމަ އަމްބާނީގެ ގަޔަށް ބަޑިޖަހާ މަރާލާނެ ކަމުގެ މަރުގެ އިންޒާރު ދީފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އޭއެންއައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މުކޭޝް އަމްބާނީގެ ސެކިއުރިޓީ އިންޗާޖުގެ ޝަކުވާއަށް ބިނާކޮށް މުމްބާއީގެ ގަމްދޭވީ ޕޮލިހުން ވަނީ ނޭނގޭ މީހަކާ ދެކޮޅަށް 387 ވަނަ މާއްދާ (ވައްކަން ކުރުމުގެ ގޮތުން މަރުގެ ބިރުގައި ނުވަތަ ބޮޑެތި އަނިޔާތަކެއް ލިބުމުގެ ބިރުގަތުން) އާއި 506 ވަނަ މާއްދާގެ ދަށުން މައްސަލަ ރަޖިސްޓްރީކޮށްފައެވެ.

އިންވެސްޓިގޭޓަރުން ބުނީ މިކަމަކީ ޓެކް އަށް ފަރިތަ މީހެއް ކުރި ކަމެއް ކަމަށާއި އޭނާ އެ ޖަރީމާ ހިންގީ "ހަމަ މަޖާ ކުރަން" ކަމަށެވެ.

އޭނާ އެއް އީމެއިލްގައި "ކެޗް މީ އިފް ޔޫ ކެން" ލިޔެފައި އޮތްއިރު، ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި އެފަދަ އެއް އީމެއިލް އެހެން ވިޔަފާރިވެރިއަކަށް ވެސް ފޮނުވާފައިވާ ކަމަށް ފުލުސް އޮފިސަރަކު ބުންޏެވެ.

ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ޚާންތު ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަސދދ

    އިންޒާރު ދިނުން އެއީ އެއްމެ ބޮޑު ޖަރީމާ.
    ފަލަސްތީނުގައި ގަތުލުކުރަމުންދާ ކުޑަކުދިންނާއި، މުސްކުޅިންނާއި ބަލިމީހުން މަރާ މީހުންނަށް އިންޑިއާ މީހުން ހިތްވަރު ދިނުން އަހަރެންނަށް ހީވާނީ އިންޒާރަށް ވުރެ ނުރައްކާހެން.

    9
    1