ފަލަސްތީނުގެ ގުދުސްގައި ހަ ގަޑިއިރު އެކަނިމާއެކަނި އިސްރާއީލް ސިފައިންނާ ކުރިމަތިލި މުޖާހިދަކު ރޭ ޝަހީދުވެއްޖެއެވެ.

ގުދުސް އިރުމަތީގައި އޮންނަ އަބޫ ދިސް އަވަށަށް ވަދެގަތް ޒަޔަނިސްޓު ފައުޖަކާ ފަލަސްތީނުގެ މުޖާހިދަކު އެކަނި ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެކަމަކު، އިސްރާއީލުން ފޮނުވާލި ވަރުގަދަ ހަމަލާތަކުގެ ސަބަބުން ވިހި ވަރަކަށް އަހަރަށްދާ ނަބީލް ހަލަބިއާ ވަނީ ޝަހީދުވެފައެވެ.

އަދި އެ ޒުވާނާގެ ހަށިގަނޑު މިހާރު ވަނީ އިސްރާއީލް ސިފައިން ގެންގޮސްފައެވެ.

ޝަހީދު ނަބީލް ވަނީ ހަ ގަޑި އިރު ވަންދެން ނިރުބަވެރި އިސްރާއިލްގެ ފައުޖާ އެކަނި ކުޑަ ގެއެއްގެ ތެރޭ އޮވެ ހަމަލާދީފައެވެ. ނިރުބަވެރިން ވަނީ އޭނަ ހުރި ގެއަށް ޓޭންކް ދަހަނާ ފޫ އަޅުވޭ އެންޓި ޓޭންކް ބަޑި އަކުން ވެސް ހަމަލާ ދީފައެވެ.

ނިރުބަވެރިން އެންމެފަހުން އެ ޒުވާނާ ޝަހީދުކޮށްލީ ވައިގެ ހަމަލާއަކުން އެގެ ބިމާ ހަމަކޮށްލައިގެންނެވެ.

މީސް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ޝަހީދު ނަބީލް ހަމަލާ ބަދަލު ކުރި ގޭގައި ވަރަށް ބައިވަރު ލޭ ހުރިތަން ފެނުނެވެ. އޭނާގެ ގައިން އެހާ ގިނަ ލޭ ފޭބީ ޝަހީދު ނަބީލް ހަ ގަޑިއިރު ވަންދެން އެކަނި ކުރި ހަނގުރާމައިގައި ހަށިގަނޑުގެ އެތައް ތަނަކަށް ހަމަލާ އަރަމުން ދިޔަ އިރުވެސް އޭނާ އުންމީދު ކަނޑާނުލައި ދިން ހަމަލާތަކުގެ ސަބަބުންނެވެ.

އޭނާ ޝަހީދުކޮށްލުމަށް ފަހު ޔަހޫދީން އެތަނުން ދިޔައީ ބުލްޑޯޒަރެއް ބޭނުން ކޮށްގެން އޭނާގެ ހަށިގަނޑު ވެސް ވަގަށް ނަގައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީ

    ތީ އަހަރުމެންގެ ސުޕަރ ހީރޯއެއް. އިންޝާﷲ މިހާރު ތިބާ ވާނީ ﷲގެ ތަނަވަސް ނިޢުމަތްތައް އަބަދުގެ އަބަދައް ލިބޭ ހާލުގައެވެ

    78
  2. Anonymous

    މާޝާ الله. ހިތްވަރުގަދަކަން އެ ޅަޒުވާނާ... އެފުރާނައަށް މާތްالله ޖައްނަތުލް ފިރުދައުސް މިންވަރު ކޮއްދެއްވާށި. އާމީން!

    79
  3. އާދަމް

    މާތް ﷲ ނަބީލަށް ފާފަފުއްސަވާ ޝަހީދެއްގެ ފުރިހަމަ އަޖުރު ދެއްވާށި. އަދި ޖަންނަތުލް ފިރުދައުސްގައި ލައްވާށި. އާމީން
    "ވިހި ވަރަކަށް"އެއީ ބަހުގެ ޤަވާއިދާ ޚިލާފު ގޮތް. ރަނގަޅު ގޮތަކީ ވިއްސަކަށް

    65
    1
  4. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

    ޔާﷲމުސްލިމު އުންމަތުގެވެރިންވަނީ މިފަނާވަނިވިދުނިޔޭގެ ދަހިވެތިކަމުގަ މުސްސަދިންވެސްވަނީ ގެންގުޅޭމުވަޒަފުންނަ އަނިޔާވެރިވަމުން މިއަޑުއަހާ އިންސާހޯދާދިނުމަށްތިބޭ ގާޒީންވެސްވަނީ ރިސްވަތުގެމަންފާނަގާ އިންތިހާއަށް ނިކަމެތިންމައްޗަށް އަނިޔާވެރިކަން ދަމަހައްޓަމުން އަޅަމެންގެމައްޗަށް އިންސާފްލިބުންވަނީ އިބަﷲގެދަތުބާރުން މިބައިމީހުންނަ އިންސާފްކޮށްދެއްވަވާދޭ އާމީން

    5
    0
  5. ބޭބެ

    އިންނާ ލިލާހި ވައިނާ އިލައިހި ރާޖިއޫން.މާތްﷲ އެ މުޖާހިދުގެ ޖިހާދު ޤަބޫލުކުރައްވާ ސުވަރުގެ ލައްވާށި.އާމީން

    67
  6. މުސްލިމު ފަރުދެއް

    ... ހިތަށްކުރާ އަސަރު ބަޔާން، ދުލުންވެވޭ ވަރެއްނުވޭ
    އެތައްމިތާ އަޚުން މަރާ، ހަދާގޮތުން ކެތެއްނުވޭ
    ގެތައް އެކީގަލޫޓުވާ ނުބައިވި ކާފަރުންދުވޭ

    ހިތަށްނުވެސް އަރާވަރަށް ދަރިން މައިން ޔަތީމުވޭ
    އެތައްސަތޭކަ ޢާއިލާ ޖިހާދުކޮށް، ޝަހީދުވޭ

    .. ވެރިން ނެތީމަ ހެޔޮލަފާ، ދުނިޔެ ފަސާދަ ވެއްޖެޔޭ
    ވެރިން މިހާރު އުއްމަތާ ޚިލާފު އާއްމުކޮށްވެޔޭ
    ކުރީގެ މާތްވި އާދަޔާ އުޞޫލުތައް ނެތިއްޖެޔޭ

    ކުރީގެ ތިން ޤަރުނުވިމާތް، މިދުނިޔެ ސިއްސުވާލިއޭ
    ވެރިން ފިސާރި ހަރުދަނާ މިއުއްމަތަށް އުފަންވިޔޭ

    (ޢަލީ ރަމީޒު ކިޔާފައިވާ މަދަޙަ އެއްގެ ބައިތަކެއް)

    38
  7. ޚާލިދު

    الله يرحمه

    31
  8. ބޮލުރޮދި

    މާޝާ ﷲ! ކޮންފަދަ ހިތްވަރުގަދަ ޒުވާނެއް! މި ޒުވާނާއަށް މާތްﷲ ޖަންނަތުލް ފިރުދައުސްގެ އެންމެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށި!
    އާމީން!
    ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ ޔަހޫދީން ހަލާކު ކުރައްވާ ނެތިކުރައްވާނދޭވެ! އަދި އެބައި މީހުންގެ ހިއްޕެވުމަކީ އެބައި މީހުންނަށް ވޭންދެނިވި ބިރުވެރި ހިއްޕެވުމެއްކަމުގައި ލައްވާންދޭވެ!
    އާމީން!
    ފަލަސްޠީނުގެ މުޖާހިދުންނަށް ނަޞްރާއި ކާމިޔާބު ދެއްވާންދޭވެ! އަދި މުޖާހިދުންގެ ޙަމަލަތައް އަމާޒަށް ވާޞިލް ކޮށްދެއްވާންފާންދޭވެ! އަނިޔާ ލިބިފައިވާ އެންންމެނަށް އަވަސް ޝިޔާއެއް މިންވަރުކޮށްދެއްވާފާނދޭވެ! ދުނިޔޭގެ ކަންކޮޅުތަކުގައި އުޅޭ އެންމެހާ މުސްލިމުންގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާފާންދޭވެ! އިބަ ﷲ ގެ ޙަޟްރަތުން ފުރިހަމަ ނަޞްރެއް އެންމެހާ މުސްލިމުންނަށް ދެއްވާނދޭވެ!
    އާމީން