އިސްރާއީލުން ޣައްޒާގައި ތުއްތު ކުދިންނާއި އަންހެނުން މެރުން ހުއްޓާލަން ޖެހޭ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ބީބީސީއަށް ދިން ބަސްތީގަތުމެއް ގައި ބުނެފިއެވެ.

އެލިސީ ޕެލަސްގައި ދިން ހާއްސަ ބަސްތީގަތުމެއްގައި އޭނާ ބުނީ ބޮން ގޮއްވާލުމުގެ "އެއްވެސް ޖަސްޓިފިކޭޝަނެއް" ނެތް ކަމަށާއި ހަނގުރާމަ ހުއްޓާލުމުން އިސްރާއީލަށް ފައިދާ ކުރާނެ ކަމަށެވެ.

އިސްރާއީލަށް އަމިއްލައަށް ރައްކާތެރިވުމުގެ ހައްގު އޮތްކަން ގަބޫލުކުރާއިރު، ޣައްޒާގައި މި ލޭއޮހުރުވުން ހުއްޓުވުމަށް ފުރާންސުން އިލްތިމާސް ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަކު ހަމާސްގެ އަމަލުތައް ފްރާންސުން ކުށްވެރިކުރާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުންތަކުގައި އެހެން ލީޑަރުންނެކޭ ވެސް އެެއްފަދައިން އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ބައިވެރިވާން ބޭނުންތޯ ސުވާލު ކުރުމުން އޭނާ ޖަވާބުގައި ބުނީ "އުންމީދު ކުރަން އެމީހުން ވެސް ބައިވެރިވާނެ" ކަމަށެވެ.

އިސްރާއީލުން ބުނާ ގޮތުގައި ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް އަސްކަރީ އަމާޒުތަކަށް ހަމަލާދޭއިރު، ހަމަލާތަކުގެ ކުރިން އިންޒާރު ދިނުމާއި މީހުން ގެއިން ބޭރަށް ނުކުތުމަށް ގޮވާލުން ފަދަ އާންމުންނަށް ލިބޭ ގެއްލުން މަދުކުރުމަށް ފިޔަވަޅުތައް އަޅާކަމަށެވެ.

ޣައްޒާގައި ހިނގާ ހަނގުރާމައާ ބެހޭ ގޮތުން ޕެރިހުގައި ބޭއްވި އިންސާނީ އެހީގެ ކޮންފަރެންސެއްގެ ފަހު ދުވަހު ވާހަކަ ދައްކަމުން މެކްރޮން ބުނީ އެ ސަމިޓުގައި ބައިވެރިވި ހުރިހާ ސަރުކާރުތަކާއި އިދާރާތަކުގެ ސާފު ނިންމުމަކީ، ފުރަތަމަ އިންސާނީ އެހީ މަޑުޖެހުމެއް ނެތި ޣައްޒާ އަށް ލިބުން ކަމަށެވެ.

"މިއަދު އާންމުންނަށް ބޮން އަޅަނީ، މި ތުއްތު ކުދިން، އަންހެނުން، މި މުސްކުޅިން ބޮން ގޮއްވާލައި މަރާލަނީ. އެހެންވީމަ އެކަމަށް އެއްވެސް ސަބަބެއް އަދި ޝަރުއީ ކަމެއް ވެސް ނެތް. އެހެންވީމަ އަޅުގަނޑުމެން އިސްރާއީލަށް އިލްތިމާސް ކުރަން އެކަން ހުއްޓާލަން." ޑިފެކްޓޯއިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނު މުގުރާލާފައިވޭތޯ ނިންމުމަކީ އޭނާގެ ދައުރެއް ނޫން ކަމަށެވެ.

ފްރާންސް އަކީ ޔޫރަޕްގެ އެންމެ ބޮޑު މުސްލިމް ޖަމާއަތާއި ބޮޑު ޔަހޫދީ ޖަމާއަތް ވެސް އޮތް އޮންނަ ގައުމު ކަމަށާއި، ފްރާންސާއި ޔޫރަޕްގެ އެހެން ގައުމުތަކުގައި އެންޓިސެމިޓިޒަމް ބޮޑުތަނުން އިތުރުވެފައިވާތީ ފްރާންސްގެ ހުރިހާ ރައްޔިތުން އެއްބައިވަންތަވާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    އަމަލުން ދައްކާތިކަން ދެން

    15
  2. ޖީމްލާ

    ޔަހޫދީ ކަލޭގެ. މަރާނެވަރަށް މެރީމަ ދެން ކޯންޗެކޭ މިކިޔަނީ. ދުނިޔޭގެ ލޮލުގަ އަނދުން އަޅުވަނީ. ކަލޭމެން ﷲ އާ ބައްދަލުވާދުވަހު ބުނާނީ ކީކޭ!

  3. އަހުމަދު

    މުނާފިގު ސިފަ
    ބަސްމަގު އޮމާން ކޮއްފަ އަމަލުން ޔަހޫދީ ޖަނަވާރު ތަކަށް ހަތިޔާރު ދެނީ..

  4. Anonymous

    ތިޔަ ބައިވަރަކީ ދެފުށްދެގޮތް ނުލަފާ ބައިވަރެއް. ތިޔަ މީހުންގެ ފަރާތުން އުއްމީދެއްނުކުރަން މުސްލިމު އުއްމަތަށް ހެޔޮގޮތެއްވާން އެދޭނެކަމަކަށް. އެއްކޮޅުން ޔަހޫދީންނަށް ހިތްވަރު ދެމުން (އެމީޙުންނާ އެކުވެ ހަނގުރާމަކުރާނެ އިއްތިހާދެއް އެކުލަވާލަން ގޮވާފައި) ދެން ކުޑަކުދިންނޭ އަންހެނުންނޭ ކިޔާނެ ކަމެއްނެތް. ތިޔަ ބައިވަރު އިސްތިއުމާރު ދުވަސްވަރު އަންހެނުންނާ އެތަންތަނުގެ މީހުންނަށް ކުރި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް އެބަހުރި ފެންނަން. ތިއީ އަހަރެމެންގެ ނަޒަރުގައި އަނިޔާވެރިން. ކަލޭމެންގެ ބަހުންނަމަ އެންމެބޮޑެތި ޓެރަރިޒަމް އަށްވާގިދޭ ބައިވަރު.
    އިސްލާމީ ގައުމުތަކުން މިބައިމީހުންނާމެދު ވަރުގަދަ ދެކޮޅުވެރިވުމަކުން ދެކޮޅުވެރިކަން ބާއްވަންޖެހޭ! އެމީހުންގެ މަޅީގައި ނުޖެހި އުޅެންޖެހޭ. އެއީ ހަމަ ދުޝްމިނުންނަށް ވާގިދޭ ބައެއް.

  5. ެދ

    ހުރިހާ ގެއްލުމެއް ދީފަ ދެންކޮން ވާހަކައެއް. އިޒުރޭލު ސުންނާފަތި ކޮށްފަ ހުއްޓަންވީ މިފަހަރު

  6. ދެރަކަމެއް

    އިސްރާއީލަށް ހަރުކަށި އިބާރާތުން އަންގަންވީ. މީކީ ފިނި ހަނގުރާމައެއްނޫން.

  7. ނަބާ

    މުސްލިމުންގެ ތެރެއިން ޝަހީދުވާ މީހުންނަށް އޮތީ އުފަލާ އަރާމް ، އެމީހުންނަށް އެއްވެސް ގެއްލުމެއް ނެތް! ހުރިހާ ގެއްލުމަކާއި ހަލާކެއް ހުރީ އިޒްރޭލުގެ ޔަހޫދީ ފާސިޤުންނަށް ! ކަލޭމެން ޔަހޫދިން މަރަށް ބިރުގަތަސް މުސްލިމުން ކަލޭމެން އަތުން ޝަހީދު ވެދާނޭތީ އެއްވެސް ބިރެއް ޖެހިލުމެއް ނުވާނެކަން އެސާބިތު ކޮށްދެނީ ޢަމަލުން !! ކަލޭމެންނަށް ޢޮތީ " ނަރަކަ "