22:19

އިސްރާއީލުން މީގެ ކުޑައިރުކޮޅެއް ކުރިން ޖަބަލިއާ ރެފިއުޖީ ކޭމްޕް ސަރަހައްދަށް ބޮން އަޅައި 15 މީހުން ޝަހީދުކޮށްލައިފި.

21:26

އިސްރާޢީލްގެ އަސްކަރިއްޔާގެ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 1،130 އަށް ވުރެ ގިނަ ގަތުލުއާންމު ހިންގާފައިވާ ކަމަށް ފަލަސްތީނުގެ ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފި.

 

21:05

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން މިހާތަނަށް 14،320 ޓަނުގެ އިންސާނީ އެހީ ޣައްޒާ އަށް ވަދެފައިވާ ކަމަށް އިސްރާއީލުން ބުނެފި.

20:42

ޣައްޒާގެ އުތުރުގައި މިވަގުތު ހިދުމަތްތައް ދެމުން އަންނަ ހަމައެކަނި ހޮސްޕިޓަލަކީ އަލް-އަހްލީ އަރަބް ހޮސްޕިޓަލް. އެ ހޮސްޕިޓަލުން ބުނާ ގޮތުގައި އަނިޔާވެފައިވާ މީހުންނައިގެން އެ ތަން ވަނީ ފުރިފައި.

20:40

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުން ނުކުންނަނީ.
ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުން ނުކުންނަނީ.
ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުން ނުކުންނަނީ.

19:06

ފާއިތުވި ތިން ގަޑިއެއް ހާއިރު ތެރޭ ނިރުބަވެރި އައިޑީއެފްގެ ބައެއް ވެހިކަލްތައް ހިޒްބުاللهގެ އޭޓީޖީއެމްތަކުން ހަމަލާދީ ވަނީ ގޮއްވާލާފަ.

19:03

ޣައްޒާ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު: އަލްޝިފާ މެޑިކަލް ކޮމްޕްލެކްސްގައި 3 ތުއްތު ކުދިން ނިޔާވެއްޖެ.

18:26

ތުރުކީން ފޮނުވާ އެހީގެ ސާމާނު މިސްރުގެ ކައިރޯގެ މަގެއްގައި.

18:17

ހިޒްބުﷲ އިން ދިން އެންޓި ޓޭންކް މިސައިލް ހަމަލާއެއްގައި އިސްރާއީލްގެ ހަ މީހަކަށް އަނިޔާވެއްޖެ.

17:20

އިސްރާއީލްގެ ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ ތެރެއިން ބަޔަކު އިތުރު ފަރުވާ އަށް ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށް ގެންގޮސްފި. ރިޕޯޓުތައް ބުނާ ގޮތުގައި ބޭރުގެ އެހެން ޕާސްޕޯޓު އޮތް 80 ވަރަކަށް މީހުން ވެސް މިއަދު ވަނީ ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށް ގޮސްފައި.

17:18

ޒަހަމްވެފައިވާ ބަޔަކަށް ފަރުވާ ދެނީ.
ޒަހަމްވެފައިވާ ބަޔަކަށް ފަރުވާ ދެނީ.
ޒަހަމްވެފައިވާ ބަޔަކަށް ފަރުވާ ދެނީ.

17:17

އޮކްޓޯބަރު 7 އިން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 11،100 އަށް އަރައިފި. އޭގެ ތެރެއިން 8000 އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނޭ. އެ އޮފީހުން ބުނާ ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގައި 28،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައި. އިސްރާއީލުން 1،130 އަށް ވުރެ ގިނަ ގަތުލުއާންމު ހިންގާފައިވާ ކަމަށް އެ ތަނުން ބުނެފައިވޭ.

15:42

ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން އަލް ޤުދުސް ހޮސްޕިޓަލްގެ ހުރިހާ ހިދުމަތެެއް ހުއްޓިއްޖެ ކަމަށް އިއުލާނުކޮށްފި.

15:03

ޣައްޒާގެ އުތުރުގެ ބެއިތު ލަހިއާގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ސްކޫލަކަށް ޒަޔަނިސްޓުން ބޮން އަޅައިފި.

15:02

ނިރުބަވެރިން ވަނީ އަލްޝާތީ ކޭމްޕްގައި ތިބި އާއިލާއެއްގެ އެންމެން ހައްޔަރުކޮށްފަ ކަމަށް ރިޕޯޓްކޮށްފި.

14:57

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލު ނިރުބަވެރިންގެ ބޮޑު ފައުޖެއް ޙަލީލް ސަހަރަށް (ހެބްރޫން) ވަދެގަނެއްޖެ.

14:45

އިސްރާއީލު ނިރުބަވެރިން ދިން ވައިގެ ހަމަލާއަކުން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި ހުންނަ ކާޑިއޮލޮޖީ ވޯޑް ސުންނާފަތިކޮށްލައިފި.

14:42

ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސްގެ ޗެނަލްތަކުން:

  • ޣައްޒާގެ ހުޅަނގު ދެކުނަށް ވަދެ އުޅުނު ނިރުބަވެރި ޒަޔަނިސްޓުންގެ ތިން ޓޭންކު “އަލް ޔާސީން 105”ޝެލް އިން ހަމަލާދީ ގޮއްވާލި.
    ޣައްޒާގެ ހުޅަނގު އުތުރުއަށް ވަދެ އުޅުނު ޒަޔަނިސްޓުންގެ ސިފައިން އުފުލާ އުޅަނދެއް “އަލް ޔާސީން 105” ޝެލް އިން ހަމަލާދީ ގޮއްވާލި.
    ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ޚުޒާއާ ސަރަހައްދުގައި އެންޓި ޕާސަނަލް ޑިވައިސްއަކުން ޒަޔަނިސްޓް ފައުޖަކަށް ހަމަލާދީ އެއްބައި މީހުން ޒަހަމްކޮށްލި.

14:32

ޒަޔަނިސްޓް ނިރުބަވެރިން ރައްކާތެރި ސަރަހައްދެއް ކަމަށް ކަނޑައަޅާފަ އޮތް ރަފަޙްގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު ފޮޓޯއިން:

14:24

އިރުމަތީ ޚާން ޔޫނިސްގެ މީހުން ދިރިއުޅޭ އިމާރާތަކަށް ނިރުބަވެރިން ދިން ހަމަލާއެއްގައި 13 މީހަކު ޝަހީދުވެއްޖެ.

ހަމަލާއިން ސަލާމަތްވި އާއިލާގެ އެއް މެންބަރަކާ ވާހަކަ ދައްކަމުމަށްފަހު އަލްޖަޒީރާއިން ބުނީ، ގޮވުމުގެ ކުރިން އެމީހުންގެ ފައިދަށުން ބިންގަނޑު ތެޅެމުން ދިޔަ ކަމަށާއި އޭގެ ފަހުން އިމާރާތް ބިމާ ހަމަވީ ކަމަށް.

މި ބިންހެލުމުގެ ބޮންތަކަކީ މީގެ ކުރިން ވެސް އިސްރާއީލުގެ ސިފައިން ބޭނުންކޮށްފައިވާ ބޮންތައް. އެ ބޮންތައް ބިމުގެ ތެރެއަށް ވަދެ، އިމާރާތުގެ ބިންގަލުގައި ތެޅިގަނެ، އިމާރާތް އެކީ ބިމާހަމަ ކޮށްލާ

13:33

ޣައްޒާގެ ހުޅަނގުގެ ސަރަހައްދުގައި ހުންނަ ޝަތީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދު ނުވަތަ މަރުވެ، އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާތަކެއް ލިބިއްޖެ.

13:22

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ނަރުހަކު ޝަހީދު ކޮށްލައިފި

 

13:12

ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގެ އިތުރުން އޮންނަ ބުރުކާ އަވަށަށް ނިސްބަތްވާ ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފި.

ނިރުބަވެރިން ޝަހީދު ކޮށްލި ޒުވާނާ

11:06

ޣައްޒާގައި ކެންސަރު ބަލި ޖެހިފައިވާ ގިނަ އަދަދެއްގެ މީހުންނަށް ބޭނުންވާ ފަރުވާ ނުލިބި ނިޔާވެފައިވާ ކަމަށް ރިޕޯޓްކޮށްފި.

11:02

ޣައްޒާގެ މެދުތެރޭގައި އޮންނަ ޑެއިރް އެލް ބާލާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އާންމުންގެ ހަތަރު މީހަކު ޝަހީދުވެފައިފާ ކަމަށް ރިޕޯޓްކޮށްފި.

10:59

އުތުރު ޣައްޒާގެ 3 ގެއަކަށް ނިރުބަވެރިން ބޮން އަޅައިފި:
- ޖަބަލިޔާ ކޭމްޕްގައި ހުރި ގެއަކަށް.
- ތަލް އަލްޒާތަރުގެ އަބޫ ޚާތަރު މަގުގައި ހުންނަ ގެއަކަށް.
- އަލްފާލޫގާ ސަރަހައްދުގައި ހުރި ގެއަކަށް

18 އަންހެން ޝަހީދުން ވަނީ ގެތަކުން ނެރެފައި، އަދިވެސް އެއްބައި މީހުން ތިބީ ސުންނާފަތިވެފައިވާ ގެތަކުގެ އަޑީގަ ތާށިވެފައިކަމަށް ރިޕޯޓްކޮށްފި.

10:54

ޒަޔަނިސްޓް ނިރުބަވެރިންގެ މަތިންދާބޯޓުތައް މިވަގުތު ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުންކަމަށް ރިޕޯޓްކޮށްފި.

10:46

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވޮންގް އިސްރާއީލުން ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލައިފި.

09:46

އިސްރާއީލާއި ދެކޮޅަށް ދެމުންގެންދާ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ލުބުނާނުގެ ވަރުގަދަ ހިޒުބުﷲ ޖަމާއަތުން ބުނެފި.

08:40

ޣައްޒާގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލް ކައިރީ ގިނަ އަދަދެއްގެ މީހުންގެ ހަށިތައް ވަޅުލަނީ..

ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި ކަރަންޓު ނެތުމުގެ ސަބަބުން އަލަށް ވިހާ ކުދިންގެ އައިސީޔޫ ބަންދު ކުރަން ޖެހިފައިވުމުން، ދުވަސްނުފުރާ ވިހާފައި ތިބި ތުއްތު ދެ ކުދިން ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ބުނެފި

08:38

ފަލަސްތީނުގެ ހެލްތް މިނިސްޓްރ: އަލް-ޝިފާ ހޮސްޕިޓަލުގެ ކައިރިއަށް ނިރުބަވެރިން ބޮމުގެ ހަމަލާތައް އަންނަނީ ދެމުން. މި ހަމަލާތަކުގައި ހޮސްޕިޓަލުގައި ތިބި ބަލި މީހުންގެ އިތުރުން ބޯހިޔާވަހިކަން ހޯދަމުން އަންނަ އެތައް ހާސް ރައްޔިތުންގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފަ.

08:33

ރޭ ދަންވަރު ގެ ހަބަރުތައް ޙުލާސާކޮށް:

  • ޣައްޒާ ސިޓީގެ ހުޅަނގަށް، އަލްޝިފާ މެޑިކަލް ކޮމްޕްލެކްސް އާއި އަލްޝާތީ ކޭމްޕް ކައިރީގައި ގޮވުންތައް ގޮވާ ވަރުގަދަ ބަޑީގެ ހަމަލާ މުޖާހިދުންނާ ނިރުބަވެރިން ބަދަލު ކުރި.
  • ޖެނިން ކޭމްޕަށް ނިރުބަވެރިން ޖަހައިގެން އުޅުނު ރެއިޑްގަ ކޭމްޕުން ކަރަންޓް ކަނޑާލި.
  • ޣައްޒާ ސިޓީގެ އަލް ނަސްރު ސަރަހައްދުގައި ހުންނަ ޔޫއެންޑީޕީގެ މައި މަރުކަޒަށް ބޮން އަޅާ އެއްކޮށް ބިމާ ހަމަކޮށްފި.
  • އިންޑޮނޭޝިއާ ހޮސްޕިޓަލާއި ޖެހިގެން އޮންނަ ހުސްބިމެއްގައި ކާކުކަން ނޭނގޭ ޝަހީދުން ވަޅުލުގެ މަސައްކަތް ފަތިހުކުރި ކަމަށް ރިޕޯޓްކޮށްފި.
  • ނިރުބަވެރިންނަށް ވަނީ ކުރިއަތް ޖެހެން މަސައްކަތް ކުރާ ކޮންމެ ދިމާލަކުން މުޖާހިދުންނާ ކުރިމަތިލާން ޖެހިފަ.

***********

ފާއިތުވި މަދު ދުވަސް ކޮޅަކީ ޣައްޒާ ރައްޔިތުންނާއި ދެކޮޅަށް ނިރުބަވެރިން އަނިޔާވެރި ހަމަލާތަކެއް ދެމުން އައި ދުވަސްތަކެކެވެ. ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް ކަމަށް ބުނެ، ނިކަމެތި ކުށެއް ނެތް އެތަކެއް ރައްޔިތުންގެ ފުރާނަ ފަރުވާއަށް އެދިއެދި ތިއްބާ ނަގާލަނީ އެއްވެސް ކަހަލަ އިންސާނިއްޔަތު ކަމެއް ނެތިއެވެ.

ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދާއި، އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެއްވެސް ވަރަކަށް ބެލުމެއް ނެތި، ހޮސްޕިޓަލްތަކަށް ފާއިތުވި ދުވަސްކޮޅުގައި ނިރުބަވެރިން ދިޔައީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާގެ 21 ހޮސްޕިޓަލަކުން ބަލި މީހުންނަށް ފަރުވާ ނުދެވި ވަނީ ބަންދު ކުރަން ޖެހިފައެވެ.

އޭގެ ތެރޭގައި ޣައްޒާގައި ހުންނަ ބޮޑެތި ހޮސްޕިޓަލްތައް ހުރިކަން ފާހަގަ ކޮށްލެވެއެވެ.

ޣައްޒާއިން ޝަހީދު ނުވަތަ މަރުވަމުން އަންނަ މީހުންގެ އިންސައްތަ ކޮންމެ ދުވަހެއްގައި އިތުރުވަމުން އަންނައިރު، ނިރުބަވެރިންގެ ފަރާތުން ލިބެމުން އަންނަ އަނިޔާތަކަށް ފަރުވާ ނުދެވި މަރުވަމުން އަންނަ މީހުންގެ އަދަދު ވެސް ވަނި އިތުރުވެފައެވެ.

ހޮސްޕިޓަލްތަކުގެ ބިންމަތީ މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މިވަގުތު ޣައްޒާގެ ސަހަރާތައް ވެސް ވަނީ ފުރިފައެވެ.

މިލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ޣައްޒާގައި ނިރުބަވެރި އިސްރާއީލުން ހިންގަމުން އަންނަ ގަތުލު އާންމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ހޮސްޕިޓަލުތަކަށް ބޮން އަޅަނީ ޢަރަބިން ދޭ ތެލުގައި ދުއްވާ ދުއްވާ ބޯޓުތަކުން. ހަނގުރާމަކުރަނީ ޢަރަބި ވެރިން ދޭ ތެލުގައި ދުއްވާ ޓޭންކަރުތަކުން. ޢަރަބި ވެރިން އެ ތިބީ ކޯންޗެއް ބޮއިގެންތަ؟

    33
  2. އެދުރު

    ޢަރބީންގެ އެއްވެސް ރަހުމެއް ކުލުނެއް ފަލަސްތީނުގެ ރައްޔަތުންނާމެދު ހުރިނަމަ އެމީހުންގެ ބަހާއި ޢަމަލުނވެސް އެކަންފެންނާނެދޯ އެމީހުނގެ ނުލަފާކަން ޖައްބާރު އިޒުރޭލަށްވުރެ މާކުރީގަ އުޅެނީ