އިއްޔެ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި، މިހާރު ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ބޭއްވި ކުއްލި ސަމިޓުގައި ފެނިގެން ދިޔައީ ބައިބައިވެފައި މުސްލިމު އަދި އަރަބި ދުނިޔެ އެކެވެ.

ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައަށް ފަހު ސަލާމަތީ ގޮތުން ޣައްޒާއަށް ވާނެ ގޮތަކާއި މެދު އެއްވެސް ރޭވުންތެރިކަމެއް އަދި އެކަމާއި ގުޅިގެން މާ ބޭނުންތެރި ވާހަކަތަކެއްވެސް މި ސަމިޓުގައި ދައްކާފައެއް ނުވެއެވެ. އަދި ހަމަ އެއާއި އެކު ފަލަސްތީނުގެ މިނިވަން ދައުލަތާއި ބެހޭ ގޮތުން ދެއްކުނު ވާހަތަކުގައިވެސް ތަފްސީލީ ކަންކަމުގައި ފެނިގެން ދިޔައީ ހިޔާލު ތަފާތުވުންތަކާއި ދެބަސްވުންތަކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އަރަބި ލީގުގެ މުހިންމު ބައެއް ގައުމުތަކުން ވަނީ އިސްރާއީލާއި ދެކޮޅަށް އަޅަން ހުށައެޅުނު ބައެއް ހަރުދަނާ ފިޔަވަޅުތަކާއި ދެކޮޅު ހަދާފައެވެ.

އޭގެ އިތުރުން، ހަނގުރާމައިގެ ކުރިން މަޝްވަރާ ކުރެވެމުންދިޔަ އިސްރާއީލާއި ސައުދީ އަރަބިއްޔާއާއި ދެމެދު ގުޅުންތައް އަލުން އިއާދަކުރުމާއި ގުޅޭ މަޝްވަރާތައްވެސް އަދިވެސް އެއްކޮށް އުވިގެން ނުގޮސް އޮތް ކަމުގެ އިޝާރާތްތައްވެސް ފެނިގެން ދިޔައެވެ.

މުސްލިމު އަދި އަރަބި ދުނިޔޭގައި، އެ ދުނިޔޭގެ ލީޑަރުން އެކަތިގަނޑަކަށްވެ، “މިއީ ކަންތައްތައް ބަދަލު ކުރަންވީ ވަގުތު ކަމަށާއި، އަހަރެމެން އިސްރާއީލާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅު ތަކެއް އަޅައި، ހަރުދަނާ ކަމާއެކު ތެދުވަން ޖެހޭނޭ“ ބުނާ ހިސާބަކަށް އަދިވެސް ނުދެއެވެ.

މި ސަމިޓުގެ މައިގަނޑު ގައުމުތަކުގެ މެދުގައި އޮތް ބޮޑެތި ހިޔާލު ތަފާތުވުންތަކާއި، ބައިބައިވުންތަކާއި ހެދި ހުރިހާ އަރަބި ލީޑަރުންވެސް މި ސަމިޓުގައި ބައިވެރިވެފައެއް ނުވެއެވެ. ފެންނަ ފެނުމަށް މި ސަމިޓު ބޭއްވިފައި ވަނީ މުސްލިމު އަދި އަރަބި ދުނިޔޭގައި އެއްބައިވަންތަކަން އޮތްކަން ބޭރުފުށުން ދައްކާލުމުގެ ގޮތުންނެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މުސްލިމް މެޖޯރިޓީ އޮންނަ 57 ގައުމުން ބައިވެރިވި ރިޔާޟުގެ މި ސަމިޓުގައި ވަނީ ޣައްޒާ ހިސޯރު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ. އަދި ޣައްޒާއަށް އެހީ ވެއްދޭނެ ގޮތް ހެދުމަށާއި، އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓު ކުރުން ހުއްޓުވުމަށްވެސް މި ސަމިޓުގައި ބައިވެރިވި ލީޑަރުން ވަނީ ގޮވާލާފައެވެ. އަދި އިސްރާއީލުގެ ހަނގުރާމައަކީ “އަމިއްލަ ދިފާއުގައި“ ކުރާ ހަނގުރާމައެއްކަން ބަލައިގަންނަން ދެކޮޅު ހަދާފައި ވާއިރު، އިސްރާއީލުގެ ލާއިންސާނީ ގަތުލު އާންމު ތަކާއި، ޖަރީމާތައް ވަނީ ކުށްވެރި ކޮށްފައެވެ.

ހަމަލާތައް ހުއްޓާލުމަށާއި، ޣައްޒާއަށް އެހީ ވެއްދުމަށް ރިޔާޟުގެ ސަމިޓުގައި ގޮވާލާފައި ވީ ނަމަވެސް، މި ސަމިޓުގައި ބައިވެރިވި ލީޑަރުންނަށް އެކަންތައްތައް ތަންފީޒު ކުރުން ވާނީ ނިހާޔަތަށް އުނދަގޫ ކަމަކަށެވެ.

އެބޭފުޅުންނަށް ޖެހޭނީ، އިސްރާއީލުން ހަމަލާތައް މެދުކަނޑާލަން އަދި ޣައްޒާއަށް އެހީ ވެއްދުމަށް ހުއްދަ ދިނުމަށް އެމެރިކާއިން އިސްރާއީލަށް އިތުރަށް ޕްރެޝަރު ކުރާނެ ކަމަށް އުންމީދު ކޮށްގެން އިންތިޒާރުގައި ތިބޭށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ތީ ތިމީހުންގެ ފެންވަރަކީ. މުސްލިމް ލީޑަރުން ނެއްނޫން ތީ. ތީ މުދަލާ ދުނިޔެއަށް ދަހިވެތިވެފަތިބި ބައެއް. އިރެއްގަ އަރަބިލީޑަރުން ގަދަ އެކަމު މިއަދު ތިހުރިހާ ލީޑަރުން އެއްކޮއްލިޔަސް އަޅާނުކިޔޭނެ ފަލަސްތީނު އެންމެކުއްޖަކާވެސް. ތީ ފިނޑިން.

    56
    1
  2. ސނޕ

    ދިވެހިރާއްޖޭގެ ވެރިޔަކަށް އިންތިހާބުވީ ފަރާތަށް ފަލަސްތީން ސަލާމަތް ކުރުމަށް ޖިހާދު ކުރުމަށް ދާން ގޮވާލަން. މުސްލިމް ވެރިޔަކަށް އެއީ މިވަގުތު ވާޖިބު ކަމެއް.

    30
    4
  3. ބޯހަލާކު

    އެއީ އަރަބިންނެއްނޫން، މިހާރު އަރަބި ބޮޑެތި ޤައުމުތަކުގެ ވެރިންނަށް ތިބީ ސީދާ ޔަހޫދީ ދަރިފަސްކޮޅުން އައިސް ތިބި ޔަހޫދީން.

    34
  4. ހުސޭނުބޭ

    ލާގެރން ތިބި ޖުއްބާތައް އަދިވެސް ކުޑައީ!

    29
    1
  5. ޔަހްޔާ

    ތި އަރަބި ގައުމުތަށް ނެތަސް އަހަރެމެންނަށް ހެޔޮ.

    17
  6. ވަރަށް ދެރަ

    މުސްލިމުންގެ ޙަލާމެދު ކަރުއަޅާ ރޯއިރު މުސްލިމު ޤައިމުތަކުގެ ވެރިންގެ މެދުގައި ހުރި ދެކޮޅުވެރިކަން އަޑުއަހާފައި ހިތް ފުނޑުފުޑުވެއްޖެ

    25
  7. ޖަމިއްޔާ

    މުސްލިމު ގައުމުތަކުން މިއަދު ވަނީ ޑިމޮކްރަސީ ދީން ގަބޫލުކޮށްފަ.... ޑިމޮކްރަސީއަކީ ޝިރުކެއް. ވީމާ ޝިރުކުގެ ތެރޭގާ ތިބި ބަޔަކަށް ކިހިނެއް އެމީހުންގެ އެކުވެރިންނާ އެބަހީ ކާފަރުންނާ ދެކޮޅުހެދޭނީ؟

    20
  8. ވަހީދު

    ހާދަހާވާ ފިނޑިބައެކެވެ. ތަކަހޮޅިތަކާއި ، ޖުއްބާތަށް ވިއްކަންގެންނަލެއް އަދިވެސް މަދީއެވެ. ފިރިހެނުންކަމުގަވާންވީވެސް އަންހެނުންތާއެވެ.

    16
  9. އަލީ

    ހައިވާނުތައް ޔަހޫދީންނާ އެކީ މަހުޝަރު ކުރައްވާށި

    17
  10. ޕޭމަންޓް

    ބޭކާރު މޮޔަ ބައިގަނޑެއް.މިހަާރުވެސް ތިތާގަ އެމެރިކާގެ މަސްލަހަތު ހުރިކަމެން ކުރާނަމަ ތިހުރިހާ މިހުން އެއްބާރުލުން ދޭނެ.ެ އެކަންފެނިންޖެ އިރާގު ހަނގުރާމައިގަ.

    21
  11. ޖުހާ.

    ޢަރަބިންނެއް ނޫން. ކެމަފްލާޖު ކޮށްގެންތިބި ޔަހޫދީ ބޯވަތަކެއް ތިއީ. އެމެރިކާއިން ޢަރަބި ވެރިންނާ ހަވާލުކޮށްފަ އޮތީ ކޮންމެ ދެމަފިރިއަކަށް ޢިލްމުވެރިއެއް ތަމްރީނުކޮށްދިނުން. އެކަން އެމީހުން ބަރާބަރަށްކުރޭ. މިހާރު މިތިބި މުސްލިމުންގެ ލޯ ވެސް މިހުރީ ބުޅަލުގެ ލޮލަށް ބަދަލުކޮށްފަ. އެވެސް އެމީހުން އުފެއްދި ޢިލްމުވެރިންގެ ފަތުވާތަކުގެ މޮޅުކަން. މިދީނަށް ނަޞްރެއް ދެއްވާތޯ ހުރިހާ މުސްލިމުން ވެސް ދުޢާކޮށްދީ.

    17
  12. އަލީ

    މާ ކުރިން އަންގަވާފައިވާ ކަންތައް ތަކުގެ ތެދުކަމާއެވެ. މިހާރު ލޯ މައްޗައް މިދަނީ ހުރިހާ ކަމެއްވެސް ފެނި އެނގި ސާފުވަމުން

  13. ވަހީދު

    ﷲ ތައާލާ މި ބަިއގަނޑު ނިކަންރީއްޗަށް ފަލީހަތް ކުރައްވަވައިފި. މިހާރު ހުރިހާ މުސްލިމުންނަށް އޮންނާނީ މި ޚާއިނު މުނާފިގުންގެ ކަންކަން ހާމަ ވެފަ... ޔަހޫދީންގެ ޕަޕެޓްތަށް.

  14. މަށްލާ

    އަރަބިންނަކީ މިހާރު އަރަބިންނެއްނޫން އެމީހުންނަކީ އިޒުރާއީލު މީހުންނާކައިވެނި ކޮށްގެންތިބި ޔަހޫދީން އެމީހުން މިއަދު ތިބީ އޫރުމަސް ކައިގެން ރާބޮއެގެން.