ނިރުބަވެރި އިސްރާއީލް ސިފައިން ޣައްޒާގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ވޯޑަށް ހަމަލާދީ ސުންނާފަތި ކޮށްލައިފިއެވެ.

ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެކޮޅަށް ނިރުބަރިން ހިންގަ ޖަރީމާތަކުގެ ތެރެއިން ފަހަކަށް އައިސް ނިރުބަވެރިން ވަނީ ޣައްޒާގެ ގިނަ ހޮސްޕިޓަލްތަކަށް ހަމަލާދީފައެވެ. އޭގެ ތެރެއިން ޣައްޒާ ފާހަގަ ކޮށްލެވެނީ އެންމެ ގިނަ ހަމަލާތައް އަމާޒުކޮށްފައިވާ އެއް ހޮސްޕިޓަލަށެވެ.

ފާއިތުވި ފަސް ދުވަހު އެކި ފަހަރުމަތިން ނިރުބަވެރިން ހަމަލާދީފައިވާއިރު، މީގެ ކުޑައިރުކޮޅެއް ކުރިން ނިރުބަވެރިން ވަނީ ޝިފާ ހޮސްޕިޓަލުގައި ހުންނަ ކާޑިއޮލޮޖީ ވޯޑަށް ވަރުގަދަ ހަމަލާތަކެއް ދީ ސުންނާފަތި ކޮށްލާފައެވެ. ނަމަވެސް މި ހަމަލާގައި އެއްވެސް މީހަކު ޝަހީދު ނުވަތަ މަރުވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން މިހާރު ޝިފާ ހޮސްޕިޓަލުގައި ކަރަންޓު ނެތްއިރު، އެތަނުގެ ބިންމަތި ހިމެނޭހެން މުޅި ހޮސްޕިޓަލް ވަނީ ބަލި މީހުންއިން ފުރިފައެވެ. އަދި އެތަކެއް ކުޑަކުދިން ވެސް މަރާއި އަންނަނީ ހަނގުރާމަ ކުރަމުންނެވެ.

ޝިފާ ހޮސްޕިޓަލްގައި ހުރި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ޔޫސުފް އަބޫ އަލްރީޝް ވިދާޅުވީ މީގެކުރިން ހޮސްޕިޓަލްތަކުން ދިން އިންޒާރުތަކަކީ މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށެވެ. ތެޔޮ ނުލިބުމުގެ ސަބަބުން ހުރިހާ ޖަނަރޭޓަރުތައް ނިވި ހޮސްޕިޓަލުން ކަރަންޓު ކެނޑިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޔާﷲ މިދުނިޔެމަތީ އިބަﷲހެއްދެވި އިންސާނނުންގެ ތެރޭން އެންމެ ނުބައިނުލަފާ ސައިތާނުން ޔަހޫދީންނަކީ ފަލަސްތީނުގެ އަހުންނާއުހުތުންސަހީދުކުރަމުން ހިތުހުރިގޮތަކަށްއެދަނީކުރަމުން ފުރާނަސަލާމަތް ކުރެވޭނެ އެއްވެސްގޮތެއް ދާނެހަސްފަތާލެއްވެސްނެއް ފިރުއައުނު ގަރަގުކޮށް ބަނީއިސްރާއިލު ސަލާމަތްކުރެއްވިފަދައިން މުސްލިމުއަހުންނާއުހުތުން އިޒުރާއީލް ވަލުކުއްތާތަކުގެ އަނިޔާއިންރައްކާތެރިކުރައްވަވާދޭއާމީނ1ް

    10
  2. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ