00:17

ޤައްސާމް ބްރިގޭޑްސް، އަބޫ އުބައިދާ:

އަލް ގައްސާމް ބްރިގޭޑްސް އިން ވަނީ ނިރުބަވެރި އިސްރާއީލުގެ އަސްކަރީ 20 އުޅަނދެއް އެންމެ 48 ގަޑިއިރުގެ ތެރޭގައި ގޮއްވާލާފަ.

23:42

ޒަޔަނިސްޓް ނިރުބަވެރިން ޖަބަލިއާގައި ގަތުލުއާންމެއް ހިންގައިފި.

12 ގެއަކަށް މިއަދު ބޮން އަޅާ ސުންނާފައިކޮށް މިހާތަނަށް 31 މީހަކު ޝަހީދުވެ، 9 މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފި.

23:37

ނިރުބަވެރިންގެ މަތިންދާބޯޓުތަކުގެ ބޮޑު ފައުޖެއް ލުބުނާނުގެ ދެކުނުގެ ވައިގެ ސަރަހައްދަށް ވަދެފިކަމަށް ރިޕޯޓްކޮށްފި.

23:33

ޓެލްއަވިވް އަށް ޤައްސާމް މުޖާހިދުން ފޮނުވާލި މިސައިލް ހަމަލާތަކަކުން މިސައިލްއެއް ގެއަކަށް އަރައި ވަރަށް ބޮޑަށް ރޯވެ އަނދަނީ.

23:13

ނިރުބަވެރިންގެ މަތިންދާބޯޓުތަކުން ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ބަނީ ސުހައިލާ އަވަށު ގެއަކަށް ބޮން އަޅައިފި.

23:10

ނުގޮވަ އޮތް ބޮމެއް، ފޮޓޯއިން:

މި ބޮމަކީ އެމްކޭ 84 މަރުކާގެ 1 ޓަނު ބޮމެއް. މިބޮމަކީ އެމެރިކާގެ އުފެއްދުމެއް. ސޭލް އަގުގައި މީގެ ހަފްތާއެއް ކުރިން އެމެރިކާއިން ވަނީ ބޮމުގެ ސަޕްލައި ނިރުބަވެރި އިސްރާއީލަށް ވިއްކާފަ.

 

22:57

ނާބްލުސްގައި ބަޑީގެ އަޑު އިވޭ ކަމަށް ރިޕޯޓްކޮށްފި.

22:49

ބެއިތު ހަނޫންގައި ނިރުބަވެރި ދުޝްމަނުންނާ ފަލަސްތީނު މުޖާހިދުން ދަނީ ބަޑީގެ ހަމަލާތަކެއް ބަދަލު ކުރަމުން.

22:49

އަލް ބުރެއިޖް ކޭމްޕްގެ އުތުރުގައި އޮންނަ ސަލާހުލް ދީން މަގުގައި ގެދޮރު ގެއްލިފައިވާ ބަޔަކަށް އަމާޒުކޮށްގެން ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލު ސިފައިން ބަޑި ޖަހައިފި.

22:46

އަލްޖަޒީރާއިން ޝާއިއުކުރި ފޫޓޭޖަކުން ފެންނަ ގޮތުގައި ނިރުބަވެރިންގެ ޓޭންކްތަކެއް މަޑުކޮށްގެން އޮއްވާ މުޖާހިދުން ވަރުގަދަ ހަމަލާއެއް ދީ ސުންނާފަތިިކޮށްލާ.

22:39

ހުޅަނގު އައްސޭރީގެ އަވަށެއް ކަމުގައިވާ ޤަލްޤިލިޔާއަށް އިސްރާއީލު ނިރުބަވެރިން މިރޭ ޖެހި ރެއިޑެއްގައި އާންމުންގެ ދެމީހެއް ގަޔަށް ބަޑި ޖަހާ ޒަހަމްކޮށް ލައިފި.

22:11

ފަލަސްތީނުގެ ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 11،240 އަށް އަރައިފި.

21:40

ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދި ގެއްލިފައިވާ މީހުންގެ އަދަދު 3،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފި.

21:16

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން.
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން.
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން.

21:09

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް-ގުދުސް ހޮސްޕިޓަލް ހިމާޔަތް ކުރަނިކޮށް ފަލަސްތީނުގެ މުޖާހިދުންތަކެއް ޝަހީދުވެއްޖެ.

20:33

ހިޒްބުﷲ އިން އިއްޔެ ދިން ހަމަލާއެއްގައި ޒަހަމްވި އިސްރާއީލްގެ އިލެކްޓްރިކް ކޯޕަރޭޝަންގެ މުވައްޒަފަކު މަރުވެއްޖެ.

20:28

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ޣައްޒާގެ އެކިއެކި ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރަމުން އަންނަ 3،117 ކުދިން ޝަހީދުކޮށްލައިފި.

20:12

ގެލެރީ: ނަސްލެއް ނެތިކޮށްލުމުގެ އެއް މަސް.

19:54

ޣައްޒާގެ އަލް-އަހްލީ ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ ފަދެލް ނާއިމް ވިދާޅުވީ އެކަށީގެންވާ ވަރަށް ސިއްހީ ވަސީލަތްތައް ހުރި ނަމަ، ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް. ގިނަ ބަޔަކު ޝަހީދުވެފައި ވަނީ ވަސީލަތްތެއް ނެތި، އެކަށީގެންވާ ފަރުވާ ނުދެވިގެން ކަމަށް އޭނާ ވިދާޅުވި.

19:53

މިދިޔަ އެއް ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ވަރަށް ވަރުގަދަ އަށް ލުބުނާނަށް ހަމަލާތަކެއް ދީފި.

19:51

އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއްގައި އަލް-ޖަޒީރާގެ ފޮޓޯގްރާފަރު އިއްސާމް މަވާސީ އަށް އަނިޔާވެއްޖެ. އޭނާ އަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށްވޭ. މި ހަމަލާގައި އަލް-ޖަޒީރާގެ ބްރޯޑްކާސްޓް ވެހިކަލެއް ވަނީ ހަލާކުވެފައި.

19:50

އަލް-ގުދުސް ހޮސްޕިޓަލް ކުރިމަތިން ހަމަލާތަކެއް ދިން ފަލަސްތީނުގެ 21 މުޖާހިދަކު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފި.

19:48

ހިޒްބުﷲ އިން އިސްރާއީލްގެ ސިފައިންނަށް އަމާޒުކޮށް އެންޓި-ޓޭންކް މިސައިލް ހަމަލާތަކެއްދީފި. މި ހަމަލާތަކުގައި ބަޔަކު ޒަހަމްވެފައިވާ ކަމަށް ހިޒްބުﷲ އިން ބުނި ނަމަވެސް މިކަމާ ގުޅިގެން އިސްރާއީލް އަސްކަރިއްޔާ އިން ވަކި އެއްޗެއް ނުބުނޭ.

19:37

ހަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން އަލް-ޣައްސާމް ބްރިގޭޑްސް އިން މިއަދު ދިން އަޕްޑޭޓްތައް:

- ޣައްޒާގެ ހުޅަނގުގައި "އަލް ޔާސީން 105" ރޮކެޓުން ހަމަލާދީ އިސްރާއީލްގެ ސިފައިން އުފުލާ ވެހިކަލެއް ވަނީ ސުންނާފަތިކޮށްލާފައި.
- ޣައްޒާގެ ހުޅަނގުގައި "އަލް ޔާސީން 105" އަދި "ތަންދުމް" ޝެލް އިން ދެ ޓޭންކަކަށް ވަނީ ހަމަލާދީފައި.
- ޣައްޒާ ސިޓީގައި "އަލް ޔާސީން 105" ރޮކެޓް ބޭނުންކޮށްގެން ހަތަރު ވެހިކަލަކަށް ވާނީ ހަމަލާދީފައި.
- މޯޓަރު ޝެލްސް ބޭނުންކޮށްގެން ޖުހްރު އަލް-ދިކް ސަރަހައްދު ކައިރިން ވަތް ސިފައިންނަށް ވާނީ ހަމަލާދީފައި.
- ޣައްޒާގެ ދެކުނުން ވަންނަން މަސައްކަތް ކުރި ސިފައިންނަށް މޯޓަރު ޝެލް އިން ވަނީ ހަމަލާ ދީފައި.
- ޣައްޒާ ސިޓީގައި ހަރަކާތްތެރިވި ޓޭންކަކަށް އަލް ޔާސީން 105 ރޮކެޓުން ވާނީ ހަމަލާ ދީފައި.

19:15

ޣައްޒާގެ އަލް-އަޣްސާ ހޮސްޕިޓަލްގެ ބައެއް މަންޒަރުތައް.

އަލް-އަޣްސާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ކުޑަ ކުއްޖެއް.
އަލް-އަޣްސާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ބައެއް މީހުން.
އަލް-އަޣްސާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ކުޑަ ކުއްޖެއް.

18:45

ޣައްޒާ އަށް ވަދެ އުޅުނު ނިރުބަވެރިންގެ ސިފައިން އުފުލާ ވެހިކަލަކަށް ހަމާސް އިން ހަމަލާދީ، އެ ވެހިކަލް ގޮއްވާލައިފި. އެ ހަމަލާ ދިނީ އަލް ޔާސީން 105 ރޮކެޓް ބޭނުންކޮށްގެން. މިއަދު ހަވީރުގެ ވަގުތެއްގައި ވެސް ހަމަ އެފަދަ ވެހިކަލަކަށް ހަމަލާދީ ގޮއްވާލާފައިވޭ.

18:21

ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް-އަޣްސާ ހޮސްޕިޓަލްގައި ތިބި ކުޑަކުދިންނާއި މީހުން ދުނިޔެއާ ވަކިވެދާނެ ކަމުގެ އިންޒާރު އެ ހޮސްޕިޓަލުން މިއަދު ދީފި.

17:57

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ޔޫރަޕްގެ ގައުމުތަކުން ގޮވާލަން ޖެހޭ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފި.

16:55

ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ ސްޕޯކްސްމަން:

  • ނިރުބަވެރިން އަންނަނީ ޣައްޒާގެ ޓަލް އަލް-ހަވާގައި ހުންނަ އަލް-ޤުދުސް ހޮސްޕިޓަލުގެ ކައިރީގައި ވަރުގަދަ ހަމަލާތައް ދެމުން.
  • ނިރުބަވެރިންގެ ޓޭންކަރުތަކުން އަންނަނީ ހޮސްޕިޓަލުން ނުކުންނަ ކޮންމެ މީހަކާއި ދިމާލަށް ހަމަލާ ދެމުން.
  • ހޮސްޕިޓަލުގައި ތިބި މީހުން ތިބޭ ފެނާއި ކަރަންޓުން މަހުރޫމް ވެފަ.
  • އަޅުގަނޑުމެން މިތިބީ އެންމެ ނުރައްކާތެރި ތަނުގަ. ނަމަވެސް ރައްކާތެރި ކަމާއި އެކީ ބަލި މީހުން ހުސް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން

 

16:52

ނިރުބަވެރިން ލުބުނާނުގެ ދެކުނަށް ހަމަލާތަކެއް ދެނީ.

 

16:30

ޣައްޒާގެ އަލް ޤުދުސް ހޮސްޕިޓަލު ކައިރިން ބަޑީގެ އަޑާ އެކި ގޮވުންތަކުގެ އަޑު ވަރަށް ގަދަ ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެފި

15:56

ހަނގުރާމަ ފެށުނު ފަހުން ޣައްޒާއަށް 4،300 އަށްވުރެ ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށް ނިރުބަވެރިން ބުނެފި.

15:36

ނިރުބަވެރިން ދިން ހަމަލާއެއްގައި ނޫސްވެރިއަކު ޝަހީދުވެއްޖެ

ނިރުބަވެރިން ޝަހީދު ކޮށްލި ނޫސްވެރިޔާ, އަހުމަދު ފާތިމާ

15:33

ޝިފާ ހޮސްޕިޓަލުގެ އެންމެ ފަހުގެ މައުލޫމާތު

  • ނިރުބަވެރިންގެ ޓޭންކަރުތަކާއި ސްނައިޕަރު ހިފައިގެން ތިބި ސިފައިން އިމާރާތް ވަށާލާފައި.
  • ހޮސްޕިޓަލް ކައިރީގައި އުޅޭ 200 އާއިލާއަކަށް އެމީހުންގެ ގެދޮރު ދޫކޮށް ދާން ނުކުރެވިފައި.
  • ނިރުބަވެރިންގެ ހަމަލާތަކުގައި މަރުވި ނުވަތަ ޝަހީދުވި 100 ވަރަކަށް މީހުންގެ ހަށިތައް ހޮސްޕިޓަލުގެ ގޯތި ތެރޭގައި ކުނިވަނީ

15:31

ޣައްޒާގައި ހުންނަ އދ. ގެ އިމާރާތަކަށް ނިރުބަވެރިން ހަމަލާދީފި.

14:30

ހަނގުރާމައަށް 38 ދުވަސް، ފާހަގަ ކޮށްލެވޭ މުހިންމު ކަންތައް:

  • ހަނގުރާމައިގެ ސަބަބުން ޝަހީދު ނުވަތަ މަރުވާ މީހުންގެ ސީދާ ތަފްސީލެއް ފަލަސްތީނުގެ ހެލްތް މިނިސްޓްރީއަށް ހިއްސާ ކުރަން ދަތިވެއްޖެ.
  • އިއްޔެ ކުރިއަށް ގެންދިޔަ ހަމަލާ ބަދަލު ކުރުންތަކުގައި ނިރުބަވެރި ސިފައިންގެ ދެ މީހަކު މަރާލައި، އެކަކަށް ސީރިއަށް އަނިޔާތަކެއް ދީފި.
  • މިއަދު ނިރުބަވެރިން ޣައްޒާގެ ދެކުނުން އޮންނަ ޚާން ޔޫނިސް އަށް ދިން ހަމަލާއެއްގައި 7 މީހަކު ޝަހީދު ނުވަތަ މަރާލައިފި.
  • ނިރުބަވެރިން ޣައްޒާގެ ހޮސްޕިޓަލްތަކަށް ހަމަލާތައް ދެމުން އަންނާތީ އެމެރިކާއިން އިސްރާއީލާއި މަޝްވަރާތަކެއް ކުރަނީ.

 

14:28

ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުގައި ތިބި ދުވަސް ނުފުރާ ވިހެއި ކުދިންގެ ތެރެއިން މަރުވި ކުދިންގެ އަދަދު ހަޔަކަށް އަރައިފި

 

12:55

އީރާނަށް ވާގިވެރިވާ ގްރޫޕްތަކުން ހަމަލާތައް ހުއްޓާނުލައިފިނަމަ، އިތުރު ވައިގެ ހަމަލާތަކެއް ދޭނެ ކަމުގެ ނިޝާނެއް އެމެރިކާއިން ދީފި

12:54

ޣައްޒާގެ ޝަތީ ރެފިއުޖީ ކޭމްޕަށް ރެއިޑު ޖަހަމުން އަންނަ ކަމަށް ނިރުބަވެރިން ބުނެފި. ނިރުބަވެރިން ބުނި ގޮތުގައި އެތަނުގެ ތެރެއިން ހަމާސް ޖަމާއަތުގެ ހަތިޔާރުތަކެއް ވަނީ ފެނިފަ.

12:53

ޣައްޒާގައި މިވަގުތު ބްރެޒިލްގެ 32 މީހަކު ތާށިވެފައި ތިބި ކަމަށް ބްރެޒިލްގެ ފޮރިން މިނިސްޓްރީން ބުނެފި.

12:51

މިއީ އިސްރާއީލުގެ ބޮޑުވަޒީރު ކަމުން ބެންޖަމިން ނަތަންޔާހޫ ވަކި ކުރަން ޖެހޭ ވަގުތު ނޫން ކަމަށް އެގައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރ، ބެނީ ގެންޓްޒް ބުނެފި.

12:22

ނިރުބަވެރި އިސްރާއީލުން ރޭ ޣައްޒާއަށް ދިން ހަމަލާތަކުގައި ސުންނާފަތި ގެއެއްގެ ދަށުން އުމުރުން ދުވަސްވީ ފިރިހެނަކު ސަލާމަތް ކުރުން..

 

11:08

ޣައްޒާގެ އުތުރުގައި އޮންނަ އިންޑޮނޭޝިއާ ހޮސްޕިޓަލު ކައިރި ސަރަހައްދުތަކަށް ނިރުބަވެރިން ދަނީ މިވަގުތު ބޮން އަޅަމުން.

11:04

ޣައްޒާގެ އެކި ހިސާބުތަކުގައި 60 އަށް ވުރެ ގިނަ މިސްކިތް ނިރުބަވެރިން ބޮން އަަޅައި ސުންނާފަތިކޮށްލާފައިވާ ކަމަށް ވަފާ ނޫސް އެޖެންސީން ބުނެފި

 

10:54

ޣައްޒާގެ ހޮސްޕިޓަލްތަކުން މިހާރު ރައްޔިތުންނަށް އުފަލެއް ނުލިބޭ ކަމަށާއި ހޮސްޕިޓަލްތަކުގައި އެކި ކަހަލަ ބަލިތައް ފެތުރެމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަން ފަށައިފި

 

10:49

ޣައްޒާގެ މުޖާހިދުން ނިރުބަވެރި ސިފައިންގެ 2 މީހަކު މަރާލައިފި ކަމަށް އައިޑީއެފް އިން އިއުލާނުކޮށްފި. މިއާއި އެކީ ޣައްޒާ ތެރޭގައި ހިނގި ހަނގުރާމައިގެ ތެރެއިން މަރާލި ނިރުބަވެެރި ސިފައިންގެ އަދަދު ވަނީ 44 އަށް އަރާފަ.

 

10:39

ޚާން ޔޫނިސްގެ ހުޅަނގުން އޮންނަ އަލް އަމީން މިސްކިތާ ޖެހިގެން ހުންނަ ގެއަކަށް ނިރުބަވެރިން ވައިގެ ހަމަލާއެއް ދީ އެއްކޮށް ބިމާ ހަމަކޮށްފި.

މި ހަމަލާގައި 5 މީހަކު ޒަހަމްވި ކަމަށް ރިޕޯޓްކޮށްފި.

10:38

ޣައްޒާގެ މެދުތެރޭ އަލްޖަލާ މަގަށް ނިރުބަވެރިންގެ އާޓިލަރީން ހަމަލާތަކެއް ދީފި.

10:36

ޚާން ޔޫނިސްގެ ހަމާދު އަވަށް ކައިރި ސަރަހައްދު ތަކަށް ނިރުބަވެރިންގެ މަތިންދާބޯޓުތަކުން ބޮން އަޅައިފި.

10:31

ޙަލީލް ސަހަރުގައި ނިރުބަވެރިން ބަޑި ޖަހައި ޓެކްސީ ޑްރައިވަރަކު ޝަހީދުކޮށްލައިފި.

އީސާ އަލީ އަބްދުލް މޮނޭމް އަލް ޤާދީ، ނިރުބަވެރިން ޝަހީދުކޮށްލި ޓެކްސީ ޑްރައިވަރު

08:52

ރެއިން މިއަދު ހެނދުނަށް ހިނގި ބައެއް ކަންކަމުގެ ޙުލާސާ:

ހުޅަނގު އައްސޭރީގައި އޮންނަ އޮރިފް އަވަށަށް އިސްރާއީލު ނިރުބަވެރިން ވަދެ 15 އަހަރުގެ ކުޑަކުއްޖަކުގެ ފަޔަށް ބަޑި ޖެހުން.

އިސްރާއީލު ނިރުބަވެރިންގެ އަސްކަރީ ބާރުތަކުން ހުޅަނގު އައްސޭރީގައި އޮންނަ ޤަލްޤީލިއާ ސިޓީއަށް ރެއިޑް ޖެހުން.

އިސްރާއީލު ނިރުބަވެރިންގ މަތިންދާބޯޓުތަކުން ޣައްޒާގެ ހުޅަނގުން އޮންނަ އަލް ޤުދުސް ހޮސްޕިޓަލް ވަށައިގެން ފޮސްފަރަސް ބޮން އެޅުން.

ހިޒްބުالله އިން އިސްރާއީލު ނިރުބަވެރިންނަށް އިއްޔެ ދިން ހަމަލާތަކުގައި އިސްރާއީލު 21 މީހަކު ޒަޚަމްވެއްޖެ.

ރަމަاللهގެ ހުޅަނގުން އޮންނަ ބުދުރުސް އަވަށުގައި ޒުވާނުންނާއި ނިރުބަވެރިން ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ނިރުބަވެރިން އާންމުންގެ ތެރެއަށް ބަޑި ޖަހައިފި.

ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ ތަލް އަލް ހަވާގައި މުޖާހިދުންނާ ނިރުބަވެރިން ބަޑީގެ ހަމަލާތަކެއް ބަދަލަުކޮށް ގޮވުން ތަކުގެ އަޑު އިވުނުކަމަށް ރިޕޯޓްކުރި.

**************

ރެއަކީ ނިރުބަވެރިންގެ ފަރާތުން އަނެއްކާ ވެސް އިންސާނިއްޔަތުކަން ކުޑަކަން ދައްކުވައިދިން ރެއެކެވެ. ޣައްޒާގައި ފުނޑުފުނޑުވެފައިވާ ސިއްހީ ނިޒާމު އިތުރަށް ފުނޑާލުމަށް ހޮސްޕިޓަލްތަކަށް ދެމުން އައި ހަމަލާތަކުގެ އިތުރުން އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ހަމަލާތައް ދޭން ވަނީ ފަށާފައެވެ.

މީގެ ކުރިން އެތަންތަނުގައި ބޯހިޔާވަހިކަން ހޯދަމުން ދިޔަ މީހުންނަށާއި ބަލި މީހުންނަށް ހަމަލާތައް ދިން ނަމަވެސް ފަހުން ފަހަކަށް އައިސް މިވަނީ ނަރުހުންނަށާއި ޑޮކްޓަރުންނަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައެވެ. އެގޮތުން އިއްޔެއިން ފެށިގެން ރެއާއި ހަމައަށް ޣައްޒާގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލުގެ ތިން ނަރުހަކު ވަނީ ޝަހީދު ކޮށްލާފައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކަށް މިއަދާއި ހަމައަށްވީއިރު ވެސް ހުއްޓުމެއް އައިސްފައި ނުވާއިރު، މިހާރު ޣައްޒާގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. ޝަހީދު ނުވަތަ މަރުވާ މީހުން ވަޅުލާނެ ގަބުރުސްތާނެއް ނެތި، ހޮސްޕިޓަލްތަކާއި މަގުމަތި ވަނީ ޝަހީދު ނުވަތަ މަރުވެފައިވާ މީހުންގެ ހަށިތަކުން ފުރިފައެވެ. ހަށިތަކަކީ އެއީ ކޮންބައެއް ހަށިތަކެއް ނޭނގެއެވެ. އެހާ ވެސް އަނިޔާވެރިއެވެ.

އަލަށް ވިހެއި ތުއްތު ކުއްޖާއިން ފެށިގެން އުމުރުން ދުވަސްވީ މީހުންނާއި ހަމައަށް ނިރުބަވެރިން އަންނަނީ ހަމަލާ ދެމުންނެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ނިރުބަވެރިންނާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދެން

    "ޣައްޒާ: ފަހު ނޭވާ ލަމުންދާ މުސްލިމުންގެ ކިއްލާއެއް!" ގައްޒާގެބިންގަނޑު އެފުށްމިފުށަށް ޖަހާލިޔަސްހެޔޮތާއެވެ. އީރާންއާއި ލެބެނާންފިޔަވައި ދެންތިބިއަރަބީންނަށް އެމެރިކާއާއި ހުނޅަގާއި އިސްރާއިލްގެ ފުރިހަމަހިމާޔަތާއި ރައްކާތެރިކަންކަށަވަރުނޫންތޯ.

    14
  2. Anonymous

    ވެރިން ނެތީމަ ހެޔޮލަފާ ދުނިޔެ ފަސާދަވެއްޖެޔޭ!
    ވެރިން މިހާރު އުއްމަތާ ޚިލާފު އާއްމުކޮށްވެެޔޭ!
    ކުރީގެ މާތްވި އާދަޔާ އުޞޫލުތައް ނެތިއްޖެޔޭ!

  3. މަރޭ

    މުޅި ދުނިޔެ އިޒްރާއީޅުގެ ދާށުވެފަ .އަނގަ ނުހޮޅުވިފަ. މިނިވަން ކަން އޮތީހަމައެކަނި ހަމާސް މިހުނަށް. އެމީހުން އެކުރަނީ އެމީހުން ގެގައުމުސަލާމަތް ކުރުމުގެ ޖިހާދު. އެތާގަ އިޒުރާއީލު ދިފާު ވުމުގެ ހައްގެއް އެމީހުންނަކަށް ނޯންނާނެ. އިޒުރާއީލަށް ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ފެން ނަނީ.

    10
    1
  4. އެދުރު

    ޢިންޝާ ﷲ ހަމާސްއަށް ކާމިޔާބާއި ނަޞްރާއި ފަތަޙަ ދެއްވާނދޭއެވެ އާމީން

    14