ފަލަސްތީނުގެ ޣައްޒާ ތެރެއަށް ވަދެ ހަނގުރާމަ ކުރަމުން ދަނިކޮށް މަރާލި ނިރުބަވެރި އިސްރާއީލް ސިފައިންގެ އަދަދު 44 އަށް އަރައިފިއެވެ.

ހަމާސް ޖަމާއަތުގެ މުޖާހިދުން ނެތި ކޮށްލުމަށް ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށް، ޣައްޒާގެ އެތެރެއަށް ވެދެ ހަމަލާތައް ދޭން ފެށިތާ ދުވަސްކޮޅެއް ވެފައިވާއިރު، ނިރުބަވެރި އިސްރާއީލް ސިފައިން ބުނެފައިވަނީ މުޖާހިދުން އެމީހުންގެ އިތުރުން ދެ މީހަކު ޣައްޒާގެ އުތުރުގައި މަރާލާފައިވާ ކަމަށެވެ.

މިއާއި އެކީ ޣައްޒާ ތެރޭގައި ކުރެވެމުން އަންނަ ހަނގުރާމައިގެ ތެރެއިން، މުޖާހިދުންނާއި ކުރިމަތި ލުމުން މަރުވި ނިރުބަވެރި ސިފައިންގެ އަދަދު މިހާރު ވަނީ 44 އަށް އަރާފައެވެ.

ނިރުބަވެރިން ބުނި ގޮތުގައި އެންމެ ފަހުން މަރާލާފައިވަނީ އިސްރާއީލުގެ ދެކުނުން އޮންނަ ކިރްޔަތް މަލާޗީއަށް އުފަން އުމުރުން 28 އަހަރުގެ މޭޖަރ، އިސާޗާ ނަޓަން އާއި، ރޮޝް ހާއިންއަށް އުފަން އުމުރުން 21 އަހަރުގެ ސްޓާފް ސާޖެންޓް، އިޓޭ ޝޮހަމްއެވެ. މިދެ މީހުންނަކީ ވެސް ނިރުބަވެރިންގެ ކޮމާންޑޯ ބްރިގޭޑަށް ނިސްބަތްވާ ދެމީހުންނެވެ.

އިއްޔެ ހަނގުރާމައިގެ ތެރެއިން މި ދެ ސިފައިން މަރުވެފައިވާއިރު، އޮކެޓްސް ކޭނައިން ޔުނިޓުގެ ސިފައިންގެ މީހަކަށް ވެސް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ނިރުބަވެރިން ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށުނު މި ހަނގުރާމައިގެ ތެރެއިން މިހާތަނަށް ނިރުބަވެރިންގެ 1،400 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޔާ ﷲ!
    ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށް ނަޞްރު ދެއްވާފާނދޭވެ!
    އިސްލާމީ އުއްމަތުގެ ބާރުތަކާ ހަވާލުވެގެންތިބި ފިނޑިވެރިން ފަހަތަށް ޖައްސަވާފާނދޭވެ!
    އަދި ކާފަރުން ޖެހިލުންވާފަދަ ހިތްވަރުގަދަ ބައެއް ކުރިއަށް ނެރުއްވަވާފާނދޭވެ!

    14
  2. އިބްރާހިމް

    އިސްރާއީލްގެ ޓެރެރިސްޓް ސިފައިން މަރުވަނީ ޣައްޒާގެ އުތުރުގައި ރައްޔިތުން ނެތްތަނުގައި މުޖާހިދުންގެ ޙަމަލާތަކުގައި. ނަމަވެސް އިސްރާއީލްގެ ޓެރެރިސްޓް ސިފައިން ފަލަސްތީނުގެ މުޖާހިދުން ޝަހީދުކުރަން ހަމަލާދެނީ ޣައްޒާގެ ދެކުނުގައި ހުރި އާއްމުން ތޮއްޖެހިފައިވާ ހޮސްޕިޓަލްތަކަށެވެ.

    10
  3. ހައްވަ

    ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށް ނަޞްރު ދެއްވާފާނދޭވެ